Roadha Mihaaru

ޓްރެފިކް ލައިޓް ބަދަލުކުރާތީ ބްރިޖުގައި ޓްރެފިކް ބަލަހައްޓާނީ މެނުއަލްކޮށް: ޕޮލިސް

ސިނަމާލެ ބްރިޖުގައި ހަރުކޮށްފައި ހުރި ޓްރެފިކް ލައިޓްތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާތީ މެނުއަލްކޮށް ޓްރެފިކް ބަލަހައްޓަމުން ގެންދާނެ ކަމަށާއި އެހެންވެ އެކަމަށް ސަމާލުވާން ފުލުހުން އެދެފި އެވެ.

މިވަގުތު ބްރިޖްގެ ޓްރެފިކް ބަލަހައްޓާނީ މެނުއަލްކޮށް

ސިނަމާލެ ބްރިޖުގައި ހަރުކޮށްފައި ހުރި ޓްރެފިކް ލައިޓްތައް "އެރޯ ޓްރެފިކް ލައިޓް" ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާތީ މެނުއަލްކޮށް ޓްރެފިކް ބަލަހައްޓަމުން ގެންދާނެ ކަމަށާއި އެހެންވެ އެކަމަށް ސަމާލުވާން ފުލުހުން އެދެފި އެވެ.

ބްރިޖުގެ ޓްރެފިކް ލައިޓުތައް ބައެއް ވަގުތުތަކުގައި ނިއްވާލާފައި ހުންނަތާ ދެ ދުވަހެއް ވެއްޖެ އެވެ. އެ ވަގުތުތަކުގައި ޓްރެފިކް މެނޭޖުކުރަނީ ފުލުހުން އެތަނުުގައި ތިބެގެންނެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ވަނީ މެނުއަލްކޮށް ޓްރެފިކް ބަލަހައްޓާއިރު ފުލުހުންގެ އިރުޝާދުތަކަށް އަމަލުކުރަން އިލްތިމާސްކޮށްފަ އެވެ.

ބްރިޖްގައި އަލަށް ހަރުކުރާ "އެރޯ ޓްރެފިކް" ލައިޓަކީ ވެހިކަލް ދާންވީ މިސްރާބު ތީރަކުން ދައްކައިދޭ ވައްތަރުގެ ލައިޓެވެ. މިހާރު އޭގެ ލައިޓެއް ބްރިޖަކު ބޭނުމެއް ނުކުރެ އެވެ.