26 ޖޫން 2023
މި ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު ނެރެން ތައްޔާރުވެއްޖެ އެވެ.
މި ސަރުކާރުން އިއުލާނުކުރި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު ނެރެން ތައްޔާރުވެއްޖެ އެވެ.
މިކަމަށް ބާއްވާ ޕްރެސް ކޮންފަރެންސް އޮންނާނީ ހަވީރު 4 ޖަހާއިރު ރައީސް އޮފީހުގަ އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕްރެސް ކޮންފަރެންސަށް ފަހު، ގޯތީގެ ލިސްޓު ގެޒެޓްކުރާނެ ކަމަށެވެ.
ކުރިން ބުނެފައިވާ ގޮތުގައި ލިސްޓުތައް އާންމުކުރުމަށް ފަހު، ކުރިން ވެސް އޮންނަ ގޮތަށް ޝަކުވާ ހުށަހެޅުމަށް މުއްދަތެއް ދޭނެ އެވެ. ދާއިމީ ލިސްޓު ކަނޑައަޅާނީ އޭގެ ފަހުންނެވެ.
ސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ހުޅުވާލުމުން 35،800 މީހުން ކުރިމަތިލި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް ކުރިމަތިލި 20،600 މީހުންނާއި ގޯއްޗަށް ކުރިމަތިލި 15،200 މީހުންނެވެ. ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 14،400 މީހުން ކުރިމަތިލީ ތިން ކޮޓަރީގެ އެޕާޓްމެންޓަށެވެ. އަދި 6،200 މީހުން ކުރިމަތިލީ ދެ ކޮޓަރީގެ އެޕާޓްމެންޓަށެވެ.
ފްލެޓަށް ކުރިމަތިލި މީހުންގެ ލިސްޓު މިއަދު ނެރޭ ގޮތަކަށް ހަމަޖެހިފައެއް ނުވެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި އަންނަނީ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. މި އަހަރު ނިމުމުގެ ކުރިން އެތަނުން އަށް ޓަވަރެއްގެ މަސައްކަތް ނިންމަން ވަނީ އަމާޒު ހިފައިފަ އެވެ.
މި މަޝްރޫއުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 އެޕާޓްމެންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓްމެންޓެވެ.
ވައުދަށް ބަދަލެއް ނާދޭ، ފްލެޓް ލިބޭނެ: ރައީސް
ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހަޅަން ފުރުސަތެއް
ހިޔާ މަޝްރޫއުގެ ފްލެޓެއްްގެ އަގު 82،000 ޑޮލަރަށް
"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!
ގެދޮރުވެރިކަމުގެ ލިސްޓުގައި ލިބުނު ޕޮއިންޓެއް ނެތް!
ފްލެޓްތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި
ފްލެޓް ލިބުނު މީހުންގެ ބެލެނިވެރި ފަރާތް ނޭނގުނު!
ފްލެޓު ޕެޓިޝަނަށް ހަފުތާއެއް ވީއިރު ވެސް ޖަވާބެއް ނެތް
"ހައުސިންއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުގެއްލޭ"
ފްލެޓު މައްސަލާގައި މިނިސްޓްރީ ތެރޭ މުޒާހަރާކުރަނީ