02 ޖޫން 2023
ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލްކުރުމަށް ގުޅާ ޑެސްފަރޯލް ރާއްޖެއިން ހުސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ތެލެސީމިއާ ކުދިންގެ ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ކޮންޓްރޯލްކުރުމަށް ގުޅާ ޑެސްފަރޯލް ރާއްޖެއިން ހުސްވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ފޭސްބުކްގައި ލަވަކިޔުންތެރިޔާ މާއިން ރަޝީދު، ކުރި ޕޯސްޓެއްގައި ބުނީ، މާލޭގައި މިވަގުތު ހުރި ޑެސްފަރޯލްގެ މުއްދަތު މިދިޔަ މަހު ހަމަވެފައި ކަމަށާއި ދެން އެންމެ އަވަހަށް ވެސް ޑެސްފަރޯލްގެ ސްޓޮކެއް ރާއްޖެއަށް ލިބޭނީ އަންނަ މަހުގެ 15 ގައި ކަމަށެވެ.
އެކަމާ ނުރުހުންވެ، މާއިން ވަނީ ޑެސްފަރޯލަކީ ލިބެންޖެހޭ ބޭހަކަށް ވިޔަސް އެ ބޭސް ނުލިބުމުން ދެން އެ ނުގުޅާ ހުންނަންވީތޯ ސުވާލު އުފައްދައިފަ އެވެ.
މާއިން ބުނި ގޮތުގައި އިއްޔެ ރޭ އޭނާ ވަނީ ލޭ އަޅައިފަ އެވެ. އެކަމަކު ވީ އެންމެ އަވަހަށް ޑެސްފަރޯލް ބޭނުންވާ ކަމަށާއި އެ ބޭސް ލިބޭނެ ގޮތެއް އޮތްކަން އެނގޭތޯ ޕޯސްޓުގައި ސުވާލުކުރި އެވެ.
މި މައްސަލަ ދިމާވީ މި ފަހަރު ތޯ ސުވާލުކޮށް، މާއިން ވަނީ ބޭސް ހުސްވެފައި ވަނީ ރަނގަޅަށް ބަލަންޖެހޭ ވަރަށް ނުބެލިގެންތޯ ވެސް ސުވާލު އުފައްދައިފަ އެވެ.
އެކަމުގެ ނުރުހުން ފާޅުކުރަމުން މާއިން ވަނީ ދަގަނޑުގެ މާއްދާއާ ގުޅޭ ފަރުވާދިނުމުގެ އެހީގެ 13 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ވެސް އާންމުކޮށްފަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ތެލެސީމިއާ ކުދިންގެ ލޭގައި ޖަމާވަމުންދާ ދަގަނޑުގެ މާއްދާތައް އެ ކުދިންގެ ހަށިގަނޑުގައި ދަގަނޑު ހުންނަން ޖެހޭ ވަރަށް ވުރެ އިތުރަށް ޖަމާވިޔަ ނުދިނުމަށްޓަކައި، އެ ކުދިންނަށް ގަވާއިދުން ދޭންޖެހޭ ފަރުވާ ދައުލަތުގެ ހަރަދުގައި ސެންޓަރުތަކުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
މާއިން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓް.
ޑެސްފަރޯލް ނުލިބި ޝަކުވާ ބޮޑުވެފައިވާއިރު މިކަމާ ގުޅިގެން "މިހާރު" އިން ސުވާލުކުރުމުން ވެސް ހެލްތު މިނިސްޓްރީ އާއި ތެލެސީމިއާ ސެންޓަރުން ޖަވާބެއް ނުލިބުނެވެ.
އެމްއެންޕީގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވެސް މި މައްސަލާގައި މިއަދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑެސްފަރޯލް ރާއްޖެއިން ހުސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
It is unacceptable to see Desferal run out of the country. I call on the government to sort this out and make available life-saving medicine for our thalassaemia patients.
— Mohamed Nazim MP (@nazim7878) June 2, 2023
With so many Maldivian Embassies/High Commissions around the globe, much-needed medication should be…
ނާޒިމް ވަނީ ޑެސްފަރޯލް ލިބޭނެ އިންތިޒާމު ވީ އެންމެ އަވަހަށް ހަމަޖައްސައި، ތެލެސީމިއާ ކުދިންގެ ބޭސްތައް ލިބޭނެ ގޮތް ހެދުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ އެމްބަސީތަކާއި ހައި ކޮމިޝަންތައް އެކި ގައުމުތަކުގައި ހުރިއިރު މިފަދަ އިމަޖެންސީ ދަނޑިވަޅުތަކުގައި ރާއްޖެ އަށް ބޭނުންވާ ބޭސްތައް ވައިގެ މަގުން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖޭގައި ކްރޮސްމެޗު ޓެސްޓު ސާމްޕަލް ނެގޭގޮތް ހަދައިފި
ތެލެސީމިއާ އަށް ހުރިހާ ދިވެހިން ޓެސްޓުކުރަނީ
ބޯންމެރޯ ހަދަން 5 ކުއްޖަކަށް ފުރުސަތު ދީފި
ތެލެސީމިއާއިން ސަަލާމަތްވެފައި އޮތީ އެންމެ އަތޮޅެއް
ތެލެސީމިއާ ސެންޓަރުގެ ހިދުމަތް އިސްލާހުކުރާނަން: ނަސީމް
އުމުރަށްބަލައި ފަރުވާ ބަދަލުނުކުރާތީ ފުރާނައަށް ނުރައްކާ
ހުއްދަނެތް ފަރުވާއަކުން ތެލަސީމިއާ ކުއްޖަކު މަރުވެއްޖެ
ތެލެސީމިއާ ކުދިންނާ ގުޅޭ ވައުދު ފުއްދައިފި