ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
15 މެއި 2023
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފު އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އަފްޝަން މިއަދު "މިހާރު" އަށް ވިދާޅުވި ގޮތުގައި، އޭނާގެ އިސްތިއުފާގެ ސިޓީ މިހާރު ވަނީ ފޮނުއްވައިފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހަކީ އޭނާ ވަޒީފާއަށް ނުކުންނަވާނެ އެންމެ ފަހު ދުވަސް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިސްތިއުފާ ދިނީ އާއިލާއަށް ވަގުތު ދިނުމަށާއި އަމިއްލަ ކަންކަން ކުރުމަށް،" އޭނާ ވިދާޅުވި އެވެ.
އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ ޖޫން 9، 2020 ގަ އެވެ.
އަފްޝަން އަކީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ސަރުކާރާ ދެކޮޅު ފެކްޝަނާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޕްރައިމަރީތެރޭގައި ކެމްޕެއިން ކުރެއްވުމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ. އަފްޝަން ވެސް ވަނީ އެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
އަފްޝަން އެލްޖީއޭއަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުގަ އެވެ. އަދި ޕާޓީގެ އިދާރީ ގިނަ މަސައްކަތްތަކެއް އޭނާ ކުރެއްވި އެވެ.
އެލްޖީއޭއާ މެދު ދެކޭގޮތް ބަދަލުވާންޖެހޭ: އަފްޝަން
އަންހެނުންގެ ކޮމިޓީ އިންތިހާބު ބޭއްވުން ކައުންސިލްތަކަށް
ގައްދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ބަލަން އަންގައިފި
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް
ކައުންސިލަށް އަވަހަށް މާލީ އެހީ ޖަމާކޮށްދޭން އެދިއްޖެ
ކައުންސިލްތަކަށް ފިޔަވަޅުއަޅަން ތާއީދެއް ނުކުރަން:ރައީސް
ވާދޫ ކައުންސިލްގައި ޒާތީ ކޯޅުން ބޮޑުވެ ހުއްޓުމަކަށް!
"ބޭނުމީ އެލްޖީއޭ ހިންގާނެ ފުލްޓައިމް މިނިސްޓަރެއް"
ކައުންސިލް މުވައްޒަފުންނަށް ހާއްސަ ކޯހެއް ފަށަނީ