26 ޖުލައި 2023
ޕްލޭނިން މިނިސްޓްރީން ފަސް ރަށެއްގައި ހިންގާ 476 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ފަސް ރަށެއްގައި ހިންގާ 476 މިލިއަން ރުފިޔާގެ މަޝްރޫއު އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ.
އެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރުމުގެ ގޮތުން ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ޏ.ފުވައްމުލައް އެތެރޭގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފިއެވެ.
— Min.of National Planning, Housing & Infrastructure (@MoNPHImv) July 25, 2023
255،211،824.60 ރުފިޔާއަށް މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭ ނިންމުމަށެވެ. pic.twitter.com/XTZZsrTOWp
ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ؛
• އއ. އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތްކުރުން/ 28 މިލިއަން ރުފިޔާ (6 މަސްދުވަސް)
• އދ. މަހިބަދޫގެ ބިން ހިއްކުން/ 43.6 މިލިއަން ރުފިޔާ (8 މަސްދުވަސް)
• ދ. މާއެނބޫދޫ ބިން ހިއްކުން/ 66.3 މިލިއަން ރުފިޔާ (8 މަސްދުވަސް)
• ލ. މާވަށު ބިން ހިއްކުން/ 82.9 މިލިއަން ރުފިޔާ (10 މަސްދުވަސް)
• ފުވައްމުލަކުގެ އިތުރު މަގުތަކުގައި ތާރުއެޅުން/ 255.2 މިލިއަން ރުފިޔާ (ދެ އަހަރު)
އެމްޓީސީސީން މިހާރު ވެސް އަންނަނީ ފުވައްމުލަކުގެ ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. ފުވައްމުލަކުގެ އިތުރު މަގުތަކުގައި ތާރު އަޅަން ހަވާލުކުރި އިރު، ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ހުކުރު ދުވަހު އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސަވައިފަ އެވެ.
ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނަ ވަރަކަށް، ސަރުކާރުން އަންނަނީ ފުލުފުލުގައި އާ މަޝްރޫއުތައް އިއުލާންކޮށް، ހަވާލުކުރަމުންނެވެ.
ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅާލަން އެމްޓީސީސީއަށް
ދެ ރަށެއްގައި ބަނދަރު ހަދަން އެމްޓީސީސީއަށް ދީފި
ރިންގްރޯޑާއެކު ފުވައްމުލަކުގެ 31މަގެއްގައި ތާރު އަޅަނީ
ފުވައްމުލަކު ރިންގްރޯޑް ހެދުން އެމްޓީސީސީއާ ހަވާލުކޮށްފި
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ
ބިނާވެށި ޕްލޭން ކުރުމުގެ ބިލް ތަސްދީގުކޮށްފި
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"