Roadha Mihaaru
ފްލެޓް ލިސްޓުގެ ފަހުގެ ތައްޔާރީތައް ވަނީ

މިމަހު ފްލެޓް ލިސްޓު ނުނެރެވުނު، ފަހުގެ މަސައްކަތްތައް ކުރިއަށްދަނީ

31 ޖުލައި 2023

މި މަހު ފްލެޓް ލިސްޓު އިއުލާނު ނުކުރެވުނީ، ލިސްޓުގައި ބަލަން ޖެހޭ ކަންކަން އަދިވެސް ހުރުމުން ކަމަށް ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި މަހު ފްލެޓް ލިސްޓު އިއުލާނު ނުކުރެވުނީ، ލިސްޓުގައި ބަލަން ޖެހޭ ކަންކަން އަދިވެސް ހުރުމުން ކަމަށް ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމު ވިދާޅުވެއްޖެ އެވެ.

އަސްލަމް ވިދާޅުވީ، މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް ލިސްޓު ނެރުމަށް ކަމަށެވެ. ލިސްޓުގައި އަދިވެސް ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ދެ ހަފްތާ ކުރިން ފްލެޓް ކޮމިޓީގެ ޗެއާމަން އަދި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ވަނީ ފްލެޓް ލިސްޓު މި މަސް ނިނުމުގެ ކުރިން އިއުލާނު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން 18 ބުރީގެ 32 ޓަވަރު އަޅާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އަށް ޓަވަރުގެ މަސައްކަތް ނިންމާލުމެވެ.

ފްލެޓަށް އެދި ހުޅުވާލުމުން 20،000 ވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅައިފަ އެވެ. ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.

ސަރުކާރުން ފްލެޓް ލިސްޓު އިއުލާނު ކުރަން ތައްޔާރުވަމުން އަންނަ އިރު މިދިޔަ މަހުގެ ފަހުކޮޅު ވަނީ މާލެ ރައްޔިތުންގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް ވެސް އިއުލާނުކޮށްފަ އެވެ.