Roadha Mihaaru
ޖަލަށް ޑްރަގްސް ވައްދަން އުޅުނު އޮފިސަރަކު ހައްޔަރު

ޖަލަށް ޑްރަގްސް ވައްދަން އުޅުނު އޮފިސަރަކު ހައްޔަރުކޮށްފި

12 މެއި 2023

ކ. ހިންމަފުށީގައި ހިންގާ އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރު މިއަދު ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކ. ހިންމަފުށީގައި ހިންގާ އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު ހައްޔަރު މިއަދު ހައްޔަރުކޮށްފި އެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ އޮފިސަރު ހައްޔަރުކުރީ އިންޓެލިޖަންސަށް ލިބުނު މައުލޫމާތުތަކަށް ބަލައި، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެ އޮފިސަރު ހައްޔަރުކުރީ މަސްތުވާތަކެއްޗާ އެކު އެވެ.

އެހެންވެ، އޮފިސަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ޖަލަށް ފޯނާއި ޑްރަގް އަދި މަނާ ބާވަތުގެ ތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ ބައެއް މުވައްޒަފުން ބައިވެރިވުން އޮންނަ ކަމަށް އަބަދު ވެސް ތުހުމަތުކުރެ އެވެ. އަދި ބައެއް މައްސަލަތަކުގައި މީގެ ކުރިން ވެސް ކަރެކްޝަންސްގެ އޮފިސަރުން ހައްޔަރުކޮށް، ފިޔަވަޅު އަޅާފައި ވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުމުން ހައްޔަރުކުރި ޖަލު އޮފިސަރަކު ސަސްޕެންޑުކުރި އެވެ.

ހެއްކާއި ގަރީނާ ލިބުމުން 2020 ވަނަ އަހަރު އެކަނި ވެސް ކަރެކްޝަންސްގެ 10 މުވައްޒަފަކު ވަޒީފާ އިން ވަކިކުރި އެވެ. އެ މީހުން އަތުލައިގަތީ ޖަލަށް ޑްރަގް ވެއްދުމުގައި އެހީތެރިވަނިކޮށް، ރެޑްހޭންޑް ކޮށެވެ.