Roadha Mihaaru
އެފްއެސްއެމްގެބޯޓެއް ފަޅައިގެން ގޮސް އަޑިއަށް!

ކޮމަންޑު އަށް ތެޔޮ އަންލޯޑް ކުރަނިކޮށް ހިނގި ހާދިސާއެއްގައި އެފްއެސްއެމްގެ ބޯޓެއް އަޑިއަށް ދަނީ

14 ޖުލައި 2023

ށ. ކޮމަންޑު އަށް ތެޔޮ އަންލޯޑް ކުރަނިކޮށް، އެ ރަށު ޖެޓީގެ ޝީޓް ޕައިލެއްގައި ޖެހި، އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ގޮސް ދިޔަވާން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ށ. ކޮމަންޑު އަށް ތެޔޮ އަންލޯޑް ކުރަނިކޮށް، އެ ރަށު ޖެޓީގެ ޝީޓް ޕައިލެއްގައި ޖެހި، އެފްއެސްއެމްގެ ތެޔޮ ބޯޓެއް ފަޅައިގެން ގޮސް ދިޔަވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހެނދުނު 10 ޖަހާކަށް ހާއިރު އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު، ކޯސްޓްގާޑުގެ ޓީމެއް އެ ސަރަހައްދަށް ގޮސް، އެހީތެރިކަން ދެމުން އަންނަ ކަމަށެވެ.

ޝީޓް ޕައިލްގައި ޖެހި ތެޔޮ ބޯޓުން އަށް އިންޗި ވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ސިފައިން ބުންޏެވެ.

އެ ހާދިސާ ހިނގީ ކޮމަންޑޫގައި ބިން ހިއްކަމުން އަންނަ ސަރަހައްދުގަ އެވެ. އެ ބޯޓު މިހާރު އޮތީ އެ ސަރަހައްދަށް ބީއްސާލައިފަ އެވެ.

ސިފައިން ބުނީ ފަޅައިގެން ގޮސްފައިވާ ތަނަށް އުނގުރިއެއް ޖަހައި ދިޔަވުން މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި ކަނޑަށް އެއްވެސް ވަރަކަށް ތެޔޮ ބޭރުވި ކަމެއް އަދި ނޭނގެ އެވެ.

ކޮމަންޑޫ ކައުންސިލުގެ ބަހެއް އަދި ނުލިބޭތީ އިތުރު ތަފުސީލު ލިބޭ ގޮތެއް ނުވި އެވެ.

އެފްއެސްއެމް އިން ބުނީ މި ހާދިސާގެ މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށެވެ.