12 ޖުލައި 2023
ޔޫކްރެއިން އަށް ނޭޓޯގެ މެންބަރުކަން ދެވޭނެ ވަކި މުއްދަތެއް ކަނޑައަޅައިދެވެން ނެތް ކަމަށް ނޭޓޯގެ ވެރިން ނިންމެވުމުން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކޯފާވެ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޔޫކްރެއިން އަށް ނޭޓޯގެ މެންބަރުކަން ދެވޭނެ ވަކި މުއްދަތެއް ކަނޑައަޅައިދެވެން ނެތް ކަމަށް ނޭޓޯގެ ވެރިން ނިންމެވުމުން، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ކޯފާވެ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ނޭޓޯގެ އިއްޔެ އާންމުކުރި ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ނޭޓޯގައި ޔޫކްރެއިން ބައިވެރި ކުރެވޭނީ މެމްބަރު ގައުމުތަކުން އެކަމަށް އެއްބަސްވެ، އަދި ޔޫކްރެއިނުން ފުރިހަމަ ކުރަންޖެހޭ ޝަތުރުތައް ފުރިހަމަ ކުރުމުން ކަމަށެވެ. އަދި ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދިނުމުގެ މައްސަލަ އަވަސްކުރަންޖެހޭ ކަމަށް ގަބޫލުކުރާ ކަމަށާއި، ނަމަވެސް އެކަން ފުރިހަމަކުރެވޭނެ ވަކި މުއްދަތެއް ކަނޑައަޅައިދެވެން ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ނޭޓޯގެ އެ ނިންމުމަށް ރައްދު ދެއްވި، ރައީސް ޒެލެންސްކީ ވިދާޅުވީ އެއީ ވަރަށް ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމުން ދޭހަވަނީ ނޭޓޯގެ މެންބަރަކަށް ވުމަށް ޔޫކްރެއިނަށް ދައުވަތު ދިނުމަށް ނޭޓޯ ތައްޔާރު ނޫންކަން ނުވަތަ ނޭޓޯގެ މެމްބަރަކަށް ޔޫކްރެއިން ހަދަން ނޭޓޯ ތައްޔާރު ނޫންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޒެލެންސްކީ މިހާރު ހުންނެވީ ވެސް، ލިތުއޭނިއާގައި އިއްޔެ ފެށި ނޭޓޯގެ 74 ވަނަ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ދައުވަތަކަށް ވަޑައިގެން، ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގަ އެވެ. ހަނގުރާމައިގެ ހާލަތުގައި އޮންނަ ގައުމަކަށް މެމްބަރުކަން ދިނުމަކީ ނޭޓޯގެ ޗާޓަރާ ޚިލާފު ކަމެއްކަން ޒެލެންސްކީ އަށް އެނގިވަޑައިގަންނަވަ އެވެ.
ނަމަވެސް އޭނާ އެދިވަޑައިގަންނަވަނީ، ރަޝިޔާ އިން މިހާރު އޭނާގެ ގައުމާ ދެކޮޅަށް ކުރަމުން ދާ ހަނގުރާމަ ނިމުމާ އެކު، ނޭޓޯގެ މެމްބަރުކަން ދެވޭނެ މުއްދަތެއް ކަނޑައަޅައިދިނުމަށެވެ.
ޔޫކްރެއިނަށް ނޭޓޯގެ މެމްބަރުކަން ދެވޭނެ ވަކި މުއްދަތެއް ކަނޑައެޅެން ނެތް ކަމަށް ނޭޓޯ އިން ނިންމާފައި މިވަނީ، އެ މައްސަލަ އަވަސްކޮށްދޭން ޖެހޭ ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް ވެސް ވިދާޅުވެފައި ވަނިކޮށެވެ.
ނޭޓޯގެ ނިންމުމާ މެދު ރައީސް ޒެލެންސްކީ ހިތްހަމަނުޖެހުން ފާޅުކުރެއްވިޔަސް، ޔޫކްރެއިންގެ ދިފާއުގައި މަސައްކަތް ކުރުމަށް ނޭޓޯ އިން މިހާރު ވަނީ 11 ގައުމެއްގެ މައްޗަށް އެކުލެވޭ އިއްތިހާދެއް އެކުލަވާލައިފަ އެވެ. މި އިއްތިހާދުގެ ބޭނުމަކީ، އެމެރިކާގައި އުފައްދާފައިވާ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ދުއްވުމަށް ޔޫކްރެއިންގެ ޕައިލެޓުން ތަމްރީން ކުރުމެވެ. އެ މަސައްކަތް މިއަންނަ އޮގަސްޓް މަހުގެ ތެރޭގައި ރޫމޭނިއާގައި ފަށާނެ އެވެ.
ރަޝިޔާ އިން ފަށާފައިވާ ހަނގުރާމައިން ދިފާއުވުމަށް ޔޫކްރެއިންގެ ވައިގެ ލަޝްކަރުން މިހާތަނަށް ވެސް ބޭނުންކުރަމުން އަންނަނީ، ކުރީގެ ސޮވިއެޓް ޔޫނިއަންގެ ދުވަސްވަރު އުފައްދާފައިވާ މަތިންދާބޯޓުތަކެވެ. އެއަށް ވުރެ މާ ޒަމާނީ މަތިންދާބޯޓުތައް މިހާރު ރަޝިޔާ އިން ބޭނުންކުރާތީ، ރަޝިޔާގެ ވައިގެ ސިފައިންގެ ގާބިލުކަމާ ފައި ހަމަކުރުމަށްޓަކައި، އެފް-16 މަރުކާގެ މަތިންދާބޯޓުތައް ދިނުމަށް، ޔޫކްރޭނުން އެދެމުން އަންނަތާ އެތައް މަހެއް ފަހުން، އެކަމަށް އެމެރިކާ އިން ރުހުން ދިނީ، މިދިޔަ މެއި މަހުގެ ތެރޭގަ އެވެ.
ހުޅަނގުގެ ރިޕޯޓްތައް ބުނާ ގޮތުގައި ނޭޓޯގެ މިފަހަރުގެ މަހާސިންތާ މި ބާއްވަނީ، އެ ޖަމާއަތުގެ ތާރީޚުގައި ކުރިމަތިވި އެންމެ ހައްސާސީ ދަނޑިވަޅުގަ އެވެ. ރަޝިޔާ އިން ފެބްރުއަރީ 24، 2022 ގައި ޔޫކްރޭނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައިގެ ސަބަބުން، ނޭޓޯ އަށް ކުރިމަތިވާ ނުރައްކާތައް އިތުރުވެފައިވާތީ އެވެ.
ރަޝިޔާ އިން މި ހަނގުރާމަ ފަށާފައިވަނީ، އިރުމަތީ ޔޫރަޕަށް ނޭޓޯ ފުޅާ ކުރަމުން ގެންދާތީ، ރަޝިޔާގެ ސަލާމަތާއި އަމާންކަމަށް ނުރައްކާތެރިކަން އިތުރުވެފައިވާ ކަމަށް ބުނެ އެވެ. ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުން އަންނަ މަސައްކަތަށް، ނޭޓޯގެ މެމްބަރު ގައުމުތަކުން އަންނަނީ ވަރަށް ބޮޑު އެހީތެރިކަމެއް ދެމުންނެވެ.
މިއަދު ފަށާ މަހާސިންތާގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވެސް ޚާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވާނެ އެވެ. އަދި ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓެރްސޯން ވެސް މި މަހާސިންތާގައި ބައިވެރިވާނެ އެވެ. މި ދެ ގައުމަކީ ވެސް ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ހުށަހަޅާފައިވާ ދެ ގައުމެވެ.
ނޭޓޯ މަހާސިންތާގެ ބައިވެރިން ލިތުއޭނިއާ އަށް
ޔޫކްރޭން އޮތީ ނޭޓޯއާ ގުޅެން ތައްޔާރު: ޒެލެންސްކީ
މި ގުޅުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާ: ނޭޓޯ
އެދެނީ ނޭޓޯ ހަތިޔާރުގެ އެންމެ ޕަސެންޓަކަށް: ޔޫކްރޭން
އިތުރު އަސްކަރީ، މާލީ އެހީއަށް ޔޫކްރޭނުން އެދިއްޖެ
ޔޫކްރޭން އުދުހުން މަނާ ސަރަހައްދަކަށް ނުހެދީ ކީއްވެ؟
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ހަނގުރާމަ މިހާރު އެ ވަންނަނީ ރަޝިޔާއަށް: ޒެލެންސްކީ
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ