24 މެއި 2022
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް ބާރުބޮޑުވާތީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން އިންތިޒާމުކުރާ ގޮތަށް ބަދަލުކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބަޖެޓަށް ބާރުބޮޑުވާތީ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް އަތޮޅު ކައުންސިލްތަކުން އިންތިޒާމުކުރާ ގޮތަށް ބަދަލުކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ލޯކަލް ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ އިންތިހާބުތަކުގައި ދިމާވާ ދަތިތަކާއި އެ ކޮމެޓީގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ކަމާގުޅޭ އިދާރާތަކާ އިއްޔެ ބައްދަލުކޮށްފަ އެވެ. އެލްޖީއޭގެ އިތުރުން އެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީ އަދި އީސީން ބައިވެރިވި އެވެ.
އެ ކޮމިޓީގައި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވަނީ، ބައި އިލެކްޝަންތައް އަހަރަކު ދެ ފަހަރު ބާއްވާ ގޮތަށް ބަދަލުކުރުމަށް އީސީގެ ހުށަހެޅި ހުށަހެޅުމެއް ތާއީދުކުރައްވައި، އިތުރު އިހުތިޔާރެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ އަންހެނުންގެ ކޮމެޓީތަކުގެ މައި އިންތިހާބު އީސީން ބާއްވާފައި، ބައި އިލެކްޝަންތައް ބޭއްވުން އަތޮޅު ކައުންސިލްތަކާ ހަވާލުކުރުމެވެ. އެއީ މިހާރު ވެސް، އެ ބައި އިލެކްޝަންތައް ބާއްވަން އީސީން ބޮޑު ހަރަދެއް ކުރަން ޖެހޭތީ ކަމަށެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ދިމާވާ ދަތިތަކާ ގުޅޭގޮތުންނާއި އެކޮމިޓީގެ މެންޑޭޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ކަމާބެހޭ މުއައްސަސާތަކާ ބައްދަލުކުރުން pic.twitter.com/CWGsFO8tRr
— People's Majlis (@mvpeoplesmajlis) May 23, 2022
"މި ބައި އިލެކްޝަންތަކުގައި ކައުންސިލްތައް ބައިވެރިކޮށްގެން ބާއްވާ ނަމަ، މިހާރަށް ވުރެ ހަރަދު ކުޑަވާނެ ކަމަށް އަޅުގަނޑުމެން ދެކެން. އެންމެ ކުޑަމިނުން އަތޮޅު ކައުންސިލްތައް ބައިވެރިކުރުމަކީ ކުރެވިދާނެ ކަމެއް،" އަފްޝަން ވިދާޅުވި އެވެ.
"އެލްޖީއޭ އިން ހުށަހެޅީ ލާމަރުކަޒީކޮށް ކައުންސިލްތައް ބައިވެރިކޮށްގެން އަތޮޅު ކައުންސިލްތަކުން އިންތިހާބު ބޭއްވުން. އަދި އެކަން ކުރާނީ އަތޮޅު ކައުންސިލްތަކަށް ވަސީލަތް ލިބިގެން،" އެ ބައްދަލުވުމަށް ފަހު އަފްޝަން ކުރެއްވި ޓްވީޓެއްގައި ވެސް ލިޔުއްވި އެވެ.
އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ގިނަވެ، އީސީ އަށް މި އަހަރަށް ކަނޑައެޅި ބަޖެޓު އަހަރު ދެބައިނުވަނީސް ހުސްވާން ކައިރިވެފައިވާ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިއްޔެގެ ބައްދަލުވުމުގައި ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ ޑަބްލިއުޑީސީތަކުގައި މަސައްކަތްކުރާ ތިނެއް ނުވަތަ ހަތަރު މެމްބަރުން ކޮންމެ މަހަކު ވެސް އިސްތިއުފާދޭ ކަމަށެވެ. އަދި މިއިން ކޮންމެ ފަހަރަކު ވެސް ބައި އިލެކްޝަނަށް 150،000ރ. ހަރަދުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައި އިލެކްޝަންތަކުގެ ބަޖެޓް ބޮޑުނުކުރަން ފިނޭންސް މިނިސްޓްރީން އޮތީ އަންގައިފަ އެވެ. އެކަމަކު ދޫކުރާ ބަޖެޓަށް ވުރެ މަސައްކަތް ބޮޑު ކަމަށާއި މިދިޔަ 14 އަހަރުގެ ތެރޭގައި އެ ކޮމިޝަންގެ ޒިންމާތައް ބޮޑުވިޔަސް މުވައްޒަފުންގެ އަދަދަށް ވެސް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"އިދާރީ ކަންކަމަށް ބޭނުންކުރާ ބަޖެޓުން ބައި އިލެކްޝަންތައް ބާއްވަން ފިނޭންސުން އަންގާފައި ވަނީ. އެ ދާގޮތަށް ދަންޏާ ގާތްގަނޑަކަށް ޖުލައި، އޮގަސްޓް ހިސާބުގައި މުޅި ބަޖެޓް ހުސްވާނެ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު އީސީން ވަނީ އަންހެނުންގެ ކޮމެޓީތަކުގެ 11 ބައި އިލެކްޝަން ބާއްވައިފަ އެވެ. މި އަހަރު މިހާތަނަށް އެކަނި ވެސް 10 ބައި އިލެކްޝަން ބޭއްވި އެވެ. އަންނަ މަހު ފަސް ބައި އިލެކްޝަނެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، އިތުރު ތިން ބައި އިލެކްޝަން ބާއްވަން ޖެހެ އެވެ.
އަންހެނުންގެ ކޮމެޓީތަކުގެ ބައި އިލެކްޝަންތައް ބޭއްވުމަށް މި އަހަރުގެ މިހާތަނަށް އެ ކޮމިޝަނުން 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އިންތިހާބުތައް ބާއްވަން މި އަހަރުގެ ބަޖެޓުގައި އެ ކޮމިޝަނަށް ދީފައި ވަނީ 1.5 މިލިއަން ރުފިޔާ އެވެ.
ކައުންސިލްތަކުގެ ބްލޮކްގްރާންޓް 2ބިލިއަނަށް އިތުރުކުރަނީ
މިއީ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ ކަމެއް: ސަލީމް
ކައުންސިލް މެމްބަރުންގެ އަދަދު މަދު ކުރަން ފާސްކޮށްފި
ކައުންސިލްތަކުގެ އުމުރު ބަދަލުކުރަން ފާހެއް ނުވި
ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް ބަދަލުކުރަނީ
އީސީއާއި އޭސީސީގެ މެންބަރުންތަކެއް ވަކިކުރަން ފާސްކޮށްފި
މެންބަރުން ވަކިކުރަނީ ނުފޫޒަށް ލެނބުމުން
ބައެއް ކޮމިޝަންތަކުގެ މެމްބަރުން ވަކިކުރަނީ
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
މަޖިލިސް 77 މެންބަރުންނަށް މަދުކުރުން ރަނގަޅު: އީސީ