31 މެއި 2023
އީފާސް އެޕް މެދުވެރިކޮށް ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.
އީފާސް އެޕް މެދުވެރިކޮށް ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.
ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުގެ ކުރިން އެ ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހު، އެންޑްރޮއިޑް ޑިވައިސްތައް ގެންގުޅޭ 500 މީހަކަށެވެ. އޭރު އެ ހިދުމަތް އަދި އާންމުކޮށް ދުލެއް ނުކުރެ އެވެ.
ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންކުރާ އީފާސްގެ ޓުވީޓެއްގައި ބުނީ މިއަދު އައިއޯއެސް ވެސް ހިމެނޭ ގޮތަށް މި ހިދުމަތް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ހިދުމަތް ތައާރަފުކުރުމުން ކޮންމެހެން އަތުގައި ފިޒިކަލް އައިޑީކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށިޔަސް، ބޭނުން ނަމަ ކާޑު ޕްރިންޓް ވެސް ކުރެވޭ ގޮތަށް ހަދަން ސަރުކާރުން އޮތީ ޕްލޭންކޮށްފަ އެވެ.
? Exciting News! ? We're thrilled to announce the public preview launch of the National Digital Identity, our eFaas mobile app! Join us and be one of the first to try it out!
— eFaas (@eFaasmv) May 31, 2023
?: https://t.co/Lb28wRdjFH
?: https://t.co/65jeYVsDle #efaas #digitalidentity #DigitalMaldives pic.twitter.com/8t8b9ISwsA
ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން އެ މީހެއްގެ މުހިންމު އެހެން މައުލޫމާތުތައް ވެސް އީފާސްގެ ތެރެއިން ފެންނަ ގޮތަށް ހެދުމަށް ޓެކްނޮލޮޖީ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މުހިންމު ބައެއް ސެޓްފިކެޓްތައް ވެސް ހިމެނެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވޭ ގޮތް ހަދައިފަ އެވެ.
އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ބޭނުންކުރެވޭނެ
ޑިޖިޓަލް އައިޑީ ބޭނުންކުރާނީ ރައްކާތެރިކަން ލިބުމުން
ޑިޖިޓަލް އައިޑީ ޓެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް
ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށައިފި
އުފަންދުވަހުގެ ސެޓްފިކެޓަށް ހުށަހަޅަން ޖެހުން ނިމުމަކަށް
ބަޔޯމެޓްރިކްސް އައިޑީކާޑު ހަދަން ތައްޔާރުވަނީ
ފޭސް ރެކޮގްނިޝަންގެ ވެންޑާއަކަށް ލެޓްވިއާގެ ކުންފުންޏެއް
ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި
އީފާސްގެ ފޭސް ރެކޮގްނިޝަން ވެންޑާކަން އެހެން ބަޔަކަށް
65 އަހަރުން މަތީ މީހުންނަށް ދާއިމީ އައިޑީ ކާޑެއް