22 ނޮވެމްބަރ 2023
މި އަހަރު ނިމުމުގެ ކުރިން ޑިމޮކްރެޓްސް އަށް 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މި އަހަރު ނިމުމުގެ ކުރިން ޑިމޮކްރެޓްސް އަށް 10،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޑިމޮކްރެޓްސްގެ މުއައްސިސް އަދި އެ ޕާޓީގެ ރައީސް ކަމަށް ވެސް ކުރިމަތިލައްވާފައިވާ ހަސަން ލަތީފު މި ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، އެ ޕާޓީގެ މެމްބަޝިޕް އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ހާއްސަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން އެ ބޭފުޅުން، އެ ބޭފުޅުންގެ އަމިއްލަ އިންޓްރެސްޓުގައި ވެސް ކުރަން އޮތް މަސައްކަތެއް އެއީ [މެމްބަރުން އިތުރުކުރުން]. އެ ބޭފުޅުން ވެސް އެކަން ކުރައްވަމުން ގެންދަވާއިރު، ޕާޓީން ވެސް އެ މަސައްކަތް ކުރަމުން އެބަ ގެންދޭ،" ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓެއް އެއީ ޑިސެމްބަރު މަސް ނިމުމުގެ ކުރިން މަދުވެގެން 10،000 މެމްބަރުން ހަމަކޮށްފައި އިލެކްޝަންސް ކޮމިޝަނަށް މެމްބަޝިޕް ފޯމު ހުށަހެޅުން."
ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލައްވާ އަދި އެ ޕާޓީގެ މުއައްސިސަކަށް ވެސް މިހާރު ހުންނެވި ހަސަން ލަތީފް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޑިމޮކްރެޓްސްގެ އިސް މެމްބަރުން އެކި ރަށްރަށަށް ދަތުރުކޮށް ޕާޓީ އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
ޑިމޮކްރެޓްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީ ދޫކޮށް ގިނަ މެމްބަރުންތަކެއް ގުޅިގެން އުފެއްދި ޕާޓީއެކެވެ. އެ މެމްބަރުން އެމްޑީޕީ ދޫކޮށްލީ ޕާޓީގެ އުސޫލުތަކާއި އަސާސްތަކާ އަދި މަގުސަދުތަކާ ހިލާފުވެފައިވާ ކަމަށް ބުނަމުންނެވެ.
އެ ޕާޓީ އުފެއްދުމަށް ފަހު މިދިޔަ އޮގަސްޓް މަހު ވަނީ 3،000 މެމްބަރުންގެ ފޯމު ހުށަހަޅައިފަ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީ އަށް ވަނީ 15،000 އަށް ވުރެ ގިނަ ވޯޓު ލިބިފަ އެވެ.
އެއްބާރުލުން ދޭން ޑިމޮކްރެޓްސްއިން ރައީސްގެ އަރިހަށް
ހަސަންގެ އަމާޒަކީ ޑިމޮކްރެޓްސްއަށް ވެރިކަން ހޯދައިދިނުން
ޑިމޮކްރެޓްސް ރަޖިސްޓްރީނުކޮށްގެން އަދިވެސް އީސީގައި
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
ތިން ޕާޓީއެެެއް 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
ވޯޓަށް އެހޭ ވަރަށް ވެސް މެންބަރުން ވަޑައިނުގަންނަވާ
މަޖިލިސް ޖަލްސާ ނުބޭއްވުމުން މެންބަރުންގެ ކަންބޮޑުވުން!
މެންބަރުންނާއި ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަނީ
ޑިމޮކްރެޓްސްއާއެކު ވާދަކުރަން އެމްޑީޕީގެ ވިސްނުމެއް ނެތް
ސަރުކާރާ ދެކޮޅަށް އެމްޑީޕީ/ޑިމޮކްރަޓްސް އެއްގަލަކަށް