15 ފެބުރުއަރީ 2023
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތް ހިންގަވާ ލީޑަރުންނާ މަޝްވަރާކޮށް ކޯލިޝަނަކުން ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް ކުރަން ޖެހޭ އެންމެހާ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކާއި ސިޔާސީ ހަރަކާތް ހިންގަވާ ލީޑަރުންނާ މަޝްވަރާކޮށް ކޯލިޝަނަކުން ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކުރުމަށް ކުރަން ޖެހޭ އެންމެހާ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރީ ހާޒިރުވި 85 މެމްބަރުންގެ ތެރެއިން 81 މެމްބަރުންގެ ވޯޓުންނެވެ. ހަތަރު މެމްބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ. ގައުމީ މަޖިލީހުގައި 140 އަށް ވުރެ ގިނަ މެމްބަރުން ތިއްބަވާއިރު، މިރޭގެ ބައްދަލުވުމުގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީން ކުރަން ޖެހޭ މަސައްކަތް ކުރުމާ ގުޅޭ ގަރާރު ހުށަހަޅުއްވަމުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ކެންޑިޑޭޓަކު ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބު ނިމުމާ ހަމައަށް އެ ޕާޓީގެ އެންމެ އިސް ފަރާތަކަށް ވާނީ ރިޔާސީ ކެންޑިޑޭޓު ކަމަށް އަސާސީ ގަވައިދުގެ 59 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތު، ޗެއާޕާސަން ފައްޔާޒް އިސްމާއިލް ބަލަހައްޓަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ޕާޓީގެ ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީ އާއި ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާގެ މަތިން ޕާޓީގެ ސިޔާސަތުތައް އެކަށައަޅައި އެ ސިޔާސަތުތައް ތަންފީޒުކުރުމަކީ ޕާޓީގެ އެންމެ އިސް ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށް އެ ގަރާރުގައިވެ އެވެ.
މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ނަތީޖާއާ ހަވާލާދީ ގަރާރުގައި ބުނީ ،އެއް ޕާޓީއަކުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ އެންމެ އެކަށީގެންވާ ގޮތެއް އަދި މިހާތަނަށް ވެފައި އޮތް ގޮތެއް ނޫން ކަމަށެވެ. އެންމެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ވެސް އިއްތިހާދެއްގެ ތެރެއިން ކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެމްޑީޕީ ގައުމީ މަޖިލީހަށް މެމްބަރު ނާޝިޒް ގަރާރު ހުށަހަޅުއްވައި ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެ ގަރާރު މިރޭ ފާސްކުރީ އެމްޑީޕީން އިންތިހާބަށް އިއްތިހާދުވުމުގެ ހުރިހާ މަޝްވަރާއެއް ކުރިއަށް ގެންދިއުމުގެ ބާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމަށެވެ.
ގަރާރަށް ތާއީދުކުރެއްވި މެމްބަރުން ވިދާޅުވީ އެމްޑީޕީން އިންތިހާބު ކާމިޔާބުކުރަން ސިޔާސީ ޕާޓީތަކާ އެކު ވާހަކަ ދައްކައިގެން އިއްތިހާދުވުމުގެ ފުރުސަތު ރިޔާސީ ކެންޑިޑޭޓަށް އޮންނަން ޖެހޭ ކަމަށެވެ. އެއީ ޕާޓީ އަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.
ކޯލިޝަންގެ ބާރު ރައީސަށް ދޭން ގަރާރު ފާސްކުރަން މެމްބަރުން ވޯޓު ދެއްވަނީ: މި ގަރާރު ފާސްކުރީ 81 މެމްބަރުންގެ ވޯޓުން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ގައުމީ މަޖިލީހުން މިގޮތަށް ނިންމި އިރު ޕާޓީގެ ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ އިއްތިހާދުގެ ވެރިކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އިއްތިހާދު ހަދައިގެން އެމްޑީޕީ ބާކީވެ އެހެން ސިޔާސީ ޕާޓީތަކަށް ވެރިކަމުން ފުރުސަތު ބޮޑުވާ ކަމުގެ ހިތްހަމަނުޖެހުން އެމަނިކުފާނު ފާޅުކުރައްވަ އެވެ.
ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވުމުން، އެ މަނިކުފާނު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ފައްޓަަވައިފަ އެވެ. ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެކަމަކު ޕާޓީއަށް އެންމެ ފައިދާ ހުރި ގޮތަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވެސް ޕާޓީއާ އެކު ކުރިއަށް ވަޑައިގަތުން ކަމަށާއި މިހާރު ނިންމަވައިގެން ހުންނެވި ގޮތް ބަދަލުކުރައްވަން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެދިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ސަރުކާރު އުފެއްދީ ވެސް އެމްޑީޕީ އިސްވެ އޮވެ ހެދި ކޯލިޝަނަކުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް އިއްތިހާދުވީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމުންނެވެ.
އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި ފަހުން އެއް ޕާޓީއަކަށް އެކަނި 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯދިފައެއް ނުވެ އެވެ. އެހެންވެ ކޮންމެ ފަހަރަކު ވެސް ޖެހެނީ ކޯލިޝަނަކުން އިންތިހާބު ކާމިޔާބުކުރާށެވެ.
ފުރަތަމަ އިންތިހާބު 2008 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ވެސް ކޯލިޝަނަކުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން އިއްތިހާދުން ކާމިޔާބުކުރީ އެއް ބުރުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވޭނީ ޕާޓީތަކާ އެކު ވާހަކަ ދައްކައިގެން އަނެއްކާ ވެސް ކޯލިޝަނަކުންނެވެ. އެ މަނިކުފާނަށް އެކަން ކުރެއްވޭނެ ކަމަށާއި އޭގެ ހެއްކަކީ ދައުރު ނިމެންދެން ރާއްޖޭގައި އަލަށް އެ މަނިކުފާނުގެ ކޯލިޝަން ސަރުކާރު ދެމިއޮތުން ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.
ގަރާރު ފާސްކުރަން އެމްޑީޕީގެ މެމްބަރުންތަކެއް ވޯޓު ދެއްވަނީ: އިންތިހާބު ނިމެންދެން ޕާޓީގެ އެންމެ އިސް ފަރާތަކީ ރިޔާސީ ކެންޑިޑޭޓު ކަމަށް އަސާސީ ގަވައިދާ ހަވާލާދީ ގަރާރުގައި ވޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްޑީޕީން އެކި ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް މި ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވެސް ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާ މެދު އަދި ގޮތެއް ނުނިންމަ އެވެ. ޖުމްހޫރީ ޕާޓީން އިންތިހާބުގައި އެކަނި ވާދަކުރާނީތޯ ނުވަތަ ރައީސްއާ އެކު ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާނީތޯ ނިންމަން ހަމަޖައްސާފައި އޮތީ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.
އަދާލަތު ޕާޓީން ބުނެފައި ވަނީ ކޯލިޝަން ހެދުމާ މެދު ވަކި ގޮތެއް ނިންމަން އަދި އަވަސް ކަމަށެވެ. އެމްއާރުއެމުން ވެސް އަދި ގޮތެއް ނުނިންމަ އެވެ.
ޕީޕީއެމުން ބުނަމުން އަންނަނީ ކޯލިޝަން ނުހަދައި ވެސް ރިޔާސީ އިންތިިހާބު ކާމިޔާބުކުރެވޭ ވަރުގެ ތާއީދެއް އެ ޕާޓީއަށް އެބައޮތް ކަމަށެވެ. ރިޔާސީ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް ޔާމީން ކަމަށާއި އެ ނިންމުން ބަދަލުކުރުމުގެ ވިސްނުމެއް ކަމަށެވެ.
ދެވަނަ ބުރުން ހަދާ ކޯލިޝަން ރޫޅޭނެ،އެއްބުރުން ނަގާނަން
އިތުބާރު ގެއްލޭ އެއްވެސް ކަމެއް ނުކުރާނަން: އަސްލަމް
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ތާއީދު ލިބުނީ ކޯލިޝަން ސަރުކާރު ދެމިއޮތުމުން: އެމްޑީޕީ
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ކޯލިޝަން ހަދަން މަޝްވަރާކުރުމުގެ ބާރު ރައީސަށް ދެނީ
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ނަތީޖާ
އިންތިހާބު ކޮމެޓީ އެކުލަވާލުން ބޮޑު ކޯޅުމަކަށް!
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަނީ