18 ޖޫން 2023
މާލޭގައި ގެއެއްގެ ތެރޭގައި ތިން މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ ބަންދުކޮށް، އެ މައްސަލާގައި ހައްޔަރުކުރި ކުޑަކުއްޖާ އޭނާގެ އާއިލާއާ މިއަދު ހަވާލުކޮށްފި އެވެ.
މާލޭގައި ގެއެއްގެ ތެރޭގައި ތިން މީހަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލާގައި ހައްޔަރުކުރި މީހާ ބަންދުކޮށް، އެ މައްސަލާގައި ހައްޔަރުކުރި ކުޑަކުއްޖާ އޭނާގެ އާއިލާއާ މިއަދު ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފައިވާ ކަމަށެވެ. އަދި ކުޑަކުއްޖާ އާއިލާއާ ހަވާލުކުރީ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ރަހީނުކޮށްގެން ގެންގުޅެނިކޮށް އިއްޔެ ސަލާމަތްކުރި މީހުންގެ މައްސަލަ ގުޅެނީ މަސްތުވާތަކެއްޗާ އެވެ. އެކަމަކު، އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އަދިވެސް ނުލިބެ އެވެ.
ފުލުހުން އިއްޔެ ބުނީ މާލޭގައި ގެއެއްގައި ބަޔަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސް އެ ގެއަށް ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.
ރަހީނުކޮށްގެން އެ ގޭގައި ގެންގުޅުނީ ދިވެހި ތިން ފިރިހެނުންނެވެ. އެ މީހުން ސަލާމަތްކޮށް، ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި ރަހީނުކޮށްފައި ތިބި އިރު އެ މީހުންނަށް ވަނީ އަނިޔާ ވެސް ކޮށްފަ އެވެ.
ރާއްޖޭގައި ކުށްކުރުން އަނެއްކާވެސް އިތުރުވެއްޖެ
މީހަކު ރަހީނުކޮށްގެން ގެންގުޅުނު ބަޔަކު ހައްޔަރުކޮށްފި
119 ކިލޯ ޑްރަގް:އެކަކު ދޫވި މައްސަލަ ހައިކޯޓަށް
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ކުށްކުރާ ވަރު މި އަހަރު ދަށް: ފުލުހުން
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ހަށިވިއްކާ ޓެލެގްރާމް ޗެނަލެއް ފުލުހުންގެ ބާރުގެ ދަށަށް
އުނދުނެއްގައި ޑްރަގް ގެންގުޅުމުން 11 އަހަރަށް ޖަލަށް