ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާ އެކު، ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުން މަޑުޖައްސާލަން އެމްޑީޕީން އެދުނީ ކޮމިޓީތަކުގައި އޮތް އެ ޕާޓީގެ އަޣުލަބިއްޔަތު ގެއްލޭ ގޮތަށް އެކަން ކުރަން ރިޔާސަތުން މަސައްކަތް ކުރުމުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
11 ޖޫން 2023
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާ އެކު، ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުން މަޑުޖައްސާލަން އެމްޑީޕީން އެދުނީ ކޮމިޓީތަކުގައި އޮތް އެ ޕާޓީގެ އަޣުލަބިއްޔަތު ގެއްލޭ ގޮތަށް އެކަން ކުރަން ރިޔާސަތުން މަސައްކަތް ކުރުމުން ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ ކޮމިޓީތައް އަލުން އެކުލަވާލަން ޖެހޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ފޮނުއްވި ސިޓީއަކަށް ރޭ ދެއްވި ޖަވާބުގަ އެވެ.
ނިއުޝާ ވިދާޅުވި ގޮތުގައި މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ވޯޓު ގަޑީގައި ކޮމިޓީތައް އަލުން އެކުލަވާލައި އެކަމަށް ވޯޓަށް އަހަން އުޅުމުން އެކަން މަޑުޖައްސާލަން އެންގެވީ އަސްލަމެވެ.
އެކަމަށް ރައްދު ދެއްވައި އަސްލަމް މަޖިލިހުގެ އިދާރާ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައި ވާއިރު އެގޮތަށް އަމަލު ނުކުރައްވައި އަދި މެޖޯރިޓީ ލީޑަރު ވަކި އެއްޗެއް ވިދާޅުވާން ފުރުސަތު ނުދެއްވައި ކޮމިޓީޓައް އަލުން އެކުލަވާލަން މަސައްކަތް ކުރަނީ ކަމަށެވެ.
"އެމްޑީޕީގެ 64 ޕަސެންޓް މެޖޯރިޓީ އޮވެމެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލޭ ގޮތަށް ކޮމިޓީތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދިޔުމަށް މަޖިލީހުގެ އިދާރާގައި 23 މެއި 2023 ވަނަ ދުވަހު އަޅުގަނޑު ދަންނަވާފައި ވާނެ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ނިންމުމަށް އަދިވެސް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
ނަމަވެސް އެއީ މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލަން ބޭނުން ކުރައްވާ އުޒުރު ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފައި ވާތީ ހިތާމަ ކުރައްވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
މަޖިލީހުގެ އާންމު ކޮމިޓީގައި މިވަގުތު ތިއްބެވި މެންބަރުންނާއެކީ އެ ކޮމިޓީ އެކުލަވާލައި ކުރިޔަށް ގެންދަން ޖެހޭ -- އަސްލަމް
އެހެންކަމުން މަޖިލީހުގެ އާންމު ކޮމިޓީގައި މިވަގުތު ތިއްބެވި މެންބަރުންނާ އެކީ އެ ކޮމިޓީ އެކުލަވާލައި ކުރިޔަށް ގެންދަން ޖެހޭ ކަމަށާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް މައްސަލާގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅައި ދެއްވުމަށް އެދޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެ ސިޓީގައި އަސްލަމް ވަނީ އީވާގެ މައްސަލައިގެ ގަރާރު މަޖިލީހަށް ހުށަނާޅާހާ ހިނދަކު އެހެން މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ކަމަށް އަމީން އާންމު ވިދާޅުވި ވާހަކަ އަށް ވެސް ރައްދު ދެއްވައިފަ އެވެ.
އިތުބާރު ނެތް މައްސަލާގައި 14 ދުވަހުގެ ނޯޓިސް މުއްދަތު ދިނުމަށް ފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ދުވަސް ނޫން ދުވަހަކު ބާއްވާ ޖަލްސާ އަށް އެ ގަރާރު ހުށަހަޅަން ވާނެ ކަމަށް ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެހެންވެ އީވާ ވަކި ކުރުމުގެ މައްސަލަ މާދަމާ އަށް އެޖެންޑާ ކުރަން ލާޒިމް ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެ މައްސަލަ އެޖެންޑާ ކުރުން އިސްތިސްނާ ކުރެވޭ އެއްވެސް ހާލަތެއް ބަޔާން ކޮށްފައި ނުވާތީ ގަވައިދުގައި ބަޔާން ކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްދެއްވުމަށް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.
އީވާ ވަކި ކުރުމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވާނީ މިއަދަށެވެ. އެހެންވެ މިއަދު އެ ޖަލްސާ ބާއްވަން މަޖިލީހުން ކުރިން އޮތީ އެޖެންޑާ ކޮށްފަ އެވެ. ނަމަވެސް އިތުބާރު ނެތް މައްސަލަ ވެސް ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ އާންމު ކޮމިޓީން އެކަމަށްޓަކައި ވަގުތު ކަނޑައެޅުމުންނެވެ. ކޮމިޓީތައް އެކުލަވައި ނުލެވޭތީ ވަގުތު ކަނޑައެޅުމުގެ މަސައްކަތް ވެސް ކުރިޔަށް ނުގޮސް އޮތުމުން އަމީން އާންމު ވަނީ އެ ޖަލްސާ ވެސް ފަސް ކުރައްވާފައިވާ ކަން އެމްޑީޕީ އަށް އަންގައިފަ އެވެ.
ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންނަން ނިންމައިފި
އެމްޑީޕީގެ ވިސްނުމާ އަމީންއާންމުގެ ހިޔާލު ތަފާތު!
އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އެމްޑީޕީން ގޮވާލައިފި
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!
ނަޝީދުގެ މައްސަލަ އެޖެންޑާގައި ހިމަނަން އެދިއްޖެ
ސަރުކާރު ބަންދަސް މަޖިލިސް ބާއްވަން ނިންމައިފި
ޑިމޮކްރެޓުން ލާން ކޮމިޓީތައް އަލުން އެކުލަވާލަނީ؟
"ނަޝީދު ވިދާޅުވިޔަސް ޖަލްސާ ބާއްވަން ހުރަހެއް ނެތް"
ނަޝީދު ކުޅުއްވި "ޑްރާމާ" އަމީންއާންމުގެ ސިޓީން ސާފު!
ޑެޑްލޮކް ފިލުވާލަން ބޮޑެތި އިސްލާހުތަކެއް ލައިފި!