15 ފެބުރުއަރީ 2023
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމުގެ ބާރު، ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާ މެދު ގޮތެއް ނިންމަން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
ރިޔާސީ ޕްރައިމަރީއަށް ފަހު ބާއްވާ ގައުމީ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި އެޖެންޑާކޮށްފައި އޮތީ އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާއިރު، އެހެން ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ.
އެމްޑީޕީގެ ދެ ވަނަ ދައުރެއްގައި ވެސް ކޯލިޝަނަކާ އެކު ކުރިއަށް ދިއުމުގެ މަޝްވަރާތަކަށް މިރޭ ގޮތެއް ނިންމާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން އުފެއްދީ އެމްޑީޕީ އިސްވެ އޮވެ ހެދި ކޯލިޝަނަކުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާ ދެކޮޅަށް މި ވެރިކަން އުފެއްދީ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް ހިމެނޭ އިއްތިހާދަކުންނެވެ.
އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން އެއް ޕާޓީއަކަށް އެކަނި 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯދިފައެއް ނުވެ އެވެ.
ފުރަތަމަ އިންތިހާބު 2008 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ ވެސް ކޯލިޝަނަކުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވެރިކަން އިއްތިހާދުން ކާމިޔާބުކުރީ އެއް ބުރުންނެވެ.
މާލެ: ފެބްރުއަރީ 11، 2020: އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ޖަލްސާއެއް ކުރިއަށް ގެންދަނީ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ ކޯލިޝަނަކުން އަނެއްކާވެސް ވެރިކަން ކުރެއްވުމެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އިރު ވެސް އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެއް ޕާޓީއަކުން އެކަނި އިންތިހާބު ކާމިޔާބު ނުކުރެއްވޭނެ ކަމަށެވެ. އެހެންކަމުން ޕާޓީތަކާ މަޝްވަރާކޮށްގެން ކޯލިޝަންގެ ތެރެއިން އެމަނިކުފާނަށް ދެ ވަނަ ދައުރަކަށް އެމްޑީޕީގެ ވެރިކަން ދެމެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.
އެކަން ކުރެއްވޭނެ ކަމުގެ ހެއްކެއްގެ ގޮތުގައި ދައްކަވަނީ އެ މަނިކުފާނަށް ދައުރު ނިމެންދެން ކޯލިޝަން ވެރިކަން ދެމެހެއްޓެވުމެވެ. މި ނޫން ހުރިހާ ކޯލިޝަންތަކެއް ވެސް ވަނީ ދައުރުގެ ވަރަށް ކުރީކޮޅު ރޫޅިފަ އެވެ.
އެމްޑީޕީން އެކި ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ ވިސްނުން ގެންގުޅުނު ނަމަވެސް މި ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ވެސް ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާ މެދު އަދި ގޮތެއް ނުނިންމަ އެވެ. ޖުމްހޫރީ ޕާޓީން އިންތިހާބުގައި އެކަނި ވާދަކުރާނީތޯ ނުވަތަ ރައީސްއާ އެކު ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާނީތޯ ނިންމަން ހަމަޖައްސާފައި އޮތީ އެ ޕާޓީގެ ކޮންގްރެސްގަ އެވެ.
އަދާލަތު ޕާޓީން ބުނެފައި ވަނީ ކޯލިޝަން ހެދުމާ މެދު ވަކި ގޮތެއް ނިންމަން އަދި އަވަސް ކަމަށެވެ. އެމްއާރުއެމް އިން ވެސް އަދި ގޮތެއް ނުނިންމަ އެވެ.
ޕީޕީއެމުން ބުނަމުން އަންނަނީ ކޯލިޝަން ނުހަދައި ވެސް ރިޔާސީ އިންތިިހާބު ކާމިޔާބުކުރެވޭ ވަރުގެ ތާއީދެއް އެ ޕާޓީއަށް އެބައޮތް ކަމަށެވެ. ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި އެ ނިންމުން ބަދަލުކުރުމުގެ ވިސްނުމެއް ކަމަށެވެ.
ކޯލިޝަން ހެދުމުގެ ބާރު ރައީސަށް ދޭން ފާސްކޮށްފި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހް ނިންމަނީ
އެމްޑީޕީގެ އިންތިހާބުގައި ވޯޓުލީ 50 ޕަސެންޓް މީހުން
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
އެމްޑީޕީން ކުރި މަސައްކަތް ފެންނަން ހުންނާނެ: އާޒިމް
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ބަރުލަމާނީ އާ ދެކޮޅަށް ރައީސް ނުކުންނަވާނެ
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
ދެވަނަ ބުރުން ހަދާ ކޯލިޝަން ރޫޅޭނެ،އެއްބުރުން ނަގާނަން
އިތުބާރު ގެއްލޭ އެއްވެސް ކަމެއް ނުކުރާނަން: އަސްލަމް