22 އޯގަސްޓް 2023
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލެއިން ބޭނުންވާ ބިންތައް ބޭނުންކުރަން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލެއިން ބޭނުންވާ ބިންތައް ބޭނުންކުރަން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާއެއް ބާއްވަން މާލޭގެ ބައެއް ބިންތައް ހޯދަން ތަކުރާރުކޮށް އެދުމުން ވެސް އެ ހުއްދަ ސިޓީ ކައުންސިލުން ދީފައިނުވާ ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފަ އެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ވަނީ ހުރިހާ ކެންޑިޑޭޓުން ވެސް ބިންތައް ހޯދަން އެދެމުންދާތީ އެކަމުގައި ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް، ހުއްދަ ދިނުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ. އަދި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތުތައް ދިނުމަށްޓަކައި ހުއްދަތައް ދޫކުރަމުންދާ ކަމަށް އެ ޓްވީޓްގައިވެ އެވެ.
ސިޔާސީ ޙަރަކާތްތައް ހިންގުމަށް ހުއްދައަަށްއެދިފައިވާ ސިޓީތަކަށް ޖަވާބު ދިނުމަށް ވަގުތުނަގާފައިވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ސިޔާސީ ޙަރަކާތްތައްހިންގުމަށް މާލެސިޓީ ކައުންސިލްގެ ބެލުމުގެދަށުގައިވާ ސަރަޙައްދުތައް ބޭނުންވެގެން އެދިފައިވާތީ
— Malé City Council (@MaleCitymv) August 22, 2023
ސިޓީ ކައުންސިލްގެ ޓްވީޓް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާއެއް އަންނަ މަހު ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ސިޓީ ކައުންސިލުން މިއަދު ވަނީ ހުއްދަ ދީފަ އެވެ.
ސަރުކާރުގެ އެއްބާރުލުން ލިބޭ: އާޒިމް
ދެވަނަ ބުރުން ހަދާ ކޯލިޝަން ރޫޅޭނެ،އެއްބުރުން ނަގާނަން
އިތުބާރު ގެއްލޭ އެއްވެސް ކަމެއް ނުކުރާނަން: އަސްލަމް
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
އިންތިހާބުގެ ކުރިން ދަ ޑިމޮކްރެޓްސް އުފައްދާނެ:އަފްޝަން
ތާއީދު ލިބުނީ ކޯލިޝަން ސަރުކާރު ދެމިއޮތުމުން: އެމްޑީޕީ
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދޭން ފާސްކޮށްފި
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ނަތީޖާ