ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބެލުމުގެ ދަށުން ހިންގާ ރާއްޖޭގެ ކަލްޗަރަލް ސެންޓަރު، ސޯސަން ވިލާގެ އަހަރީ ފުޓްސަލް ކަޕްގެ މެޗެއްގައި އިއްޔެ މާރާމާރީ ހިންގައިފި އެވެ.
ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބެލުމުގެ ދަށުން ހިންގާ ރާއްޖޭގެ ކަލްޗަރަލް ސެންޓަރު، ސޯސަން ވިލާގެ އަހަރީ ފުޓްސަލް ކަޕްގެ މެޗެއްގައި އިއްޔެ މާރާމާރީ ހިންގައިފި އެވެ.
ގިނަ ދިވެހިންތަކެއް އުޅޭ ސްރީ ލަންކާގައި އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލްގެ މެޗެއްގައި ހިންގި އެ މާރާމާރީގެ މަންޒުތައް ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، އެ މާރާމާރީއާ އެކު މުބާރާތް ވެސް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ. އެކަމަކު، ކަލްޗަލް ސެންޓަރުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ކަން ހިނގި ގޮތް އެނގޭ މީހަކު ބުނީ، ފުރަތަމަ ތަޅައިގަތީ އިދިކޮޅު ޓީމުން ފައުލެއް ކޮށްގެން އެކަމާ ހިތްހަމަ ނުޖެހިގެން، ފައުލް ލިބުނު ޓީމުގެ ކުޅުންތެރިއަކު ކަމަށެވެ. އެއާ އެކު، ބެންޗުންނާއި ދަނޑު ބޭރުން ވެސް ދަނޑަށް އަރައި ބޮޑު މާރާމާރީ އަކަށް ބަދަލުކޮށްލީ އެވެ.
އޭގެ ސަބަބުން ދެ ޒުވާނަކަށް އެކި ވަރުގެ އަނިޔާ ލިބުނު ކަމަށް ވެސް އެނގިފައި ވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސެމީ ފައިނަލްގައި ކުޅުނު ދެ ޓީމުގެ މެދުގައި އަބަދުވެސް އޮންނަ ޒާތީ މައްސަލައަކާ ހެދި، މުބާރާތުގައި ތަޅާފޮޅުމަކީ އާއްމު ކަމެކެވެ. މި އަހަރު ތަޅައިގަތީ އަހަރުތަކެއް ވަންދެން މާރާމާރީ މެދުކެނޑިފައި އޮތުމަށް ފަހު އެވެ.
ސޯސަލް ވިލާގެ އަހަރީ ފުޓުބޯޅަ މުބާރާތަށް ކޮންމެ އަހަރަކު ވެސް ގިނަ ދިވެހިންތަކެއްގެ ތަރުހީބު ލިބެ އެވެ.
ކެންޑީގައި އުޅޭ ދިވެހިންނަށް ވެސް ބިރުވެރިކަން އެބައޮތް
ސައުތު އޭޝިއަން ސުޕަ ކަޕްގެ ތަށި ރާއްޖެއަށް
ލަންކާގެ ފެޑެރޭޝަނުން ދިވެހިންނަށް ޓިކެޓް އަގުބޮޑުކޮށްފި
އިލާން، ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ
"ލަންކާއަކީ މިހާރު މި ސަރަހައްދުގައި ވަރުގަދަ ޓީމެެއް"
ލަންކާގައި އުޅޭ ދިވެހިންނަށް 1 އަހަރުގެ މެޑިކަލް ވިސާ
ލަންކާއަށް ނުރައްކާ އޮތް ލިސްޓުން ރާއްޖެ އުނިކޮށްފި
ސްރީ ލަންކާގެ ރައީސް ރާއްޖެ އިން ފުރާވަޑައިގެންފި
ލަންކާ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި
ލަންކާގައި އިންވެސްޓުކުރަން ދިވެހިންނަށް ދައުވަތު