Roadha Mihaaru
ހިޔާ ފްލެޓް ކައިރީގައި ހެދި ޕާކު ހުޅުވައިފި

ހިޔާ ފްލެޓް ކައިރީގައި ހެދި ޕާކު ހުޅުވައިފި

26 ޖުލައި 2023

އާބަންކޯ އިން ހުޅުމާލެ ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވައި ބޭނުންކުރަން މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާބަންކޯ އިން ހުޅުމާލެ ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވައި ބޭނުންކުރަން މިއަދު ފަށައިފި އެވެ.

މިއީ ހުޅުމާލެ 2 ގައި ހުޅުވި ފުރަތަމަ ޕާކެވެ.

ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވުން: އުމުރުން ދުވަސްވީ އަންހެނަކު ބެންޗެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވުން: އުމުރުން ދުވަސްވީ އަންހެނަކު ބެންޗެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ޕާކު ރަސްމީކޮށް ހުޅުވުމުގެ ގޮތުން މިއަދު ހަވީރު އެތަނުގައި ކުޑަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. އެ ރަސްމިއްޔާތުގައި އާބަންކޯގެ އިސްވެރިންނާއި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާންމުން ވެސް ބައިވެރިވި އެވެ.

ފާކު ހެދީ ހިޔާ ފްލެޓްގެ އެޗް5 އިން އެޗް15އާ ދެމެދުގައި އޮތް ހުސް ބިމުގަ އެވެ.

ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވުމުން އާންމުން އެތަނުގައި އޮތް ހަރަކާތްތައް ބަލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހިޔާ ފްލެޓްތައް ކައިރީގައި ހެދި ޕާކު ހުޅުވުމުން އާންމުން އެތަނުގައި އޮތް ހަރަކާތްތައް ބަލާލަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެތަނުގައި އިށީނދެގެން ތިބެވޭނެ ތަންތަން ވަނީ ހަދައިފަ އެވެ. އަދި ޕާކުގެ ވަށައިގެން އެކި ބާވަތުގެ ގަސްތައް ވެސް ވަނީ އިންދައިފަ އެވެ.

ހިޔާ ފްލެޓްގެ 16 ޓަވަރުގައި 50،000 އެއްހާ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.