29 ސެޕްޓެމްބަރ 2023
މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އަތުނުލާނެ ކަމަށް ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް ހައުސިން މިނިސްޓަރަކަށް ހުންނަވައި މާލޭގެ ރައްޔިތުންނާ މެދު އަމަލުކޮށްފައިވާ ގޮތުން އެކަން ގަބޫލުނުކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދިން ގޯތި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އަތުނުލާނެ ކަމަށް ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިޔަސް ހައުސިން މިނިސްޓަރަކަށް ހުންނަވައި މާލޭގެ ރައްޔިތުންނާ މެދު އަމަލުކޮށްފައިވާ ގޮތުން އެކަން ގަބޫލުނުކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ކުރިމަތިވެފައި އޮތީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. ގާތްގަނޑަކަށް 40 އަހަރަށް ފަހު މާލެ ސަރަހައްދުން ބިން ކަނޑައި އިން ވަކިކޮށް މާލޭގެ ރައްޔިތަކަށް ގޯއްޗެއް ދޭން ކެރުނު ބަޔަކު މި ސަރުކާރު ނޫނީ ނެތް ކަމަށް ވިދާޅުވި އެވެ.
މާލޭގެ ރައްޔިތުންނަށް ވީ އެ ވައުދު މި ސަރުކާރުން ފުއްދާފައިވާ ކަމަށާއި މާލޭގެ ރައްޔިތުންނަށް މި ދައުރުގެ ތެރޭގައި ބިން ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ. އެ ގޯތިތަކުގައި އިމާރާތް ކުރެވޭނެ ގޮތް ވެސް ހަދައިދޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓް ތަކުރާރުކޮށް އެބަވިދާޅުވޭ ތިމަންނަމެން އަޔަސް އެ ދޫކޮށްފައި ހުރި ގޯތިތަކެއް ނުނަގާނަމޭ. ކިހިނެއްތޯ އެކަން އަޅުގަނޑުމެން ގަބޫލުކުރާނީ. [ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު] ޝާހިދު އެ ވިދާޅުވިހެން ގުޅީފަޅުން ދޫކޮށްފައި ހުރި ފްލެޓްތަކަށް ފައިސާ ދައްކައި ނިންމާފައި އޮއްވައި 24 ގަޑިއިރު ދީފައި އެތަނަށް ފުލުހުން އަރުވައި މީހުން ބޭލީ," ރައީސް ވިދާޅުވި އެވެ.
މާލޭގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.
އަނބުރާ ފައިސާކޮޅު ނުލިބުނު އިރު ވަންނާނެ ތަނެއް ވެސް އެ މީހުންނަށް ނުލިބުނު ކަމަށް ވިދާޅުވި އެވެ. ހަމަ އެގޮތަށް ކުރީގެ ސަރުކާރުގައި ފަށައި ނުނިމި ވަރަށް ގިނަ ބަޔަކަށް ތަކުލީފު އުފުލަން ޖެހިފައި ވަނިކޮށް އެކަންކަމަށް ހައްލު ހޯދައިދީ ވަންނާނެ ތަނެއްގެ އިންތިޒާމް ހަމަޖައްސައިދިނީ މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ސީ ލައިފާއި ކޭޕާކާއި ޖާހް ފްލެޓްތައް ހިމެނެ އެވެ.
ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތައް ބޮޑު އަގުގައި ދޫކޮށްފައި ވަނިކޮށް އެ މީހުންނަށް ވެސް އެކަމުގައި ލުޔެއް ހޯދައި ދިނީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
"މިހެން ހުރި ދަތި އެތައް އުނދަގޫ ކިތަންމެ ކަމަކަށް މި ވޭތުވެދިޔަ ހަތަރު, ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ރައްޔިތުންނަށްޓަކައި ހައްލު ގެނެވިއްޖެ. މި ހުރިހާ ކަމެއް ހިނގައިދިޔައީ ކޮވިޑުގެ އާލަމީ ދަތިތަކާ އެކު. ދިވެހި ރާއްޖެ އޭރު އޮތް ހާލަތު ވެސް މިއަދު ވެސް އަޅުގަނޑުމެން ހިތަށް އަރާ," ރައީސް ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ
މި ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ސްކީމެއް ހުޅުވާލައި ހުޅުމާލެ އާއި ގުޅީފަޅުން ގޯތި ދޫކުރަން ފަށައިފަ އެވެ. ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ފުރަތަމަ ބުރުގައި 18،955 މީހަކު ގޯއްޗަށް ޝަރުތު ހަމަވާއިރު އެއީ އެއީ 9003 ގޯތި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ފުރަަތަމަ ބުރުގައި ދޫކުރާ ފްލެޓްގެ ދާއިމީ ލިސްޓު އިއުލާންކޮށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދޭން ވަނީ ނިންމައިފަ އެވެ.
ބޯހިޔާވަހިކަމުގެ ދެވަނަ ފިޔަވަހިން، 8،000 ފްލެޓާއި 5،000 އަށް ވުރެން ގިނަ ގޯއްޗަށް ކުރިމަތިލާން މިހާރު އޮތީ ހުޅުވާލައިފަ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު ބައެއް މީހުންނަށް މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ. ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު ނެރެފައިވާ އިރު ވަރަށް އަވަހަށް ދާއިމީ ލިސްޓް ނެރޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި ސްކީމް ހުޅުވާލީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ވެސް ގޯއްޗަށް އެދި ކުރިމަތިލެވޭ ގޮތަށެވެ.
"ގޯތިތައް ބަހާނުލެވުނީ އެމްޑީޕީގެ މެޖޯރިޓީގެ ސަބަބުން"
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
އުތުރު ތިލަފަޅުން ގޯތި ދޭން ރައީސް ނިންމަވައިފި
ހައުސިން ބޭންކެއް ހަދައި ލުއި ލޯނު ދޫކުރާނަން: ރައީސް
ވިނަރެސްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރާނަން: ރައީސް
"މާލޭގައި 20 އަހަރުވުމުން ގޯއްޗާއި ފްލެޓް ދޭނަން"
ސަރުކާރުގެ ފްލެޓް ކޮންޓްރޯލް އަގެއްގައި ކުއްޔަށް ދެވޭނެ
"ކުޅުދުއްފުށި ބަދަލުކޮށްލަން ހެދީ 1ބިލިއަންގެ ޑީލެއް"
ހާލުގައި އުޅޭ މީހުން ހިލޭ ދިރިއުޅެން ތަނެއް ދައްކާނަން