ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރުމަށްފަހު އެ މީހާގެ އިނގިލި ބުރިކޮށްލަން އުޅުނު މައްސަލާގައި ހައްޔަރުކުރި 12 މީހުން ބަންދުން ދޫކޮށްލައި، އެ މީހުންނަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
24 ޑިސެމްބަރ 2024
ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރުމަށްފަހު އެ މީހާގެ އިނގިލި ބުރިކޮށްލަން އުޅުނު މައްސަލާގައި ހައްޔަރުކުރި 12 މީހުން ބަންދުން ދޫކޮށްލައި، އެ މީހުންނަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި އެންމެން ވެސް ތިބީ ކޯޓުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
1. އަލްމަން އަލީ ހާލިދު، 22 (ގދ. ވާދޫ، ވެހި)
2. މުހައްމަދު އިޒްކާން، 18 (މ. ހަތިކަނޑު)
3. އިޒާން އަހުމަދު، 18 (ޒުނައިޓް ވިލާ، ކ. ގުރައިދޫ)
4. އަހުމަދު ޒާހިދު، 36 (ދަންމަރު، ށ. ފޯކައިދޫ)
5. އާދަމް ހުސެއިން، 48 (ޖަމީލާ މަންޒިލް، ލ. މާވަށް)
6. އިބްރާހިމް ނަޝީދު، 34 (ހިޔާލީގުލްޝަން، ލ. އިސްދޫ)
7. އަހުމަދު ސަމީހު، 22 (ނައިޓްސްޓާ، ބ. ގޮއިދޫ)
8. އިސްމާއިލް ވިޝާމް މުހައްމަދު، 22 (ވ. ގާމާ)
9. ވިޝާމް މުހައްމަދު، 23 (ޗިޗަންޑާގެ، ގދ. ވާދޫ)
10. ވިސާން މުހައްމަދު، 30 (ހުޅުމާލެ، ހިޔާ 14-17-03)
11. މުސްތާގް ޝާކިރު، 37 (ޖަނަވަރީގޭ، ގދ. ވާދޫ)
12. ހަސަން ގާލިބް، 38 (އާރެސް، މ. ކޮޅުފުށި)
ހިޔާ ފްލެޓުގެ H9-20-11 އެޕާޓްމަންޓުގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި އެ މީހުން ހައްޔަރުކުރީ މިދިޔަ މަހު އެވެ. ފުލުހުން އެ މީހާ ސަލާމަތްކުރީ އޭނާގެ ބޯ ބޭލުމަށްފަހު، އިނގިލި ބުރިކުރަން އުޅެނިކޮށެވެ. އެ މީހާ ސަލާމަތްކުރީ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގަ އެވެ.
އޭގެފަހުން އެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ މައްސަލާގައި އިއްޔެ ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް އިއްޔެ ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އިއްޔެ ހައްޔަރު ކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފާއި ގއ. ކޮލަމާފުށި، އޯޝަންބްލޫ، އަބްދުﷲ ހަސަނާއި ހދ. ނޭކުރެންދޫ، އިރުދޭމާގެ، ހުސައިން ރިޔާޒުގެ އަދި ގއ. ދާންދޫ، ވަލުތެރޭގެ، އަބްދުﷲ ޖަމީލެވެ.
ރަހީނުކުރުމުގައި ފްލެޓުގެ ވެރިމީހާ ބައިވެރިވި: ޕޮލިސް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ރަހީނުކުރި މައްސަލަ: ފޮޓޯ އާއި ވަނަވަރު އާންމުކޮށްފި
ރަހީނުކުރި މައްސަލަ: 12 މީހުންގެ މުއްދަތު ޖަހައިފި
މީހާ ސަލާމަތްކުރީ އިނގިލި ބުރިކުރަން އުޅެނިކޮށް!
މީހެއްގެ އިނގިލި ބުރިކުރި މައްސަލާގައި ދެ ސިފައިން
ހައްޔަރުކުރި މީހާ ބަންދަށް، ކުޑަކުއްޖާ އާއިލާއަށް
ރާއްޖޭގައި ކުށްކުރުން އަނެއްކާވެސް އިތުރުވެއްޖެ
ޑްރަގް މައްސަލައެއްގައި ހަނިމާދޫން ދެމައިން ހައްޔަރަށް
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި