އަޑެލައިޑް، އޮސްޓްރޭލިއާ (ޖުލައި 30) - މޮރޮކޯގެ ޑިފެންޑަރު ނުހައިލާ ބެންޒީނާ އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ހިޖާބް އަޅައިގެން ފުރަތަމަ ފަހަރަށް ކުޅުނު ކުޅުންތެރިޔާގެ ޝަރަފް ހޯދި މެޗުގައި އެ ޓީމު މޮޅުވެއްޖެ އެވެ.
30 ޖުލައި 2023
އަޑެލައިޑް، އޮސްޓްރޭލިއާ (ޖުލައި 30) - މޮރޮކޯގެ ޑިފެންޑަރު ނުހައިލާ ބެންޒީނާ އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ހިޖާބް އަޅައިގެން ފުރަތަމަ ފަހަރަށް ކުޅުނު ކުޅުންތެރިޔާގެ ޝަރަފް ހޯދި މެޗުގައި އެ ޓީމު މޮޅުވެއްޖެ އެވެ.
މޮރޮކޯ އަކީ އަންހެނުންގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ އަރަބި ގައުމެވެ. ގުރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި، ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޖަރުމަން އަތުން 6-0 ގެ ބޮޑު ތަފާތަކުން ބަލިވެފައި ވިއަސް، މިއަދު ހެނދުނު މޮރޮކޯ ވަނީ 1-0 އިން ދެކުނު ކޮރެއާ ބަލިކޮށްފަ އެވެ.
ފީފާ އިން އަންހެނުން ވޯލްޑް ކަޕް ގައި ހިޖާބާ އެކު ކުޅުމުގެ ހުއްދަ ދިނީ 2014 ވަނަ އަހަރު އެވެ. އޭގެ ދެ އަހަރު ފަހުން އެންމެ ފުރަތަމަ ފީފާގެ މުބާރާތެއްގައި ހިޖާބް އަޅައިގެން ކުޅުނީ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕްގައި ޖޯޑަންގެ ކުޅުންތެރިންނެވެ. ބެންޒީނާ އަކީ ސީނިއާ ލެވެލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ހިޖާބާ އެކު ކުޅުނު ކުޅުންތެރިޔާ އެވެ.
ފުރަތަމަ މެޗުގައި އުމުރުން 25 އަހަރުގެ ބެންޒީނާ ކުޅެން އަރުވާފައެއް ނުވެ އެވެ. ނަމަވެސް މިއަދުގެ މެޗު އޭނާ ވަނީ ފުލްކޮށް ކުޅެފަ އެވެ. މޮރޮކޯގެ ހަމައެކަނި ގޯލު މެޗުގެ ހަވަނަ މިނިޓުގައި ޖަހައިދިނީ އިބްތިސާމް ޖަރީދީ އެވެ. ބެންޒީނާ ވަނީ ކޮރެއާއިން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި މޮރޮކޯގެ ޑިފެންސުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ކޮރެއާގެ ކައުންޓާ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އޭނާ އަށް ރީނދޫ ކާޑެއް ވެސް ދެއްކި އެވެ.
މޮރޮކޯ އަކީ ވޯލްޑް ކަޕްގައި ކުޅޭ ގައުމުތަކުގެ ތެރެއިން ރޭންކިންގެ އެންމެ ފަހަތުގައި އޮތް ޓީމެވެ. އެޓީމު އޮތީ ރޭންކިންގެ 72 ވަނައިގަ އެވެ. ނަމަވެސް ދެވަނަ މެޗުން ތިން ޕޮއިންޓް ހޯދައިގެން އެޓީމު މިވަނީ ނޮކައުޓް ބުރުން ފުރުސަތު ހޯދުމުގެ އުންމީދު އާކޮށްފަ އެވެ.
ކޮރެއާ މިވަނީ ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެފަ އެވެ. ނަމަވެސް ފުރަތަމަ މެޗުގައި ކޮލަމްބިއާ އާ ދެކޮޅަށް، އެޓީމުގެ 16 އަހަރުގެ ސްޓްރައިކަރު ކޭސީ ފަޔާ ވަނީ، އަންހެން އަދި ފިރިހެން ވޯލްޑް ކަޕް މެޗެއްގައި ވެސް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ލަގަބު ހޯދައިފަ އެވެ.
ކެޓިޔަސް މޮރޮކޯ ކޯޗު ޓީމާ މެދު ފަހުރުވެރި ވެފައި
އަންހެން ވޯލްޑް ކަޕުގައި ވެސް މޮރޮކޯ ތާރީހުގެ ތެރެއަށް
މޮރޮކޯ އާއި މިސްރު ވެސް އެއް ވަނައިގައި ކުއާޓާ އަށް
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
މޮރޮކޯ އަށް އެފްރިކަން ކަޕްގައި ކަމެއް ނުވި
އުފާވެރި ކަމަށްފަހު ދެން ލިބުނީ ބައްޕަގެ މަރުގެ ޚަބަރު
ޖަމައިކާ ޓީމުގެ ފަހަތުގައި ހުރީ ބޮބް މާލީގެ ދަރިފުޅު
ޗެމްޕިއަން އެމެރިކާ ބަލިކޮށް ސްވިޑެން ކުއާޓާ އަށް
ފަހުމެޗުގެ ވާހަކައިން ބްރެޒިލްގެ މާތާ ފެންކަޅިކޮށްލައިފި
ޗެމްޕިއަން އެމެރިކާ ސަލާމަތްވީ ކިރިކިޔާ