Roadha Mihaaru
"ކުޅުދުއްފުށި ބަދަލުކޮށްލަން ހެދީ 1ބިލިއަންގެ ޑީލެއް"

ޑީލެއް ހެދިން، އެއީ ރައްޔިތުންނަށްޓަކައި އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ ޑީލެއް: އާތިފް

22 އޯގަސްޓް 2023

ސަރުކާރާ ފެއަށް ޖެހިގެން ޑިމޮކްރެޓްސްގައި ތިބުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް ތާއީދު ކުރަން ނިންމުމަކީ ޑީލަކަށް ވާ ނަމަ، އެއީ ކުޅުދުއްފުއްޓަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުމުގެ ޑީލެއް ކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސަރުކާރާ ފެއަށް ޖެހިގެން ޑިމޮކްރެޓްސްގައި ތިބުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެވަނަ ދައުރަކަށް ތާއީދު ކުރަން ނިންމުމަކީ ޑީލަކަށް ވާ ނަމަ، އެއީ ކުޅުދުއްފުއްޓަށް އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހިންގުމުގެ ޑީލެއް ކަމަށް މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ކައުންސިލްގެ ގިނަ މެންބަރުން އަލުން ސަރުކާރާ އެކު މަސައްކަތް ކުރަން ނިންމުމުގައި އަމިއްލަ މަންފާއަށްޓަކައި ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. ކައުންސިލުން ގޮތް ނިންމީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީން އިންތިހާބުވުމަށްފަހު އެ ޕާޓީން ދޫކޮށް "ދަ ޑިމޮކްރެޓްސް"އާ ގުޅިވަޑައިގެންނެވި އާތިފް އަނެއްކާވެސް މިދިޔަ ހަފުތާގެ ތެރޭ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވިސްނުން ބަދަލު ކުރައްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްއާ އެކު އަލުން ސަރުކާރާ ގުޅިވަޑައިގެންނެވުމުން ފާޑުކިޔުންތަކާއި ތުހުމަތުތައް އަމާޒުވި އެވެ.

އެ ކިޔާ 30 މިލިއަނަށް ވުރެ މާބޮޑު ޑީލެއް އެއީ. އަޅުގަނޑުމެން ހެދި ޑީލްގެ އަގު އެއް ބިލިއަނަށްވުރެ މަތިވާނެ. ކުޅުދުއްފުއްޓަށް މި ބަދަލުގެ ސަބަބުން ލިބޭ މިންވަރު އެއް ބިލިއަނަށްވުރެ މަތިވާނެ. -- އާތިފް

"ދަ ޑިމޮކްރެޓްސް"ގެ ލީޑަރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ ވިޔަފާރި ޑީލެއް ކަމަށް ވެސް ސިފަކުރައްވައިފަ އެވެ.

އެ ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ރައްދު ދެއްވަމުން އާތިފް ވިދާޅުވީ ސަރުކާރާ އެކު ޑީލެއް ހެދީ ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގައި ކަމަށާއި އެއް ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

"އެ ޔަގީންކަން އަޅުގަނޑު އެންމެ ބޭފުޅުންނަށް އަރުވަން. އެކަމަކު އަޅުގަނޑުމެން ރައީސް އިބޫއާ އެކު ޑީލެއް ހެދިން. އެއީ ތިޔަ ބޭފުޅުންގެ ނަމުގައި ހެދި ޑީލެއް. އެ ކިޔާ 30 މިލިއަނަށް ވުރެ މާބޮޑު ޑީލެއް އެއީ. އަޅުގަނޑުމެން ހެދި ޑީލްގެ އަގު އެއް ބިލިއަނަށްވުރެ މަތިވާނެ. ކުޅުދުއްފުއްޓަށް މި ބަދަލުގެ ސަބަބުން ލިބޭ މިންވަރު އެއް ބިލިއަނަށްވުރެ މަތިވާނެ،" އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއް ބިލިއަން ރުފިޔާގެ އެ ޑީލްގައި ގިނަ މަޝްރޫއުތަކެއް ހިމެނެ އެވެ. ނަމަވެސް، އެ ހުރިހާ މަޝްރޫއުތަކުގެ ތަފްސީލެއް ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް އެ ޑީލަށް ނޫނެކޭ ނުބުނެވުން. އެ ޑީލަށް އަޅުގަނޑުމެން ނޫނެކޭ ބުނެފިއްޔާ އެ ވެވެނީ ކުޅުދުއްފުއްޓަށް ބޭވަފާތެރި،" އާތިފް ވިދާޅުވި އެވެ.

1،000 ހައުސިން ޔުނިޓް މަޝްރޫއެއް

އާތިފް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީއާ އަލުން ގުޅުމުގެ މަޝްވަރާތައް ކުރިއަށް ދިޔަ ދުވަހު، 1،000 ހައުސިން ޔުނިޓްގެ މަޝްރޫއު ފައިނަލްވެފައިވާ ކަމަށެވެ.

އާތިފް ވިދާޅުވި ގޮތުގައި، އެ މަޝްރޫއަކީ ކޮންޓެކްޓާ ފައިނޭންސްގެ އުސޫލުން އަޅާ ހައުސިން އިމާރާތްތަކެކެވެ. އަދި އެ މަޝްރޫއު ރިޔާސީ އިންތިހާބުގެ ކުރިން ހަވާލުކުރާނެ ކަމަށް ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިހާރު ވެސް ކުޅުދުއްފުށީގައި ހައުސިން މަޝްރޫއެއް ހިންގަމުންދެ އެވެ.

އެއީ ކުޅުދުއްފުށީގައި ހިއްކާފައިވާ ބިމުގެ ސަރަހައްދުގައި އިމާރާތް ކުރަމުން ގެންދާ 11 ބުރީގެ ފަސް ޓަވަރެވެ. ގާތްގަނޑަކަށް 443.9 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއަކީ މާލޭން ބޭރުގައި ހިންގާ އެންމެ ބޮޑު ހައުސިން މަޝްރޫއު އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނި ގޮތުގައި އެ ރަށުގައި ބޯހިޔާވަހިކަން ބޭނުންވާ 1،200 މީހުން އެބަ ތިއްބެވެ.

ކުޅުދުއްފުށީގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ނެތް. -- އާތިފް

އާ ހައުސިން މަޝްރޫއެއްގެ އިތުރުން އެ ރަށުގެ ނަރުދަމާގެ މަހުގެ ފީގެ ގޮތުގައި ނަގަމުން އަންނަ 30ރ. ވެސް ކަނޑާލަން ސަރުކާރުން އެއްބަސްވެފައިވާ ކަމާއި އެކަން ވެސް އިންތިހާބުގެ ކުރިން ކުރާނެ ކަމަށް އާތިފް ވިދާޅުވި އެވެ. އަދި ސިޓީގެ ކުނި މެނޭޖްކުރުމަށް ވެމްކޯއާ ހަވާލުކޮށް ސޮއިކޮށްފައިވާކަން ވެސް މޭޔަރު ފާހަގަކުރެއްވި އެވެ.

ހައުސިން މިނިސްޓަރު އަސްލަމްއާ އެކު މެންބަރު ޔާސިރާއި މޭޔަރު

ހައުސިން މިނިސްޓަރު އަސްލަމްއާ އެކު މެންބަރު ޔާސިރާއި މޭޔަރު

އާތިފް ވިދާޅުވީ އަންނަ އިންތިހާބުގައި ވާދަވެރި ތިބީ އެންމެ ދެ ކެންޑިޑޭޓުން ކަމަށާއި އެ ނޫން ކެންޑިޑޭޓެއް ނެތް ކަމަށެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، ކުޅުދުއްފުށީގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ނެތް ކަމަށެވެ.

އެމްޑީޕީން ފެޔަށްޖެހި "ދަ ޑިމޮކްރެޓްސް"އާ އާތިފް ގުޅިވަޑައިގަތީ ސަރުކާރުން ހިންގާ މަޝްރޫއުތައް ލަސްވެ، އެކަމަށް ހައްލެއް ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ރޭ އާތިފް ވިދާޅުވީ އެ ހިތްހަމަނުޖެހުންތައް ހުއްޓަސް މިހާރު ރައީސްގެ ފަރާތުން ޔަގީންކަން ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ރައީސް ދެއްވި ޔަގީންކަމަކީ އަންނަ ފަސް އަހަރަކީ ކުޅުދުއްފުށީގެ ރަން ފަސް އަހަރު ކަމަށް،" އާތިފް ވިދާޅުވި އެވެ.