Roadha Mihaaru
ފުވައްމުލަކު ރިންގްރޯޑް ހެދުން އެމްޓީސީސީއާ ހަވާލުކޮށްފި

ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

01 އެޕްރީލް 2019

ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ފުވައްމުލަކު ރިންގް ރޯޑް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން އެމްޓީސީސީއާ އެކު ސޮއިކުރީ މިދިޔަ ބުދަ ދުވަހު އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޒީނިއާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ.

އެމްޓީސީސީން ބުނިގޮތުގައި އެ މަޝްރޫއުގެ ދަށުން 24،00 ސްކުއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާ އެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމް ގާއިމް ކުރާނެ އެވެ.

އެ މަޝްރޫއުއަށް 32 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.