22 ފެބުރުއަރީ 2023
އީފާސް އެޕް މެދުވެރިކޮށް ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.
އީފާސް އެޕް މެދުވެރިކޮށް ޑިޖިޓަލް އައިޑީކާޑު ޓެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.
ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ބޭނުންކުރާ އީފާސްގެ ޓުވީޓެއްގައި ބުނީ އެންޑްރޮއިޑް ޑިވައިސްތައް ގެންގުޅޭ 500 މީހަކަށް އެ ފުރުސަތު ދޭން އެންސީއައިޓީން ނިންމާފައިވާ ކަމަށެވެ. އެ ފުރުސަތު ދޭނީ އެންމެ ފުރަތަމަ އެކަމަށް އެދޭ މީހުންގެ ތަރުތީބުން ކަމަށް ޓުވީޓްގައި ބުންޏެވެ.
އެންސީއައިޓީން އެ ފުރުސަތު ހުޅުވާލީ އެއްފަހަރާ ގިނަ ބަޔަކު މި ހިދުމަތް ބޭނުންކުރަން ފެށުމުން އަންނާނެ ބަދަލުތައް ދެނެގަނެ، ރަނގަޅުކުރަން ޖެހޭ ކަންތައްތައް ބެލުމަށެވެ. މިހާރު ވެސް 180 މީހަކަށް ޑިޖިޓަލް އައިޑީ ތަޖުރިބާކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
މިދިޔަ އަހަރު ޑިސެމްބަރުގައި ހުޅުމާލޭގައި ބޭއްވި ފެއާއެއްގައި ވެސް ޑިޖިޓަލް އައިޑީކާޑު ތަޖުރިބާކޮށްމުގެ ފުރުސަތު އާންމުންނަށް ދިނެވެ.
ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށައިފި https://t.co/Uzekp1q7D5
— Mihaaru (@Mihaarunews) December 1, 2022
އެ ހިދުމަތް ތައާރަފުކުރުމުން ކޮންމެހެން އަތުގައި ފިޒިކަލް އައިޑީކާޑެއް އޮތުން މަޖުބޫރެއް ނުވާނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ހޯދޭނެ އެވެ. ޑިޖިޓަލް އައިޑީކާޑު ބޭނުންކުރަން ފެށިޔަސް، ބޭނުންނަމަ ކާޑު ޕްރިންޓް ވެސް ކުރެވޭ ގޮތަށް ހަދަން ސަރުކާރުން އޮތީ ޕްލޭންކޮށްފަ އެވެ.
ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން އެ މީހެއްގެ މުހިންމު އެހެން މައުލޫމާތުތައް ވެސް އީފާސްގެ ތެރެއިން ފެންނަ ގޮތަށް ހެދުމަށް ޓެކްނޮލޮޖީ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މުހިންމު ބައެއް ސެޓްފިކެޓްތައް ވެސް ހިމެނެ އެވެ.
މި މަހު ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ ފިޒިކަލް ލައިސަންސް ކާޑު ހެދުން ހުއްޓާލައި، ޑިޖިޓަލް ކާޑު ތައާރަފުކޮށްފަ އެވެ. އީފާސް އަދި ޕޮލިސް އެޕް މެދުވެރިކޮށް ޑިޖިޓަލް ލައިސަންސް ކާޑު ބަލައިލެވެ އެވެ.
ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށައިފި
އީފާސްގެ އޯޓީޕީ ނުލިބޭ މައްސަލަ ބޮޑުވެއްޖެ
އައިޖީއެމްއެޗުގެ ޓެސްޓު ރިޕޯޓުތައް އީފާސްއިން ބެލޭނެ
ޑިޖިޓަލް އައިޑީ ތަޖުރިބާކުރުމުގެ ފުރުސަތު އެންމެންނަށް
އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ބޭނުންކުރެވޭނެ
ޑިޖިޓަލް އައިޑީ ބޭނުންކުރާނީ ރައްކާތެރިކަން ލިބުމުން
އުފަންދުވަހުގެ ސެޓްފިކެޓަށް ހުށަހަޅަން ޖެހުން ނިމުމަކަށް
ބަޔޯމެޓްރިކްސް އައިޑީކާޑު ހަދަން ތައްޔާރުވަނީ
ފޭސް ރެކޮގްނިޝަންގެ ވެންޑާއަކަށް ލެޓްވިއާގެ ކުންފުންޏެއް
ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި