26 އެޕްރީލް 2021
މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ މާލޭގައި ރޭޕުގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެންމީހާ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ހިންމަފުށީ ރިހެބަށް އިއްޔެ ގެންގޮސްފި އެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ މާލޭގައި ރޭޕުގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެންމީހާ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަން ހިންމަފުށީ ރިހެބަށް އިއްޔެ ގެންގޮސްފި އެވެ.
އުމުރުން 20 އަހަރުގެ އެ އަންހެންމީހާއަކީ ޑްރަގް އެޑިކްޓެއް ކަމަށް ވާއިރު، ފަރުވާ ހޯދުމަށް ހިންމަފުށީ ރިހެބަށް ގެންގޮސްފައި ވަނީ ޖެންޑާ މިނިސްޓްރީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ގުޅިގެން "ހޭންޑްސް ޓުގެދާ" ގެ ނަމުގައި މަސައްކަތް ކުރާ ޖަމިއްޔާއަކުން އިސްވެ އެވެ.
މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި މީހުން ރަނގަޅުކޮށް، އެ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ރިހެބުގައި ފަރުވާދޭނެ އެވެ.
މި އަންހެންމީހާ ގަދަކަމުން ގޯޅިއަކަށް ވެއްދި ކަމަށް ބުނާ ވީޑިއޯ އިން ފެންނަނީ ފިރިހެނަކު އެއް އަތުން ސިނގިރޭޓެއް ބޮމުން، އަނެއް އަތުން އަންހެންމީހާގެ އަތް ކޮނޑަށް އަރުވާ ލައިގެން ގަދަ ބާރުން ދަމާ ހަދާފައި ގެންދާ މަންޒަރެވެ. އަންހެންމީހާ ސަލާމަތް ވާން އަތް ދަމައިގަންނަން ވަރަށް މަސައްކަތް ކުރެ އެވެ. ނަމަވެސް ފިރިހެން މީހާ އިތުރަށް ދަމަމުން ގަދަ ބާރުން ކުރިޔަށް ހިނގަ އެވެ. އޭނާއާ އެކު އަންހެން މީހާގެ ފަހަތުގައި އިތުރު ފިރިހެނަކު ވެސް ހުއްޓެވެ.
މާފަންނު ލެމަން ގްރާސް ރެސްޓޯރަންޓް ސަރަހައްދުގައި ހުރި ގެއަކަށް އެ އަންހެންމީހާ ވެއްދިއިރު، އެ ރެސްޓޯރަންޓާ ޖެހިގެން ހުންނަ އީދު މިސްކިތުން ބޭރުގައި ގިނަ ބަޔަކު ސަފުތައް ހަދައިގެން ނަމާދަށް ތިއްބެވެ.
ގޯޅިގަނޑާ އަރާ ހަމަވިތަނާ އަންހެންމީހާ ސަލާމަތް ވާން އަތް ފޮޅާލައި، ދަމައިގަތުމާ އެކު އޭނާ ބިންމައްޗަށް ވެއްޓެ އެވެ. އަންހެން މީހާ ވެއްޓުނީ ސައިކަލެއް ކައިރީ ހުއްޓިލައިގެން ވާހަކައިގައި ތިބި އެހެން ދެ ފިރިހެނެއްގެ ފައި ބުޑަށެވެ. ނަމަވެސް އެ ދެ މީހުން އެއްވެސް ކަމެއް ނުކޮށް ބަލަހައްޓައިގެން ތިއްބޭ މަންޒަރު އާންމުވި ވީޑިއޯ އިން ފެނިގެންދެ އެވެ.
ކުށުގެ ވެށިން ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔައިރު އެ މައްސަލަ ފުލުހުންް ބަލަމުންް އަންނަނީ ރޭޕްގެ މައްސަލައެއްގެ ގޮތުގަ އެވެ. އެކަމަކު އަންހެން މީހާ ސޯޝަލް މީޑިއާގައި ބުނާ ގޮތުގައި އޭނާ ގަދަކަމުން ގެންދިޔުން ފިޔަވައި އިތުރު ކަމެއް ނުހިނގަ އެވެ. އޭނާ ރޭޕްކުރަން ނޫޅޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލައިގައި އޭނާ މިހާތަނަށް ފުލުހުންނަށް ބަޔާން ދީފައިވާކަން ނުވަތަ ނޫންކަން ސާފެއް ނުވެ އެވެ.
ރޭޕް ކޭސް: ކުއްޖާ އުފުލާލައިގެން ގެންދަނިކޮށް ފެނުނު
ރޭޕްގެ މައްސަލައެއްގައި ދެ ޒުވާނަކު ހައްޔަރުކޮށްފި
ސަފާރީ ކޭސް: ދައުވާކޮށްދޭން އެދުނީ ތިން މީހަކަށް
ނުކުޅެދޭ މީހާ ރޭޕް ކޮށްގެން ދެ މީހަކު ހައްޔަރުކޮށްފި
ހިނގީ ރޭޕެއް ނޫން ކަމަށް ބުނެ "މެންދުރު"ން މައާފަށް
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
އަނިޔާއާ ދެކޮޅު އަޑުގަދަ، ނުކުތީ ޒިންމާ އަދާނުކުރީމާ
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ޖިންސީ ގޯނާގެ މައްސަލައިގައި އިދިކޮޅުގެ ރުޅި އިމްރާނަށް