04 ޖުލައި 2023
ހުޅުމާލެއަށް ދާ ހައިވޭ ސަރަހައްދުގައި މިއަދު ވިއްސައިގެން ދިޔައީ ހަރުނުކޮށް ހުރި ސޯލާ ޕެނަލްތަކެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހުޅުމާލެއަށް ދާ ހައިވޭ ސަރަހައްދުގައި މިއަދު ވިއްސައިގެން ދިޔައީ ހަރުނުކޮށް ހުރި ސޯލާ ޕެނަލްތަކެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައިވޭގައި ގާއިމްކޮށްފައިވާ ސްޓްރަކްޗާގެ މޫދާ ކައިރީގައި ސޯލާ ޕީވީ މޮޑިއުލްތައް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހަތަރު ޕެނަލެއް ވަޔާއެކު ވިއްސައިގެން ގޮސް މޫދަށް ވެއްޓިފައިވާ ކަމަށެވެ.
އެ ޕެނަލްތައް އޭރު ހުރީ ސްޓްރަކްޗާގައި ހަރުކޮށްފައި ނޫން ކަމަށާއި އަދި އެ ތަކެތި މޫދަށް ވެއްޓުމާއެކު ނަގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އޮފިޝަލް ވިދާޅުވީ ޕެނަލްތައް ވިއްސައިގެން ދިޔަޔަސް، ސްޓްރަކްޗާއަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. އަދި ސްޓްރަކްޗާގެ ޑިޒައިންގެ މައްސަލައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހައިވޭގައި ދަތުރުކުރުމަށް ނުރައްކަލެއް ވާ ފަދަ އެއްވެސް ހާދިސާއެއް ނުވަތަ އެފަދަ ނުރައްކަލެއް އޮތްކަމަށް މިހާތަނަށް ބެލި ބެލުމުން ފާހަގަކުރެވިފައި ނެތް." އޮފިޝަލް ވިދާޅުވި އެވެ.
"މިކަމާ ގުޅިގެން ކޮންޓްރެކްޓަރު މަސައްކަތް ކުރިއަށް ގެންދިޔަ ގޮތާ ގުޅޭގޮތުން އިންޓާނަލް އިންވެސްޓިގޭޝަނެއް މިނިސްޓްރީން ކުރިއަށް ގެންދާނެ."
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ ޕެނަލް ހަރުކުރުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނީ މަސައްކަތް ކުރުމުގައި އަޅަންޖެހޭ ސަލާމަތީ ހުރިހާ ފިޔަވަޅެއް އަޅާފައިވޭތޯ ޔަގީންކުރުމަށްފަހު ކަމަށެވެ. އަދި ހަރުކޮށްފައިވާ އެއްވެސް ޕެނަލެއްގައި މައްސަލައެއް ހުރިތޯ ބަލަައި ސުޕަވައިޒްކޮށް އަދި ގަވާއިދުން އިންސްޕެކްޓް ކުރާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑު ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމު ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.
އެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ މަހުގެ ތެރޭގައި ސޯލާ ޕެނަލުން ކަރަންޓު އުފައްދަން ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭރުން ދައުލަތުން ތެލަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވާނެ އެވެ.
ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ފަށައިފި
"ހައިވޭގައި ސޯލާ ހަރުކުރަން ނިންމީ ކުރީގެ ސަރުކާރުން"
ސޯލާ ހަކަތަ ރައްކާކުރާ ސިސްޓަމް ގާއިމްކުރަން ޗައިނާއަށް
ސޯލާ ޕެނަލްތަކުން އަންނަމަހު ކަރަންޓް އުފައްދަނީ
ސޯލާ ޕެނަލް ހަރުކުރަން ހައިވޭގެ ލޭނެއް ބަންދުކުރަނީ
ށ އަދި ނ. ގައި ކަރަންޓުގެ ބޮޑު މަޝްރޫއެއް
ކަރަންޓު ނެޓުވޯކު ޑިޒައިން ކުރަން ބަޔަކާ ހަވާލުކޮށްފި
ހަސަން ހަމީދުގެ ހައްލު: ޕެނަލްތައް މަގުގެ މައްޗަށް!
ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރަނީ
ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރަން ފަށައިފި