24 ޖުލައި 2024
ސަރުކާރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޑިމޮކްރެޓްސް ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.
ސަރުކާރަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޑިމޮކްރެޓްސް ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު "މިހާރު" އަށް މިއަދު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެންނަން މަސައްކަތް ކުރައްވާ ކަމަށް ރައީސް އިއުލާން ކުރައްވާފައިވާތީ، އެކަމަށް އެ ޕާޓީން ސަރުކާރަށް އެއްބާރުލުން ދޭން ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
އޭގެ އިތުރުން، ޑިމޮކްރެޓްސްގެ ސިޔާސަތުގައި ހިމެނޭ ރާއްޖޭގެ އިގުތިސާދު އަދި މާލީ ސިޔާސަތު ތަންފީޒު ކުރުމުގައި އެކަން އެއްބާރުލުން ދޭން ބޭނުންވާ ކަމަށް ހާމަކޮށްފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމާއި އިގުތިސޯދީ ކަންކަމުގެ ތަޖުރިބާކާރުން ޑިމޮކްރެޓްސްގައި އެބަތިއްބެވި ކަމަށެވެ. އެ ދެ މަސައްކަތުގައި އެ ބޭފުޅުންގެ އެހީ ހޯދޭނެކަން ރައީސަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެކި ފަންނުގެ އެކްސްޕާޓުން އެބަތިބި، އަދި އެ ފަންނުގެ އެހީ ހޯދޭނެ ކަމަށް ދަންނަވާފައިވާނެ." ހަސަން ވިދާޅުވި އެވެ.
އެ ކަންކަމުގައި ޑިމޮކްރެޓްސްގެ ބައިވެރިވުމާ އެކު ގުޅިގެން މަސައްކަތްކުރަން ބޭނުންފުޅުވާ ކަމަށް އެ ބައްދަލުވުމުގައި ރައީސް ވިދާޅުވި ކަމަށް ހަސަން ފާހަގަ ކުރެއްވި އެވެ.
ޑިމޮކްރެޓްސް އިން ވަނީ މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ވެސް ރައީސްއާ ބައްދަލުކުރައްވައިފަ އެވެ. އެކަމުގެ ތަފްސީލެއް ނުދިން ނަމަވެސް، ސިޔާސީ މަސްރަހުގައި ހުރި އެކިއެކި ކަންކަމާ ގުޅޭގޮތުން ރައީސް މުއިއްޒުއާ މަޝްވަރާ ކުރެއްވި ކަމަށް ހަސަން އޭރު ވިދާޅުވި އެވެ. އިއްޔެގެ ބައްދަލުވުމުގައި ޕާޓީން ބައިވެރިވެވަޑައިގެންނެވީ ހަސަން ލަތީފްގެ އިތުރުން ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.
މަޝްވަރާގެ ތަފްސީލް ހަސަން ނުދެއްވާތީ ހިތްހަމަނުޖެހިއްޖެ
ރައީސް މުއިއްޒު، ހަސަންއާ ބައްދަލުކުރައްވައިފި
ޑިމޮކްރެޓްސް އަށް 10،000 މެމްބަރުން ހަމަކުރަނީ
ހަސަންގެ އަމާޒަކީ ޑިމޮކްރެޓްސްއަށް ވެރިކަން ހޯދައިދިނުން
ޑިމޮކްރެޓްސް ރަޖިސްޓްރީނުކޮށްގެން އަދިވެސް އީސީގައި
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
ޕީއެންސީގެ މެމްބަރުންގެ އަދަދު ލައްކައަކާ ގާތަށް
އުވާލާ ޕާޓީތަކުގެ ކުލަ މަނާކުރާ ބިލް ތަސްދީގުކޮށްފި
"ވަގަށް މެމްބަރުން ވައްދަން ފޯމު ފުރަން ނުޖެހޭނެ"
ދެން ފެންނާނީ ޑިމޮކްރެސީގެ އާ ބާބެއް: ޕީއެންސީ