01 ޖޫން 2023
ޔޫކްރޭން މިހާރު އޮތީ ނޭޓޯއާ ގުޅެން ތައްޔާރަށް ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫކްރޭން މިހާރު އޮތީ ނޭޓޯއާ ގުޅެން ތައްޔާރަށް ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޕޮލިޓިކަލް ކޮމިޔުނިޓީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މޮލްޑޯވާއަށް ވަޑައިގެން، ޒެލެންސީ މިއަދު ވިދާޅުވީ އޭނާގެ ގައުމު މިހާރު އޮތީ، ނޭޓޯގެ ތެރެއަށް ވަނުމަށް ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު އިންތިޒާރު ކުރަމުން ދަނީ ނޭޓޯ އެކަމަށް ތައްޔާރުވާނެ ވަގުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޭޓޯއާ ގުޅުމަކީ ޔޫކްރޭންގެ ސަލާމަތީ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، އެ ރައްކާތެރިކަން ޔޫކްރޭން ފަދައިން ހުރިހާ ގައުމަކަށް ވެސް އޮންނަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ އުދުވާނުގެ ސަބަބުން، ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތްތަކާ މެދު ޔޫކްރޭނުން އިތުރަށް ވިސްނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހާންސް ސްޓޯލެންބާގް ވިދާޅުވި ގޮތުގައި ޔޫކްރޭން ނޭޓޯގައި ބައިވެރިކުރުމަށް އެ ޖަމާއަތުގެ ހުރިހާ ގައުމުތައް ވެސް ރުހެ އެވެ. ނޭޓޯގެ ދޮރު އަބަދުވެސް ހުންނާނީ އާ މެމްބަރުންނަށްޓަކައި ހުޅުވިފައި ކަމަށާއި، ނޭޓޯ އިތުރަށް ބޮޑުކުރުމާ ދެކޮޅަށް ވީޓޯ ކުރުމުގެ އެއްވެސް ހައްގެއް ރަޝިޔާއަށް ލިބިގެން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭނަކީ ނޭޓޯގެ މެމްބަރު ގައުމަކަށް ނުވިޔަސް، އަދި ނޭޓޯއަކީ ޔޫކްރޭން ހަނގުރާމައިގެ ބައިވެރިއަކަށް ނުވާއިރު ވެސް، ރަޝިޔާގެ އުދުވާނުން ސަލާމަތްވުމަށް ޔޫކްރޭނުން ކުރަމުން އަންނަ މަސައްކަތުގައި ނޭޓޯ އިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނު ފޮނުވުމުގެ އިތުރުން، މާލީ ގޮތުން ވެސް ނޭޓޯ އިން ދަނީ ޔޫކްރޭނަށް އެހީތެރިވަމުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނޯ ބްލިންކެން މިއަދު ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައި އެ ގައުމު ހިފުމަށް ކުރާ މަސައްކަތުން ކުރިއެރުމެއް ނުލިބުމުގެ މައިގަނޑު ސިއްރަކީ، ޔޫކްރޭންގެ ދިފާއުގައި ނޭޓޯގެ ގައުމުތަކުން ދަމަހައްޓަމުން އަންނަ އެއްބައިވަންތަކަމެވެ.
ނަމަވެސް ޖަރުމަން ވިލާތުގެ ޚާރިޖީ ވަޒީރު އަނަލޭނާ ބައޭރބޯކް ވިދާޅުވީ ހަނގުރާމައިގެ ހާލަތުގައި އޮތް ގައުމެއް، ނޭޓޯގެ މެމްބަރެއްގެ ގޮތުގައި ގަބޫލު ނުކުރެވޭނެ ކަމަށެވެ.
"ނޭޓޯގެ ދޮރު އަބަދުވެސް ހުޅުވާފައި ބެހެއްޓުމުގެ ސިޔާސަތު އަދިވެސް އޮތީ އެ ގޮތުގައި. ހަމަ އެއާއެކު އަހަރެމެންނަށް ސާފުވާންޖެހޭ އަނެއް ކަމަކީ، ހަނގުރާމައެއްގެ މެދުތެރޭގައި އޮތް ގައުމެއް، ނޭޓޯގެ ގައުމެއްގެ ގޮތުގައި ބަލައިގަތުމާ މެދު ވާހަކަ ދެއްކެން ނެތްކަން،" ޖަރުމަން ވިލާތުގެ ޚާރިޖީ ވަޒީރު އަނަލޭނާ ބައޭރބޯކް ވިދާޅުވި އެވެ.
ޔޫކްރޭން އަމާން ދިނުމުން ހަނގުރާމަ ހުއްޓިދާނެ: ރަޝިޔާ
އެމެރިކާގެ އިސް ދެ ވަޒީރުން ޔޫކްރޭނަށް
އެދެނީ ނޭޓޯ ހަތިޔާރުގެ އެންމެ ޕަސެންޓަކަށް: ޔޫކްރޭން
އިތުރު އަސްކަރީ، މާލީ އެހީއަށް ޔޫކްރޭނުން އެދިއްޖެ
ޔޫކްރޭން އުދުހުން މަނާ ސަރަހައްދަކަށް ނުހެދީ ކީއްވެ؟
"ރަޝިޔާގެ 74 އަވަށެއްގެ ކޮންޓްރޯލް ލިބިއްޖެ"
ރަޝިޔާގެ ނުބަޔަށް އިތުބާރު ކުރެވޭކަށް ނެތް: ޒެލެންސްކީ
ރައީސް ޕުޓިން އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ
ހަނގުރާމަ މިހާރު އެ ވަންނަނީ ރަޝިޔާއަށް: ޒެލެންސްކީ
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި