ސިޔާސީ ވާހަކަތައް ދައްކަވަން މިހާރު ބޭނުންފުޅު ނުވާ ކަމަށާއި އެ ފުރުސަތު ދޫކޮށްލައްވާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
10 އޯގަސްޓް 2023
ސިޔާސީ ވާހަކަތައް ދައްކަވަން މިހާރު ބޭނުންފުޅު ނުވާ ކަމަށާއި އެ ފުރުސަތު ދޫކޮށްލައްވާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ހައި ކޯޓުގައި މިއަދު އޮތް އަޑުއެހުމުގަ އެވެ. އާރަށު މައްސަލާގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބުގެ ހުކުމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި ޔާމީން މިއަދު އެދިވަޑައިގަތީ ގެއަަށް ބަދަލުކޮށްދިނުމަށެވެ.
އެކަމަށް އެދިވަޑައިގެން ފަނޑިޔާރުންނާ މުހާތަބު ކުރައްވަމުން ޔާމީން ވަނީ އެ މަނިކުފާނުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ. އާއިލާ އިން ތަހައްމަލު ކުރަމުންދާ ހިތްދަތިކަމުގެ ވާހަކަތައް ވެސް ދެއްކެވި އެވެ.
ހަމަ އެއާ އެކު، އެ މަނިކުފާނަށް އޮތް ޖަލު ހުކުމާއި ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދިވަޑައިގެން ގާނޫނީ ނުކުތާތަކެއް ވެސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް ދައްކަވަން ބޭނުންފުޅު ނުވީ ސިޔާސީ ވާހަކަ އެވެ. ވިދާޅުވީ ސިޔާސީ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
"އަޅުގަނޑު މިއީ އެ [ސިޔާސީ ވާހަކަތައް] ފުރުސަތު ދޫކޮށްލައިގެން ހުރި މީހެއް،" ޔާމީން ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ޔާމީން އެ އިޝާރަތް ކުރެއްވީ އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލި، ޕީޕީއެމް/ޕީއެންސީން އެހެން ކެންޑިޑޭޓަކު ނެރެފައި ވާތީ އެ ކަމަށެވެ.
މިއަދުގެ އަޑުއެހުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް އަޑުއައްސަވަން ވަޑައިގެން އިންނެވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މިހާރު އެ މަނިކުފާނު ތަހައްމަލު ކުރަމުންދާ ޖަލު ހުކުމަކީ ވަރަށް ބޮޑު ތަކުލީފެކެވެ. ޖިސްމާނީ ގޮތުން ވެސް ނުކުޅެދުންތެރިކަން އެބަހުރި ކަމަށް ޔާމީން ވިދާޅުވި އެވެ.
"މި ހުރީ އެންމެ ޒުވާން އުމުރެއްގައެއް ނޫން. އަޅުގަނޑަށް ކުރަން ޖެހޭ ކަސްރަތުތައް މި ވަގުތު ކުރުން ވަނީ މަނާވެފައި. އަޅުގަނޑު ޖެހެނީ މޫދަށް ދާން، އެކަމަކު މާފުށި ހިއްކާތީ އެކަމަށް ހުއްދައެއް ނުލިބޭ،" ޔާމީން ވިދާޅުވި އެވެ.
އަޅުގަނޑު މިއީ އެ [ސިޔާސީ ވާހަކަތައް] ފުރުސަތު ދޫކޮށްލައިގެން ހުރި މީހެއް،"--- ޔާމީން
އެހެންވެ، އެދިވަޑައިގަތީ އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށެވެ.
"މި ވަގުތު ވެސް ހޮސްޕިޓަލަށް އައިސް އެޑްމިޓް ވެގެން އޮންނަން ޖެހޭ ހާލަތުގައި މި ހުރީ. އެކަމަކު އެކަން އަޅުގަނޑު ނުކުރަނީ އާއިލާއަށްޓަކައި. އާއިލާ އިން މި ވަގުތު ތަހައްމަލު ކުރަމުންދާ ހިތްދަތިކަން އެނގޭތީ. އާއިލާ އަށް އިތުރު ހިތްދަތިކަމެއް ލިބޭނީ އަޅުގަނޑު އައިސް ހޮސްޕިޓަލްގައި އޮތީމާ،" ތުރުތުރު އަޅާ ރާގެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.
ސިޔާސީ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ޔާމީން ވިދާޅުވިއިރު، އެ މަނިކުފާނު ސިޔާސީ ހަޔާތާ މެދު ވެސް ބައެއް މީހުން މިހާރު ދަނޯ ސުވާލު އުފައްދަމުންނެވެ. ޕީޕީއެމް އަދި ޕީއެންސީން ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރުމަށް ދެކޮޅު ހަދާފައިވުމުން އެ މަނިކުފާނަށް އެ ޕާޓީގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ވެސް ދަނީ ބުނަމުންނެވެ.
ނަމަވެސް، އެ ޕާޓީން ނެރެފައިވާ ކެންޑިޑޭޓް މުއިއްޒު ވިދާޅުވާ ގޮތުގައި އޭނާ އިންތިހާބު ވެއްޖެ ނަމަ، ވެރިކަން ކުރާނީ ޔާމީންގެ މަޝްވަރާގެ މަތިންނެވެ. އަދި ފުރަތަމަ ދުވަހު ވެސް ޔާމީން ޖަލުން މިނިވަން ކުރާނެ ކަމަށެވެ.
ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި މިދިޔަ ހަފުތާގައި ދަންނަވައިފަ އެވެ. އެކަމާ ވިސްނަވާނެ ކަމަށް ރައީސާ ހަވާލާ ދެއްވި ޑރ. މުއިއްޒު ވިދާޅުވެފައި ވެ އެވެ.
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ޔާމީން: އެޑްމިޓް ނުވެ މި ހުރީ އާއިލާއަށްޓަކައި
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
ޔާމީންގެ މައްސަލަ ރަޖިސްޓަރީ ނުކުރޭ، ކަންބޮޑުވުން!
"ޔާމީންގެ އިސްތިއުނާފް މިންގަނޑަށް ވާސިލެއް ނުވެވޭ"
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރަން: އިދިކޮޅު