25 ޑިސެމްބަރ 2016
މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ދައްކަން ޖެހޭ ބޮޑު ޑައުން ޕޭމަންޓާއި ފެންވަރު ދަށްކޮށް ފްލެޓްތައް އިމާރާތްކޮށްފައިވާ މައްސަލާގައި ޖަވާބުދާރީވާނެ ފަރާތެއް ހައުސިން މިނިސްޓްރީއަކަށް ވެސް ނޭނގުނު ކަމަށް ފްލެޓް ލިބުނު މީހުން މިއަދު ބުނެފި އެވެ.
މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ދައްކަން ޖެހޭ ބޮޑު ޑައުން ޕޭމަންޓާއި ފެންވަރު ދަށްކޮށް ފްލެޓްތައް އިމާރާތްކޮށްފައިވާ މައްސަލާގައި ޖަވާބުދާރީވާނެ ފަރާތެއް ހައުސިން މިނިސްޓްރީއަކަށް ވެސް ނޭނގުނު ކަމަށް ފްލެޓް ލިބުނު މީހުން މިއަދު ބުނެފި އެވެ.
ފްލެޓް ލިބޭ 100 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ހުށަހެޅި ޕެޓިޝަނާއި ކޮންމެ މީހަކު ވެސް އަމިއްލަ އަށް ހުށަހެޅި ސިޓީގެ ޖަވާބާއި އެ މީހުންގެ ބެލެނިވެރި ފަރާތަކީ ކޮބައިތޯ އޮޅުންފިލުވަން މިއަދު ހައުސިން މިނިސްޓްރީ އަށް ދިޔަ އެވެ. އެކަމަކު، މިނިސްޓްރީގެ އިސް ބޭފުޅަކާ އެކު ބޭއްވި ބައްދަލުވުމުން ވެސް، މައްސަލަތަކުގައި ޖަވާބުދާރީ ވާނެ ފަރާތެއް ނޭނގުނު ކަމަށް އެ މީހުން ބުންޏެވެ.
ފްލެޓު މައްސަލާގައި ހައްލު ހޯދަން އިސްކޮށް އުޅޭ މީހަކު ބުނީ ހައުސިން މިނިސްޓްރީ އަށް ދިޔައީ، ފްލެޓާ ގުޅޭ ކަންކަމުގައި އެ މިނިސްޓްރީއާ ވާހަކަ ދައްކަން ރައީސް އޮފީހުގެ ސިޓީއަކުން ޖަވާބު ދިނުމުން ކަމަށެވެ.
"އަޅުގަނޑުމެން ހުށަހެޅި ޕެޓިޝަންގެ ޖަވާބުގައި ރައީސް އޮފީހުން ހައުސިން މިނިސްޓްރީގެ ނަން ލިއެފައި އޮތީމަ ދިޔައީ. ހައުސިން މިނިސްޓްރީން ބުނަނީ ރައީސް އޮފީހުން އެކަން ސާފުކޮށްފައި މާދަމާ ޖަވާބެއް ދޭނެ ކަމަށް،" އޭނާ ބުންޏެވެ.
"މިކަމުގައި އެއްވެސް ބަޔަކަށް އެ ބައެއްގެ ރޯލަކީ ކޮބައިކަމެއް ނޭނގެ. ބެލެނިވެރި ފަރާތަކީ ކޮބައި ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. ހުރިހާ ކަންބޮޑުވުމެއް އަޅުގަނޑުމެންނަށް. ވާނުވާއެއް ނޭނގެ."
ގާކޮށި ހުރި ތަނުގައި ހަދާފައިވާ ފްލެޓް ކައިރީގައި މީގެ ދުވަސްކޮޅެއް ކުރިން ކުރި ހިމޭން މުޒާހަރާ: ފްލެޓްތަކުގެ މައްސަލާގައި އުފެދިފައިވާ ކަންބޮޑުވުންތައް ގިނަ
އޭނާ ބުނި ގޮތުގައި މިހާރު އިންތިޒާރުކުރަނީ ހައުސިން މިނިސްޓްރީން މާދަމާ ދޭނެ ޖަވާބަކަށެވެ.
ރައީސް އޮފީހުގެ ޖަވާބުގެ ކުރިން، ފްލެޓް ލިބުނު މީހުންގެ ހުރިހާ ކަމެއް އެޗްޑީސީއާ ސަރުކާރުން ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެކަމަކު އެޗްޑީސީން ބުނަނީ ޖަވާބުދާރީ ވާނީ ހައުސިން މިނިސްޓްރީން ކަމަށެވެ.
ފްލެޓެއްގެ އަގު ކަމަށް ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ ދެ މިލިއަން ރުފިޔާ އެވެ. މިއީ ފްލެޓް ލިބުނު މީހުންނަށް ކުރިން ކަނޑައެޅި ޝަރުތުތަކަށް ވުރެ މާ ބޮޑު، އިޖުތިމާއީ ބޯހިޔާވަހިކަމުގެ އުސޫލުތަކާ ވެސް ޚިލާފު ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.
ގެދޮރު ގަންނަން ބޭންކުތަކުން ލޯނު ދޭ އާންމު އުސޫލުން ލޯނު ލިބެން އެބަ އޮތެވެ. އެކަމަކު 20 ޕަސެންޓްގެ ޑައުން ޕޭމަންޓް ކަމަށްވާ 400،000ރ ދެއްކޭނެ ގޮތެއް އަދި 2 މިލިއަން ރުފިޔާގެ ލޯނަކަށް ޝަރުތު ހަމަވާ އާމްދަނީއެއް، ފްލެޓް ލިބުނު ގިނަ މީހުންގެ ނެތެވެ.
ފްލެޓަށް ލިބޭ 2 މިލިއަން ރުފިޔާގެ ލޯނު އަނބުރާ ދައްކާ އިރު ގާތްގަނޑަކަށް 3.4 މިލިއަން ރުފިޔާ ޖެހެ އެވެ.
މި ކަންބޮޑުވުމާ އެކު ފްލެޓްތަކުގެ ފެންވަރު ދަށްވުމަކީ ވެސް ފްލެޓް ލިބުނު މީހުންނަށް ކުރިމަތިވެފައިވާ އިތުރު ހާސްކަމެކެވެ. ބާޒާރުން ލިބޭ އެންމެ އާދައިގެ ތަކެތި ބޭނުންކޮށްފައި ވާއިރު، މިހާރު ކަނޑައަޅާފައިވާ އަގާއި ފްލެޓުގެ ފެންވަރު ނުބައްދަލު ކަމުގެ ޝަކުވާ ބޮޑެވެ.
މި މައްސަލާގައި ވެސް ޖަވާބުދާރީވެ ޒިންމާ ނަގާނެ ފަރާތެއް އަދި ނޭނގެ އެވެ. ކަމާ ގުޅޭ އިދާރާތަކުން، މި މައްސަ ވެސް ޖަހަނީ އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށެވެ.
މި ފަހަރު ފްލެޓް ދޭން މި އުޅެނީ ކޮން ބަޔަކަށް؟
ފްލެޓްތަކަށް ފައިސާ ދައްކައިފި، އެއްބަސްވުން ހަދަނީ
ވައުދަށް ބަދަލެއް ނާދޭ، ފްލެޓް ލިބޭނެ: ރައީސް
ގޯތި ލިބޭ މީހުންގެ ލިސްޓު މިއަދު ނެރެނީ
ފްލެޓްތަކުގެ ފިނިޝިންއަށް 9 މަސް ނުދޭތީ ކަންބޮޑުވެއްޖެ
ހާލަތު ބެލި މިންގަނޑަށް ޝަކުވާ ހުށަހަޅަން ފުރުސަތެއް
ހައްގުވެރިން ކަނޑައެޅުމުން ޕޮއިންޓުގައި ބޮޑު ފަރަގެއް!
މުއިއްޒު؛ ސިފައިން/ފުލުހުންގެ ފްލެޓާ ގުޅުމެއް ނެތް
ހަރަދުތަކާ އެކު ފްލެޓު 5،600ރ.އަށް ދެވޭނެ
ހިޔާ މަޝްރޫއުގެ ފްލެޓެއްްގެ އަގު 82،000 ޑޮލަރަށް