24 ފެބުރުއަރީ 2023
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި ކޯލިޝަން ސަރުކާރެއް ހަމަޖެހުމާއެކު ދެމިއޮތުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭ އިން ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި ކޯލިޝަން ސަރުކާރެއް ހަމަޖެހުމާއެކު ދެމިއޮތުމުން ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
އެމްޑީއޭއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައީދުކުރަން ނިންމިކަން އިއުލާންކުރުމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީއާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާއަށް، ރައީސް ދެއްވި ދައުވަތު ގަބޫލުކޮށް، ވެރިކަމުގެ ދެ ވަނަ ދައުރެއް އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ އެމްޑީއޭގެ މި ނިންމުމަކީ ރައީސްގެ ވެރިކަމުގެ މި ހިނގާ ދައުރުގައި ގައުމަށް ގެނެސްދެއްވި ހަމަޖެހުން ދެމިއޮވެ، ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ކޯލިޝަންގެ ސަރުކާރަކުން ކަމަށް ގަބޫލުކުރާތީ، ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިއުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުހަބާ އަދި ޝުކުރު ދަންނަވަން. އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގީ އާއި ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް: ރައީސް
އެމްޑީއޭގެ ނިންމުމަށް މަރުހަބާ ދަންނަވާ ރައީސް ވެސް ޓުވީޓެއް ކުރެއްވި އެވެ.
"ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިއުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުހަބާ އަދި ޝުކުރު ދަންނަވަން. އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާއި ތަރައްގީ އާއި ކުރިއެރުމަށް އަޅުގަނޑުމެން ފެށި ދަތުރު މަޑުނުޖެހި ކުރިއަށް ގެންދިޔުމަށް،" ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމްގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ ޕާޓީން، ރައީސަށް ތައީދުކުރަން ނިންމީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ވެސް އެ ޕާޓީއާއެކު ކޯލިޝަން ހަދަން ހުށަހަޅައި، އެކަމުގެ މަޝްވަރާ ވެސް ކޮށްފައި ވަނިކޮށެވެ.
އެމްޑީއޭ އިން ވަނީ އިއްޔެ ޕްރޮގްރެސިވް ކޯލިޝަނާ އެކު މަޝްވަރާކުރުމުގެ ކުރިން އެމްޑީޕީއާ އެކު މަޝްވަރާކޮށްފަ އެވެ. އެ ބައްދަލުވުންތަކަށް ރިއާޔަތްކޮށް އެ ޕާޓީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޕާޓީގެ ކައުންސިލުން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދޭން ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ދިވެހިރާއްޖޭގެ ޕޮލިޓިކަލް ސްޓޭބިލިޓީ ގާއިމްކުރުމަށްޓަކައި، އެމްޑީއޭގެ ކައުންސިލް މީޓީން އިން މިއަދު ނިންމާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އިތުރު ދައުރެއް ދިނުމަށް މަސައްކަތްކޮށްދިނުމަށްޓަކައި، އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް،" ރައީސް ސޯލިހާއި ސިޔާމްގެ ފޮޓޯއަކާ އެކު އެ ޕާޓީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
އެމްޑީއޭ އަކީ މި އަހަރުގެ އިންތިހާބުގައި އެމްޑީޕީއާ ކޯލިޝަން ހެދި ދެވަނަ ޕާޓީ އެވެ. އަނެއް ޕާޓީ އަކީ އަދާލަތެވެ. ކޯލިޝަނުގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އެމްއާރްއެމްއަށް ވެސް ރައީސް ވަނީ ކޯލިޝަނުގެ ދައުވަތު ދީފަ އެވެ.
މީގެ ތެރެއިން ޖުމްހޫރީ ޕާޓީން، އަމަލުކުރާނެ ގޮތެއް މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި ނިންމާނެ އެވެ. ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވަކިން ވާދަކުރުމަށް ގޮވާލައި، ގަރާރެއް ވަނީ ކޮންފަރެންސަށް ހުށަހަޅައިފަ އެވެ.
ގާސިމް ވަކިން ވާދަކުރެއްވުމަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބާރުއަޅުއްވައި ވާހަކަދެއްކެވި އެވެ. ނަޝީދު ވަނީ، އެމަނިކުފާނާ ވާދަކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރެއްވި މިހާރުގެ ރައީސްއާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެމްއާރްއެމްގެ ތައީދު ހޯދުމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބައްދަލުކުރައްވަން ވެސް ރައީސް ވަނީ ނިންމަވައިފަ އެވެ.
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
ޗާޓުން ރީނދޫކުލަ ފިލައިފި، 5 އަހަރުން ބޮޑު ބަދަލެއް
ތިނަދޫގެ "ރީނދޫ ސަފު" ދިނީ މެޖޯރިޓީގެ ޔަގީންކަން
އިންތިހާބުގެ ދެވަނަ ބުރެއް ނޯންނާނެކަން ރައީސަށް ޔަގީން
ދެވަނަ ބުރުން ހަދާ ކޯލިޝަން ރޫޅޭނެ،އެއްބުރުން ނަގާނަން
"ލޯ ލާރިއެއްގައި ވެސް ރައީސް ޖެހިވަޑައިނުގަންނަވާނެ"
"މި ހުސް ނޫނުގައި ފިލި ޖެއްސެވީ ރައީސް"
ސިޔާމްގެ ސަބަބުން ބޭރުން ފައިސާ ލިބޭނެކަން ވެސް ޔަގީން
ރަފިއްޔާ "އަވަގުރާނަ" ގޮވައިގެން ފާޑުކިޔަނީ
އިތުބާރު ގެއްލޭ އެއްވެސް ކަމެއް ނުކުރާނަން: އަސްލަމް