ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޮޅުވާލައިގެން ފްލެޓު ވިއްކި މައްސަލާގައި ގެއްލުން ލިބުނު މީހުން ފުލުހަށް އެ މައުލޫމާތު ދިނުމަށް އެ މުއައްސަސާއިން އެދިއްޖެ އެވެ.
07 މެއި 2023
ހުޅުމާލޭގައި ހަދަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޮޅުވާލައިގެން ފްލެޓު ވިއްކި މައްސަލާގައި ގެއްލުން ލިބުނު މީހުން ފުލުހަށް އެ މައުލޫމާތު ދިނުމަށް އެ މުއައްސަސާއިން އެދިއްޖެ އެވެ.
އެ މައްސަލާގައި ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޭ-ޕާކްގެ އެޕާޓްމަންޓުތައް ހަންބޯގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި އެ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޭ-ޕާކް ރެޒިޑެންސް އިން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ވީ އެންމެ އަވަހަކަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އަންގަން އެދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޭ-ޕާކް މަޝްރޫއު ހިންގަން އާބަންކޯ އިން އެއްބަސްވުން އޮކްޓޯބަރު 9، 2016 ގައި ހަދާފައިވަނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ހަންބޯ ޓެކް އާ އެކުގަ އެވެ. ހަންބޯ ކޮމްޕެނީ އަކީ މަޝްރޫއު ހިންގައި މާކެޓްކުރުން ފަދަ ކަންކަމާ ރާއްޖޭން ހަވާލުވި ކުންފުންޏެވެ.
އެކަމަކު އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓާ އެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާ އެކު އޮތް އެއްބަސްވުން މިދިޔަ ހަފްތާގައި އުވާލާފައިވާ ކަމަށް ހަންބޯ ޓެކް ކޮރެއާ އިން ވަނީ ބުނެފަ އެވެ.
ހަންބޯގެ ރާއްޖޭ ކުންފުނީގެ މައި ހިއްސާދާރު އަދި ކޮންޓްރެކްޓަރު ޖިން، އެ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ މައްޗަށް ތުހުމަތުކޮށްފައިވާ ގޮތުގައި، އޭނާ އަށް ނޭނގި މަންޑޭ ވަނީ އެތައް ބަޔަކަށް އެއް އެޕާޓްމަންޓެއް ވެސް ވިއްކައި ފައިސާ ނަގައި އެ ބޭނުންކޮށްފަ އެވެ.
މިކަން ކުރީ ޖިންގެ ސޮއި ފޯޖްކޮށްގެން ކަމަށާއި ސައްހަ ނޫން ލިޔުންތައް އުފައްދައިގެން ބޭންކުތައް މެދުވެރިކޮށް ވެސް ފައިސާގެ މުއާމަލާތްތައް ކޮށްފައިވާ ކަމަށް ޖިން ވަނީ ތުހުމަތުކޮށްފަ އެވެ.
ފްލެޓް ވިއްކުމުގައި ސައްހަ ނޫން މުއާމަލާތުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ.
ޕޮލްކޯއިން ގެނައި 24 ވެހިކަލަށް 3.8 މިލިއަން ހޭދަކުރި
ފަޒުލްއަށް ކުރަނީ ލިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމްގެ ތަހުގީގަށް ޕޯޓަލްއެއް
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
3 ބިމެއްގެ މައްސަލަ މިހާތަނަށް ފާހަގަވެފައިވޭ: ޕޮލިސް