މެލްބަން (އޮގަސްޓް 8) - ދެވަނަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ޖެމެއިކާގެ އަންހެން ފުޓްބޯޅަ ޓީމު، މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފައި ވާއިރު، ޓީމުގައި ނުހިމެނުނަސް އެޓީމަށް އެންމެ މުހިއްމު އެކަކަކީ، މިޔުޒިކް ލެޖެންޑް ބޮބް މާލީގެ އެންމެ ދޮށީ އަންހެން ދަރިފުޅު، ކެޑެލާ މާލީ، 55، އެވެ.
08 އޯގަސްޓް 2023
މެލްބަން (އޮގަސްޓް 8) - ދެވަނަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ޖެމެއިކާގެ އަންހެން ފުޓްބޯޅަ ޓީމު، މުބާރާތުގެ ގަދަ 16 އަށް ދަތުރު ކޮށްފައި ވާއިރު، ޓީމުގައި ނުހިމެނުނަސް އެޓީމަށް އެންމެ މުހިއްމު އެކަކަކީ، މިޔުޒިކް ލެޖެންޑް ބޮބް މާލީގެ އެންމެ ދޮށީ އަންހެން ދަރިފުޅު، ކެޑެލާ މާލީ، 55، އެވެ.
ޖެމެއިކާގެ އަންހެން ފުޓްބޯޅަ ޓީމް 2007 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 ގެ އޮލިމްޕިކްސް އަށް ކޮލިފައި ނުވުމުން، އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ޓީމަށް ހަރަދުކުރުން ހުއްޓާލި އެވެ. އެކަން އެނގުމާ އެކު 2014 ވަނަ އަހަރުން ފެށިގެން ކެޑެލާ އަންނަނީ ޓީމުގެ އެޑްވޮކޭޓެއްގެ ގޮތުގައި އެތަކެއް މަސައްކަތްތަކެއް ކޮށް، ޓީމަށް ފަންޑް އެއްކުރަމުންނެވެ.
"އޭނާގެ ސަޕޯޓް މި ޓީމަށް ވަރަށް މުހިއްމު. ޓީމުގެ ހިތަކީ އޭނާ. އެއީ އަހަރެމެންމަށް ޕަރީއެއް ފަދަ މީހެއް. އޭނާ މިހާތަނަށް ޓީމަށް ކޮށްދިން ހުރިހާ ކަމަކަށް ހިތުގެ އަޑިން ޝުކުރު ކުރަން،" ޖެމެއިކާ ޓީމުގެ ދެނެއިޝާ ބްލެކްވުޑް ބުންޏެވެ.
ކެޑެލާގެ އުންމީދަކަށް ވީ އެއް އަހަރުގެ މަސައްކަތުން 2015 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޓީމު ކޮލިފައި ކޮށްދޭށެވެ. އެކަން ކާމިޔާބު ނުވި ނަމަވެސް 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް އެގައުމުގެ އަންހެން ފުޓްބޯޅަ ޓީމު ވޯލްޑް ކަޕްގައި ކުޅުނެވެ.
ބޮބް މާލީ އަކީ ވެސް ފުޓްބޯޅައަށް ނުހަނު ލޯބިކުރި ފަންނާނެކެވެ. ޖެމެއިކާ ގައުމީ ޓީމުގެ ސްޕޮންސަރެއްގެ ގޮތުގައި ބޮބް މާލީ ފައުންޑޭޝަން ހިމެނެ އެވެ. ނަމަވެސް ފުޓްބޯޅަ ޓީމަށް ފަންޑް ހޯދުން ވެފައި ވަނީ އުނދަގޫ ކަމަކަށެވެ.
ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވާ ޗެންޔާ މެތިއުސް އާއި ކެޕްޓަން ހަދީޖާ ޝޯ، ސޯޝަލް މީޑީއާގައި ޓީމަށް ދިމާވެފައިވާ މުސާރައިގެ މައްސަލަތައް ފެންމަތި ކުރި އެވެ. މިއާ ގުޅިގެން ވޯލްޑް ކަޕްގެ ކުރިން ދަތުރު ތަކާއި ޓްރޭނިން ކޭމްޕް އަދި ސްޓާފުންނަށް ދޭ އެހީ ހޯދަން ޓީމަށް ފަންޑް ހޯދީ، ޓީމު ކުޅުންތެރިއެއްގެ މަންމަ އާއި އަންހެން ގައުމީ ޓީމުގެ ފައުންޑޭޝަނުން ހިންގި ފަންޑް ރައިޒިން ދެ ކެމްޕޭނަކުންނެވެ.
ކުޅުންތެރިން ސޯޝަލްމީޑީއާގައި ހާމަކުރި މައްސަލަތަކާ އެކު، ވޯލްޑް ކަޕަށް ތައްޔާރުވާން ޖަމައިކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ އެހީއެއްގެ އުންމީދުގައި ތިބި ކަމަށް ވެސް ހާމަ ކުރި އެވެ. ނަމަވެސް ޖަވާބުގައި އެ އިދާރާއިން ބުނެފައި ވަނީ ހައްލެއް ލިބޭތޯ މަސައްކަތް ކުރާ ކަމަށެވެ.
ކުރިން ފެޑެރޭޝަންގެ އެހީއެއް ނުލިބުނަސް، މިއަހަރު އެޓީމު މިވަނީ ވަރުގަދަ ގުރޫޕެއްގައި ވާދަކޮށް ނޮކައުޓް ބުރަށް ދަތުރު ކޮށްފަ އެވެ. ވަރުގަދަ ފްރާންސް އާއި ބްރެޒިލް އާ ލަނޑެއް ނުޖެހި ދެ މެޗު ވެސް އެއްވަރުކޮށް، ޖެމެއިކާ އިން ވަނީ ގުރޫޕް ސްޓޭޖުގައި ޕެނަމާ ބަލިކޮށްފަ އެވެ. ގަދަ 16 ގައި އެޓީމު ނުކުންނާނީ ކޮލަމްބިއާ އާ ދެކޮޅަށެވެ.
މުބާރާތުގައި ނޮކައުޓް ބުރަށް ދެވުމަކީ ވެސް އެޓީމަށް ކާމިޔާބެކެވެ. މިއާ އެކު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ގައުމީ ޓީމަށް ބޭނުންވާ އެހީ ލިބޭނެ ކަމަށް ކުޅުންތެރިން އުންމީދު ކުރެ އެވެ.
"އަހަރެންނަށް ހީވަނީ ކެޑެލާ ހެން އަހަރެމެންގެ މި ދަތުރުގެ އެންމެ މުހިއްމު ހިއްސާއަކީ. ބްލެކްވުޑް ބުންޏެވެ.
"އޭނާ އެންމެ ހާއްސަވީ، އޭނާ އަހަރެމެން ދެކެނީ ހަމައެކަނި ފުޓްބޯޅަ ކުޅުންތެރިން ގޮތުގައެއް ނޫން. އޭނާ އަހަރެމެން ދެކެނީ އިންސާނުން ގޮތުގައި، އެއީ އަހަރެމެން ބޭނުންވާ ގޮތަކީ ވެސް."
އުފާވެރި ކަމަށްފަހު ދެން ލިބުނީ ބައްޕަގެ މަރުގެ ޚަބަރު
ކެޓިޔަސް މޮރޮކޯ ކޯޗު ޓީމާ މެދު ފަހުރުވެރި ވެފައި
ޗެމްޕިއަން އެމެރިކާ ބަލިކޮށް ސްވިޑެން ކުއާޓާ އަށް
އަންހެން ވޯލްޑް ކަޕުގައި ވެސް މޮރޮކޯ ތާރީހުގެ ތެރެއަށް
ފަހުމެޗުގެ ވާހަކައިން ބްރެޒިލްގެ މާތާ ފެންކަޅިކޮށްލައިފި
ޗެމްޕިއަން އެމެރިކާ ސަލާމަތްވީ ކިރިކިޔާ
މޮރޮކޯއިން ކޮރެއާ ބަލިކޮށްފި، ބުރުގާއާ އެކު ޝަރަފެއް
ވޯލްޑް ކަޕްގައި ހިޖާބް، މުސްލިމުންނަށް ބޮޑު އުފަލެއް
މޮޅުވިޔަަސް އެމެރިކާ އޮތީ ޕްރެޝަރުގައި: ކޯޗު
ބަދަލުތަކާ އެކު އަންހެނުންގެ ވޯލްޑް ކަޕް މިއަދު ފަށަނީ