Roadha Mihaaru
ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ

ހުޅުމާލެ އިން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭން ނިންމައިފި

18 އޯގަސްޓް 2023

ހުޅުމާލޭގައި މީހުން ދިރިއުޅެން ކަނޑައަޅާފައިވާ ގޯތިތަކުގައި ހަތް ބުރީގެ ބަދަލުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭން އާބަންކޯ އިން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

ހުޅުމާލޭގައި މީހުން ދިރިއުޅެން ކަނޑައަޅާފައިވާ ގޯތިތަކުގައި ހަތް ބުރީގެ ބަދަލުގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭން އާބަންކޯ އިން ނިންމައި އިއްޔެ އެކަން އިއުލާންކޮށްފި އެވެ.

ރާއްޖޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ރަށް ކަމަށްވާ ހުޅުމާލެ އިން ދޫކޮށްފައިވާ ގޯތިތަކުގައި މިހާތަނަށް އެންމެ އުސްކޮށް ވެސް އިމާރާތް ކުރެވެނީ ޓެރަސް ހިމަނައިގެން ހަތް ބުރިއަށެވެ.

ނަމަވެސް އެ އުސޫލު ބަދަލުކޮށް، 10 ބުރިއަށް މިހާރު އިމާރާތް ކުރެވޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ. އެއީ ޓެރަސް ހިމަނައިގެންނެވެ. އެކަމަކު، ޕާކިން އަށް ދޫކުރާ ބޭސްމަންޓް އެ 10 ބުރީގެ ތެރޭގައި ނުހިމެނެ އެވެ.

"މި ގޮތުން 31 މީޓަރަށް މިހާރު ރެޒިޑެންޝަލް ޕްލޮޓްތައް ހިއްލޭނެ އެވެ،" އެ ކުންފުނިން މީޑިއާ އަށް ފޮނުވި ލިޔުމެއްގައި ވެ އެވެ.

ހުޅުމާލޭގައި މީހުން ދިރިއުޅެން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭނެ އެންމެ އުސް މިނަކީ ހަތްބުރި ކަމަށް މިހާތަނަށް ކަނޑައަޅާފައި އޮތަސް ސޯޝަލް ހައުސިން އާއި ކޮމާޝަލް ހައުސިންގެ ދަށުން އިމާރާތް ކުރާ ތަންތަން 12 ބުރިއަށް ވުރެ އުސްކޮށް ނެގުމުގެ ހުއްދަ އޮތީ ދީފަ އެވެ. އަދި ހުޅުމާލެ 2 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 25 ބުރިއަށް ހިޔާ ފްލެޓްތައް ހެދީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

އާބަންކޯ އިން ބުނިގޮތުގައި، އިމާރާތުގެ އިމުގެ ތެރޭގައި ޕާކިސް ސްލޮޓް ހެދުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ އުސޫލުގެ ދަށުން ކޮންމެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަދުވެގެން ދެ ސައިކަލެއްގެ ޖާގައިގެ ޕާކިންއެއް އިމާރާތުގެ އިމުގެ ތެރޭގައި ހަދަން ޖެހެ އެވެ. ކޮންމެ އެއް ކޮޓަރިއަކަށް އެއް ސައިކަލްގެ ޖާގައިގެ ޕާކިންއެއް ކަނޑައަޅަން ޖެހެ އެވެ.

ސައިކަލް ޕާކިންގެ ސައިޒަކީ އާބަންކޯ އިން ކަނޑައަޅާފައިވާ ގޮތުން ނަމަ މަދުވެގެން 2x0.8 މީޓަރެވެ. ކާރު ޕާކިންގެ ސައިޒަކީ މަދުވެގެން 2.5x4.8 މީޓަރެވެ.