Roadha Mihaaru
ބްރިޖުގެ ޓްރެފިކް ލައިޓްތައް ބަދަލުކޮށް ބޭނުންކުރަން ފަށައިފި

ބްރިޖުގެ ޓްރެފިކް ލައިޓްތައް ބަދަލުކޮށް ބޭނުންކުރަން ފަށައިފި

17 ޖުލައި 2023

ސިނަމާލެ ބްރިޖުގައި ހަރުކޮށްފައި ހުރި ޓްރެފިކް ލައިޓްތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކޮށް، އިއްޔެ ބޭނުންކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސިނަމާލެ ބްރިޖުގައި ހަރުކޮށްފައި ހުރި ޓްރެފިކް ލައިޓްތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކޮށް، އިއްޔެ ބޭނުންކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ސަރަހައްދުން ދަތުރުކުރާއިރު، ލައިޓްތަކަށް ސަމާލުވެ، އޭގެން ދައްކާ ސިގްނަލްތަކާ އެއްގޮތަށް އަމަލުކުރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ލައިޓަށް މަޑުކުރަން ދިއުމުގެ ކުރިން ކުރިއަށް ދާން އިހުތިޔާރުކުރާ ލޭން ބޭނުންކުރުމަށް ވެސް ފުލުހުން ބުންޏެވެ.

އެރޯ ޓްރެފިކް ލައިޓަށް ބަދަލުކުރުމުން އަންނަ އެންމެ ބޮޑު ބަދަލަކީ މަގުގެ ކޮންމެ ލޭނަކަށް ހާއްސަ ލައިޓެއް ހުރުމެވެ. ކޮންމެ ލޭނަކުން ދަތުރުކުރާ ވެހިކަލްތަކަށް ކުރިއަށް ދެވޭނެ ދިމާ، އެ ލައިޓްގައި ހުންނަ ތީރުތަކުން ދައްކާނެ އެވެ. އަދި އެ ދިމާލަށް ދިއުމަށް ލިބޭ ވަގުތު ވެސް ތީރުގެ ތިރިއަށް އަރާނެ އެވެ.

ބްރިޖުގައި ހަރުކޮށްފައި ހުރި އެރޯ ޓްރެފިކް ލައިޓަށް ވެހިކަލްތައް މަޑުކޮށްގެން.-- ފޮޓޯ: ޕޮލިސް

ބްރިޖުގައި ހަރުކޮށްފައި ހުރި އެރޯ ޓްރެފިކް ލައިޓަށް ވެހިކަލްތައް މަޑުކޮށްގެން.-- ފޮޓޯ: ޕޮލިސް

ކުރިއަށް ދެވޭނީ ފެހި ކުލައިގެ ތީރު ދިއްލުމުންނެވެ. ރަތް ކުލައިގެ ތީރު ދިއްލުމުން ޖެހޭނީ މަޑުކުރާށެވެ.

ކުރިން ނަމަ ޖެހެނީ މަގުން އަންނަ ހުރިހާ ވެހިކަލެއް އެއް ވަގުތަކަށް މަޑުކުރާށެވެ.

މިސާލަކަށް ބޮޑުތަކުރުފާނު މަގުން ބްރިޖާ ދިމާލަށް ދަތުރުކުރާ ވެހިކަލްތަކުގެ ތެރެއިން ބްރިޖައަށް އަރަން ދާ ވެހިކަލްތައް ދުއްވަން ޖެހޭނީ ކަނާތު ލޭނުންނެވެ. ބޮޑުތަކުރުފާނު މަގުން ގޮސް، ލޮނުޒިޔާރަތް ޕާކު އޮންނަ ފަޅިއަށް އަޅާ ވެހިކަލްތައް ދުއްވަން ޖެހޭނީ ވާތު ލޭނުންނެވެ.