ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުރަކަށް ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާ ގުޅޭ ހާއްސަ ތަހުގީގެއް ފުލުހުންނާއި އޭސީސީން ފަށާފައިވާއިރު، އެ ސްކީމާ ގުޅޭ ގޮތުން އެއްވެސް ބައެއްގެ އެއްވެސް މައްސަލައެއް އަދި ހެކިތަކެއް ހުރި ނަމަ އެ ކަމެއް ހުށަހެޅުމަށްޓަކައި ފުލުހުންގެ ހާއްސަ ޕޯޓަލެއް މިރޭ ގާއިމްކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަމުރަކަށް ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާ ގުޅޭ ހާއްސަ ތަހުގީގެއް ފުލުހުންނާއި އޭސީސީން ފަށާފައިވާއިރު، އެ ސްކީމާ ގުޅޭ ގޮތުން އެއްވެސް ބައެއްގެ އެއްވެސް މައްސަލައެއް އަދި ހެކިތަކެއް ހުރި ނަމަ އެ ކަމެއް ހުށަހެޅުމަށްޓަކައި ފުލުހުންގެ ހާއްސަ ޕޯޓަލެއް މިރޭ ގާއިމްކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު "މިހާރު" އަށް ވިދާޅުވީ، އެ ތަހުގީގުގެ "އެންމެ ފުންމިނަށް ދާނަން" ކަމަށާއި ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމް ފެށީއްސުރެ މިހާތަނަށް އެއްވެސް ޝަކުވާއެއް އޮތް ނަމަ އެކަމެއް ބަލައިގަނެ، ތަހުގީގު ކުރާނެ ކަމަށެވެ.
"މި ދެ ސްކީމުގެ ތެރެއިން އެއްވެސް ބޭފުޅަކާ މެދު އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ކަމުގެ ޝަކުވާއެއް އޮތް ނަމަ އަޅުގަނޑުމެންނަށް މި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަައި ދިނުމަކީ ވަރަށް ބޮޑު އެދުމެއް. އޭގެ ހަގީގަތަށް އަޅުގަނޑުމެން ވާސިލް ވާނަން. އަޅުގަނޑުމެންގެ ބޭނުމަކީ އެއްވެސް ނުފޫޒެއް ނެތި އެ މައްސަލަތަކާ ހަމައަށް ވާސިލް ވުން،" ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ، https://t.co/ZO4hk7yBKy އަށް ވަޑައިގެން ހިއްސާކުރެއްވުން އެދެމެވެ.
— Maldives Police (@PoliceMv) December 21, 2024
1/2
އޭނާ ވިދާޅުވިގޮތުގައި، ޕޯޓަލް އަށް ލިބޭ މައުލޫމާތުތަކަށް ބަލައި، އެއްވެސް މީހަކާ މެދު ޖިނާއީ ތުހުމަތުތަކެއް ކުރެވޭ ނަމަ ޖިނާއީ ތަހުގީގުގެ ތެރެއިން ބަލައި ދައުވާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރާނެ އެވެ.
"އެއްވެސް ބޭފުޅަކާ ދޭތެރޭގައި ނާޖާއިޒު ގޮތެއްގައި ކަމެއް ކޮށްފައި އޮތީ ނުވަތަ އުސޫލުން ބޭރުން އަމަލު ކޮށްފައި އޮތީ. އެހެންވެއްޖެ ކަމަށް ވަނީ ނަމަ އަޅުގަނޑުމެން އެ ކަމެއް ބަލާނަން. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ޝުޖާއު ވިދާޅުވި އެވެ.
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނާއި އޭސީސީ އަށް ޕީޖީ އަމުރު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ ގެދޮރުވެރިޔާގެ ސްކީމްގެ ފޯމު ބަލައިގަތުމާއި ގޯއްޗާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.
އެއީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށް ވާތީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއް ކަމަށް ޕީޖީ ދެކެވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ޕީޖީގެ އަމުރެއް މި އައީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ގޯތީގެ ރަޖިސްޓްރީގައި ނެތި އޭނާއަށް ގޯއްޗެއްގެ ހުއްދަ ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެ، ގޯތިތަކުގެ މައްސަލަ ވަރަށް ބޮޑުވުމުންނެވެ. އެ ހޫނުގަނޑުގެ ތެރޭގައި ފަޒުލް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް، މިރޭ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއަކުން ދަންނަވައިފަ އެވެ. ފަޒުލްއާ އެކު، އެޗްޑީސީ އާއި ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް ހިމެނޭ ގޮތުން 20 މީހެއްގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓައިފަ އެވެ.
ފަޒުލްގެ ބޭބެ ފަޒީންއަކީ އެމްޑަބްލިއުއެއްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ވާއިރު، އޭނާ ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.
ބިންވެރިޔާ/ގެދޮރުވެރިޔާ ސްކީމްގެ މައްސަލަަތައް ފުލުހުންނާއި އޭސީސީން ބަލަމުން އަންނައިރު، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންނާއި ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ހިމެނޭ ގޮތަށް އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއްގެ ޕާސްޕޯޓް ވެސް އިއްޔެ ވަނީ ހިފަހައްޓައިފި އެވެ.
އެ ލިސްޓުގައި ތިބީ:
• އަކްރަމް ކަމާލުއްދީން (ކުރީގެ ސްޓޭޓް މިނިސްޓަރު)
• މުހައްމަދު އާރިފް (ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު)
• ލިރުގާމް ވަހީދު (ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު)
• އަހްމަދު ވިޝާން ނަސީމް (ޑިރެކްޓަ ޖެނެރަލް)
މި ބޭފުޅުންގެ ތެރެއިން ވިޝާންއަކީ ހައުސިން މިނިސްޓްރީގެ މިހާރުގެ ވެސް ޑިރެކްޓަ ޖެނެރަލެވެ.
ޕާސްޕޯޓް ހިފެހެއްޓި ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންނަކީ އޭރު ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުން ގޯއްޗާއި ފްލެޓް ދޫކުރުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
ފަޒުލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި
ގޯއްޗާއި ފްލެޓާ ގުޅޭ ތަހުގީގު ހިންގަން ޕީޖީގެ އަމުރެއް
ކޭޕާކް މަންޑޭ ދިރިއުޅޭ ގެ ބަލާ ފާސްކުރަނީ
ރިފަންޑު ލަސްވަނީ ދައުލަތުން ފައިސާ ނުދީގެން:ސީ ލައިފް
ބިންވެރިޔާ ސްކީމުގެ މައްސަލަތައް ފުލުހަށް ހުށަހަޅައިފި
ޕޮލްކޯއިން ގެނައި 24 ވެހިކަލަށް 3.8 މިލިއަން ހޭދަކުރި