Roadha Mihaaru
ލުތުފީ ރާއްޖެ ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައިފި

އޭސީސީގެ ކުރީގެ ރައީސް ލުތުފީ ރާއްޖެ ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައި ތަހުގީގު ފަށައިފި

23 އޯގަސްޓް 2023

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ފުލުހުން ތަހުގީގު ފަށައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ލުތުފީއާ ގުޅުން ހުރި ބައެއް މައްސަލަތައް ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އޭނާގެ ބަޔާން ވެސް ނަގަން ޖެހޭ ކަމަށް ވެ އެވެ.

ލުތުފީ ރާއްޖެ ވަޑައިގެން މިހާރު ހުންނެވީ އުފަން އަތޮޅު އައްޑޫގަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިނަށް މި ހަފުތާގައި އައްޑު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވަނިކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ލުތުފީ މަގާމުގައި ހުންނެވަނިކޮށް ވަނީ މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ފަށައިފަ އެވެ. އިތުރު ބަޔަކު ވެސް ހިމެނޭ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.