Roadha Mihaaru
ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދީފި

ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބާއްވަން ހުއްދަ ދީފި

02 ޖުލައި 2023

"ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

"ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމުގެ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުދީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހަސަން ލަތީފަށް އެ ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

އެ ޕާޓީ އުފެއްދުމުމަށް އިސްކޮށް އުޅެއްވަނީ އެމްޑީޕީ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ހަރަކާތް ހިންގުމަށް ފަހު، އެ ޕާޓީން ވަކިވި، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނެވެ.

އެ ޕާޓީ އުފެއްދުމަށް ހުއްދަ ދޭން ނިންމާފައި ވާއިރު އެ ޕާޓީއަށް ހުއްދަ ދިނުން ލަސްކޮށްފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަންއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޑޮމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދޭން ނިންމީ, އީސީގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ނުބޭއްވިގެން މައްސަލަ ހޫނުވެފައި ވަނިކޮށް އޮންލައިންކޮށް އެ ކޮމިޝަނުގެ މެންބަރުންނަށް ގުޅާ މަޝްވަރާ ކުރުމަށްފަހު އެވެ.

އެ މައްސަލާގައި އިދިކޮޅު ޕާޓީ ތަކުން ބުނެފައި ވަނީ އީސީއަށް އޮތް އިތިބާރު ގެއްލިފައިވާ ކަމަށެވެ.

ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3000 މީހުންގެ ސޮއި ހަމަކޮށް ކޮމިޝަނަށް ހުށަހެޅީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ.