ފުލުހުންގެ ބްލޫ ހައުސިން ޕްރޮޖެކްޓަށް ޕޮލްކޯ އިން 2014-2017 އާ ދެމެދު ގެނައި ބައެއް ވެހިކަލްތައް ގެއްލިފައިވާ އިރު މަޝްރޫއު ކުރިއަށް ދިޔަ މުއްދަތުގައި 24 ވެހިކަލަކަށް 3.8 މިލިއަން ރުފިޔާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދު ކުރިކަން ހާމަވެއްޖެ އެވެ.
20 ފެބުރުއަރީ 2025
ފުލުހުންގެ ބްލޫ ހައުސިން ޕްރޮޖެކްޓަށް ޕޮލްކޯ އިން 2014-2017 އާ ދެމެދު ގެނައި ބައެއް ވެހިކަލްތައް ގެއްލިފައިވާ އިރު މަޝްރޫއު ކުރިއަށް ދިޔަ މުއްދަތުގައި 24 ވެހިކަލަކަށް 3.8 މިލިއަން ރުފިޔާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އިން ހަރަދު ކުރިކަން ހާމަވެއްޖެ އެވެ.
"މިހާރު" އަށް ލިބިފައިވާ އެކަމާ ގުޅޭ ލިޔެކިޔުންތަކުގައިވާ ގޮތުން، އެ ވެހިކަލްތަކުގެ ސީއައިއެފް އަގަށް 7.4 މިލިއަން ރުފިޔާ އެރި ނަމަވެސް، އޭގެ ތެރެއިން 50 ޕަަސެންޓު ވަނީ ވެހިކަލްގެ އަގުން ޑިއުޓީ މާފުކޮށްފަ އެވެ.
މިގޮތުން ޑިއުޓީ އުނިކުރި އަދަދު 3.5 މިލިއަން ރުފިޔާ އަށް އަރަ އެވެ. ސަރުކާރުގެ މުހިއްމު ޕްރޮޖެކްޓްތަކަށް ގެންނަ މުދަލުން ޑިއުޓީ މާފުކުރުމަކީ އާންމު އުސޫލުން ވެސް ކޮށް އުޅޭ ކަމެކެވެ.
އެކަމަކު، މައްސަލަ ދިމާވެގެން އުޅެނީ ޑިއުޓީ މާފުކޮށްގެން ގިނަ އަދަދެއްގެ ވެހިކަލްތައް ފުލުހުންގެ ހައުސިން ޕްރޮޖެކްޓަށް ގެނައި އިރު އޭގެ ތެރެއިން ގިނަ ވެހިކަލްތަކެއްް ސައިޓުގައި ނެތުން ކަމަށް ވެސް އެކަމާ ގުޅޭ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ.
"މިހާރު" އަށް ލިބުނު ލިޔުމުގައިވާ ވާގޮތުން 2014 ވަނަ އަހަރު ވަނީ އެއް ކެރޭނާއި ދެ ވައްތަރެއްގެ ދެ ވޭނު އެތެރެކޮށްފަ އެވެ. ކެރޭނަށް 4.3 މިލިއަން ރުފިޔާ އަރާ އިރު އެއް މިލިއަން ރުފިޔާ ޑިއުޓީން މާފުކޮށްދީފައި ވެ އެވެ. އަދި 1500 ސީސީގެ ވޭނަކާއި ޑެލިވަރީ ވޭނެއް ވެސް ހިމެނެ އެވެ. އެ ދެ ވޭނުގެ އަގު 1.3 މިލިއަން ރުފިޔާ ސީއައިއެފް އަގަށް އަރާ އިރު އޭގެ ތެރެއިން 190،000ރ. ޑިއުޓީއަށް މާފުކޮށްދީފައިވެ އެވެ.
އަދި ޖެހިގެން އައި 2015 ވަނަ އަހަރު އާ ދެ ސައިކަލު އެތެރެ ކުރި އެވެ. އެ ދެ ސައިކަލަށް 31،000ރ. އެރި އިރު އޭގެ ތެރެއިން 13،000ރ. ޑިއުޓީގެ ގޮތުގައި މާފުކޮށްދީފައިވާކަން އެނގެ އެވެ. ޕޮލްކޯ އިން ވަނީ 2016 ވަނަ އަހަރު ލަގްޒަރީ ކާރެއް ވެސް ގެނެސްފަ އެވެ. އެ ކާރަށް 8 ލައްކަ ރުފިޔާގެ ޑިޔުޓީ މާފުކޮށްދީފައިވެ އެވެ.
އަދި 2017 ގައި ސައިކަލާއި ތިން ޓަވާ ކެރޭނާއި 14 ކްރޭން ލޮރީ ވަނީ ގެނެސްފަ އެވެ. ތިން ޓަވާ ކެރޭނަށް އެއް މިލިއަން ރުފިޔާ ހޭދަކުރި އިރު 14 ކްރޭން ލޮރީއަށް ހޭދަކުރީ ލައްކައެކެވެ. އެހާ ގިނަ އަދަދެއްގެ ކްރޭން ލޮރީ އަށް އެހާ ކުޑަ އަދަދެއް ހޭދަކުރީ ކިހިނެތްކަން ލިބިފައިވާ ޑޮކިއުމެންޓްތަކުން ސާފެއް ނުވެ އެވެ.
އެ މައުލޫމާތުތައް ކަސްޓަމްސް އިން ލިބިފައިވާ އިރު އޭގެ ތެރެއިން ބައެއް ވެހިކަލްތައް ފްލެޓް އިމާރާތް ކުރި ސައިޓުތަކުގައި ނެތެވެ. އެ މައްސަލަ މަޖިލީހުން ވެސް މިހާރު އަންނަނީ ބަލަމުންނެވެ. އަދި މިމަހުގެ 25 ގެ ކުރިން އެކަމުގެ މައުލޫމާތުތައް ހިއްސާކުރުމަށް މަޖިލީހުން ވަނީ ފުލުހުންނަށް އަންގާފަ އެވެ.
ވެހިކަލްތަކެއް ގެއްލުނު މައްސަލަ ފެންމަތިވި އިރު ފުލުހުން ފްލެޓް އިމާރާތް ކުރުމުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުރިކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ.
އެ މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާ އަށް ދެ އަހަރު ތެރޭ ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު މަސައްކަތް ނިމުނު އިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
އައިލެންޑް އެކްސްޕާޓަށް މެމްބަރުންގެ ބޮޑެތި ތުހުމަތު
ޕޮލްކޯ އަށް އޭސީސީން ވަދެ ލިޔެކިޔުންތައް ގެންދަނީ!
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
ޕޮލިސް ފްލެޓުގެ ކޮރަޕްޝަނުން 355މިލިއަންގެ ގެއްލުން!
ފަޒުލްއަށް ކުރަނީ ލިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
އެންސީސީއަށް 44 މިލިއަން ދިނުން:ތަހުގީގު އަވަސްކުރަނީ
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި