ހުޅުމާލޭގެ ބިންތަކެއް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތެއް ނުހިންގަން އަންގާފައިވާ އެންގުމާ ހިލާފަށް އަމަލު ކުރަން އުޅޭ ކަމުގެ ތުހުމަތުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާބަންކޯ އަށް ވަދެއްޖެ އެވެ.
07 ނޮވެމްބަރ 2023
ހުޅުމާލޭގެ ބިންތަކެއް ދިގު މުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތެއް ނުހިންގަން އަންގާފައިވާ އެންގުމާ ހިލާފަށް އަމަލު ކުރަން އުޅޭ ކަމުގެ ތުހުމަތުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާބަންކޯ އަށް ވަދެއްޖެ އެވެ.
ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، މި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގަން އޭސީސީން އެންގީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ.
އެކަމަކު، އެ އެންގުމާ ހިލާފަށް އެ ބިންތައް ދިނުމުގެ އެއްބަސްވުންތަކެއްގައި ސޮއި ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އޭސީސީގެ ޓީމެއް އާބަންކޯގެ މައި އޮފީހަށް ވަދެ ތަހުގީގު ކުރަމުންދާ ކަން އެނގިފައި ވެ އެވެ.
އެކަމަކު އެކަމާ ގުޅޭ ގޮތުން އޭސީސީގެ ބަހެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި، އާބަންކޯ އިން ތައްޔާރުވަމުން ދިޔައީ ހުޅުމާލެ ފޭސް 2 ގައި ހިމެނޭ ފަރުކޮޅުފުށިން ދިގު މުއްދަތަށް ބިންތަކެއް ކުއްޔަށް ދޫކުރުމަށެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ބިންތަކަކާ ގުޅޭ ވިޔަފާރި މުއާމަލާތްތަކެއް ނިންމުމަށް އެކަމާ ގުޅޭ 40 އައިޓަމެއް އާބަންކޯ އިން ދެން އެންމެ އަވަހަށް ބާއްވާ ބޯޑު ބައްދަލުވުމަކަށް އެޖެންޑާ ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންވެ، އެކަމާ ގުޅިގެން، ބިން ވިއްކުމާ ގުޅޭ އެއްވެސް މުއާމަލާތެއް މި ވަގުތު ނުހިންގަން އާބަންކޯ އަށް އެ އޮފީހުން ވެސް އޮތީ އަންގައިފަ އެވެ.
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!
އެޗްޑީސީގެ ތަހުގީގު: ފުލުހުންނާއި އޭސީސީ މަޝްވަރާއަށް
ނުހައްގު ގޯތިތަކުގެ މައްސަލަ އޭސީސީން ވެސް ބަލަނީ
ހުޅުމާލޭގެ ބިންތައް ނުވިއްކަން އޭސީސީން އަންގައިފި
ވޯޓާތީމް ޕާކް ހަވާލުކުރުމުގައި ނާޖާއިޒު މަންފާތަކެއް!
ބުންޔާމީނަށް ތުހުމަތުކުރާ 48 މިލިއަންގެ މައްސަލައެއް
ކޮފީ ޝޮޕުން ފެންނަ ދެ މިލިއަން ޑޮލަރުގެ އޮޅުވާލުން!
އެޗްޑީސީގެ ޚިޔާނާތްތައް ބަލަން އޭސީސީ ވަދެއްޖެ