17 ޖުލައި 2016
ދިވެހިންނަށް ބަޔޯމެޓްރިކް އައިޑެންޓިޓީ ކާޑު ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން މިއަދު ބުނެފި އެވެ.
ދިވެހިންނަށް ބަޔޯމެޓްރިކް އައިޑެންޓިޓީ ކާޑު ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން މިއަދު ބުނެފި އެވެ.
އެންސީއައިޓީ ހިންގުމާ ހަވާލުވެ ހުންނެވި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީ ވިދާޅުވީ އިންޓަގްރޭޓަޑް އީގަވަމަންޓް ސިސްޓަމެއް ގާއިމުކުރަން ބޭނުންވާ ބަޔޯމެޓްރިކް އައިޑެންޓިޓީ ކާޑު ޕްރޮޖެކްޓަށް 15 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
އަޝްމަލީ ވިދާޅުވި ގޮތުގައި ބަޔޯމެޓްރިކް އައިޑީ ކާޑުގެ ބޭނުމަކީ ސަރުކާރުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭ ގޮތް ހެދުމެވެ. ސަރުކާރުގެ އެކި މައުލޫމާތުތައް އޮފީސްތަކުގައި އެއްކޮށްފައި ހުންނައިރު، އެ މައުލޫމާތު ހޯދަން ވަރަށް ގިނަ ވަގުތު ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ. އަޝްމަލީ ވިދާޅުވީ ސަރުކާރުގެ ހިދުމަތްތައް ހޯދަން އައިޑީ ކާޑުގެ ކޮޕީ ފަދަ މުހިންމު ލިޔެކިޔުންތައް ބޭނުންވާއިރު، ބަޔޯމެޓްރިކް ވެރިފިކޭޝަން ސިސްޓަމެއް އައުމުން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.
"އޭރުން މައުލޫމާތު ރައްކާތެރި ކުރެވޭނެ އަދި މިހާރަށް ވުރެ ބޮޑަށް އިތުބާރު ހިފޭ އެއްޗަކަށް ވާނެ،" އަޝްމަލީ ވިދާޅުވި އެވެ.
އަޝްމަލީ ވިދާޅުވީ ބަޔޯމެޓްރިކް ކާޑުގެ ސަބަބުން ތައުލީމީ، ސިއްހީ، ލޯ އެންފޯސްމަންޓް އަދި އެހެން ދާއިރާތަކުން ވެސް ފައިދާތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ގޯތީގެ ރަޖިސްޓްރީ، ވަރި ކައިވެނީގެ ސެޓްފިކެޓް، ލައިސެންސް ކާޑު އަދި އައިޑީ ކާޑު، އެއް ކާޑަކަށް ބަދަލުކޮށްލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަހަރު ތެރޭގައި ވަނީ ސަލާމަތީ 34 ސިފައެއް ހިމެނޭ ގޮތަށް ބަޔޯމެޓްރިކް ޕާސްޕާޓް ތައާރަފްކޮށްފަ އެވެ.
އަޝްމަލީ ވިދާޅުވީ ބަޔޯމެޓްރިކް ކާޑު ތައާރަފް ކުރުމަށް ދިރާސާތައް ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ ކަމަށާއި އެކަމަށް ބޭނުންވާ ފަންޑު ހޯދުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.
"ހަމައެކަނި ފަންޑިން ޕްރޮސެސް ސަރުކާރުން ހަމަޖައްސާތާ ހަތަރު މަސްތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް ބަޔޯމެޓްރިކް އައިޑީ ކާޑެއް ތައާރަފްކޮށްދޭނަން،" އަޝްމަލީ ވިދާޅުވި އެވެ.
އެންސީއައިޓީން ނިންމާފައި ވަނީ މިކަމަށް ފަންޑު ހަމަޖެހުމުން ރާއްޖޭން ބޭރުން ހަތަރު ލައްކަ ކާޑު ހެއްދުމަށެވެ.
އަޝްމަލީ ވިދާޅުވި ގޮތުގައި ޕްލާސްޓިކް ކާޑެއް ހަދަން މާލެ އައިސް، ކާޑު ލިބެންދެން މީހަކަށް ހިދުމަތް ނުލިބި ހުރުމަކީ ގަބޫލު ކުރެވޭނެ އުސޫލެއް ނޫނެވެ. އެކަމަކު ބަޔޯމެޓްރިކް ކާޑުގެ މުއްދަތު ހަމަވެގެން ކަމާބެހޭ އިދާރާއަކަށް ފޯމު ހުށަހަޅާ ހިސާބުން އިލެކްޓްރޯނިކް ކާޑެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.
"ފޯމު ހުށަހެޅުމާއެކު އެމީހަކަށް ސަރުކާރުގެ ހިދުމަތް ހޯދަން އުޅެވޭނެ،" އަޝްމަލީ ވިދާޅުވި އެވެ.
އަޝްމަލީ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގެ ޓެކްނޮލަޖީއަށް ބަލާއިރު، ރާއްޖޭން ގަނޑުކޮށް ކާޑުތައް ގެންނަ ނަމަ މިހާރަށް ވުރެ 40 ޕަސެންޓް އަގުހެޔޮ ވާނެ ކަމަށެވެ.
ޑިޖިޓަލް އައިޑީ ތަޖުރިބާކުރުމުގެ ފުރުސަތު އެންމެންނަށް
އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީ ބޭނުންކުރެވޭނެ
ޑިޖިޓަލް އައިޑީ ބޭނުންކުރާނީ ރައްކާތެރިކަން ލިބުމުން
ޑިޖިޓަލް އައިޑީ ޓެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް
ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށައިފި
އުފަންދުވަހުގެ ސެޓްފިކެޓަށް ހުށަހަޅަން ޖެހުން ނިމުމަކަށް
އެންސީއައިޓީގެ ކޮރަޕްޝަން އޭސީސީން ދިރާސާކުރަނީ
އެންމެ ލައިނެއް ބަހައްޓަނީ ބޭކާރު ލައިންތައް ކަނޑާލަން
ކޮންމެ އޮފީހަކަށް އެންމެ ފިކްސްޑްް ލައިނެއް ހަމަޖައްސަނީ
މުސާރަ ޝީޓް ހަދައި ކޮންޓެންޓް ޝެއާކުރަން ދެ ސިސްޓަމެއް