Roadha Mihaaru
ގެދޮރުވެރިކަމުގެ ލިސްޓުގައި ލިބުނު ޕޮއިންޓެއް ނެތް!

ލިބުނު ޕޮއިންޓެއް ނޭނގެ، ޝަކުވާ ހުށަހަޅާނީ ކިހިނެއް؟

06 މާޗް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ މައްސަލަ ބޮޑުވި ގެދޮރުވެރި ކަމުގެ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކުރި އިރު، ލިބުނު ޕޮއިންޓުގެ އަދަދު އެނގެން ނެތުމުން ޝަކުވާ ހުށަހަޅަން ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ މައްސަލަ ބޮޑުވި ގެދޮރުވެރި ކަމުގެ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކުރި އިރު، ލިބުނު ޕޮއިންޓުގެ އަދަދު އެނގެން ނެތުމުން ޝަކުވާ ހުށަހަޅަން ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

ކުރީ ސަރުކާރުގައި ހުޅުވާލި މަޝްރޫއުތަކުން ފްލެޓް ދިނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީން މި ހަފުތާގައި ވަނީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތާއި ޕޮއިންޓުގެ ތަފްސީލް އާއްމުކޮށްފަ އެވެ. އެކަމަކު ގެދޮރުވެރިކަމުގެ ދެ ކެޓަގަރީން ފްލެޓް ލިބުނު ލިސްޓު އާއްމުކުރި އިރު، އޭގައި ޕޮއިންޓުގެ އަދަދު އެނގޭކަށެއް ނެތެވެ.

ގެދޮރުވެރި ކަމުގެ މަޝްރޫއުގައި ފްލެޓް ލިބުނު ގާތްގަނޑަކަށް 700 މީހުންގެ ނަމާއި އެޑްރެސް އާއްމުކޮށްފައި ވިޔަސް ޕޮއިންޓްގެ އަދަދު އެނގެން ނެތުމުން ޝަކުވާ ހުށަހެޅުން އުނދަގޫވާނެ އެވެ. އެއީ، 100 ޕޮއިންޓް ލިބުނު މީހުން ތިއްބައި އެއަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ދިން ކަމަށް ބުނެ އެންމެ ބޮޑަށް ޝަކުވާ ހުށަހެޅި މަޝްރޫއު އެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ކޮމިޓީން ހުޅުވާލާފައި އޮތީ މި މަހުގެ 25 ގެ ނިޔަަލަށެވެ. ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދެ ކެޓަގަރީ އާއްމުކުރި އިރު، ލިބުނު ޕޮއިންޓްގެ އަދަދު ނެތް ސަބަބާ ގުޅޭ ގޮތުން ކޮމިޓީން އަދި އެއްޗެއް ނުބުނެ އެވެ.

Downloads - The President's Office

Downloads - The President's Office

ފްލެޓް ކޮމިޓީން އާއްމުކޮށްފައިވާ މައުލޫމާތު: މި ލިސްޓުގައި، ގެދޮރުވެރިކަމުގެ މަޝްރޫއުން ފްލެޓް ދޫކުރީ ކިތައް ޕޮއިންޓުން ކަމެއް އެނގޭކަށެއް ނެތް.

ކުރީގެ ސަރުކާރުން އެ މަޝްރޫއުގެ ލިސްޓު އާއްމުކުރި އިރު އެންމެ ބޮޑު މައްސަލައަކަށް ވީ، ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަން ހާމަކޮށްފައި ނެތުމުންނެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން 2014 ގައި ފްލެޓަށް ހުޅުވާލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ލިސްޓު ހަތަރު އަހަރު ފަހުން މިދިޔަ ސަރުކާރުން އާއްމުކުރީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ.

ފްލެޓް ދޫކޮށްފައި ވަނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީ: ޔާމީންގެ ސަރުކާރުން ހުޅުވާލި މަޝްރޫއުތަކުން ފްލެޓް ލިބުނު މީހުންގެ ލިސްޓު ވަނީ އާއްމުކޮށްފައި.

ފްލެޓް ދޫކޮށްފައި ވަނީ އިންސާފުންތޯ ބަލަން އެކުލަވާލި ކޮމިޓީ: ޔާމީންގެ ސަރުކާރުން ހުޅުވާލި މަޝްރޫއުތަކުން ފްލެޓް ލިބުނު މީހުންގެ ލިސްޓު ވަނީ އާއްމުކޮށްފައި.

އެ މަޝްރޫއުން ފްލެޓް ބެހީ ނާއިންސާފުން ކަމަށް ކުރާ ތުހުމަތު ހައުސިން މިނިސްޓްރީން ކުރިން ވަނީ ދޮގުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލެޓް ދިނުމުގެ ހުރިހާ ކަމެއް ވެސް ދިޔައީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

ފްލެޓް ދީފައިވާ ގޮތް މި ސަރުކާރުން އެކުލަވާލި ކޮމިޓީން ބަލަން ފަށައި ފްލެޓް ދީފައިވާ ގޮތުގެ ލިސްޓު އާއްމުކުރުމުން ވަނީ ޝަކުވާ ބޮޑުވެފަ އެވެ.