Roadha Mihaaru
ނުކުޅެދޭ މީހާ ރޭޕް ކޮށްގެން ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ނުކުޅެދޭ މީހާ ރޭޕް ކުރި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

01 އޯގަސްޓް 2020

އައްޑޫ ހިތަދޫގައި ހާއްސަ އެހީ އަށް ބޭނުންވާ އަންހެނަކު އިއްޔެ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައްޑޫ ހިތަދޫގައި ހާއްސަ އެހީ އަށް ބޭނުންވާ އަންހެނަކު އިއްޔެ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، ހާއްސަ އެހީ އަށް ބޭނުންވާ، އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕްކުރި މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން އައްޑޫން އިއްޔެ ހައްޔަރު ކޮށްފައި ވަނީ އުމުރުން 30 އަހަރާއި 19 އަހަރުގެ ދެ ފިރިހެނަކު ކަމަށެވެ.

އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ މައްސަލަތައް އިތުރުވަނީ އެކަށީގެންވާ ފިޔަވަޅު ނާޅާތީ ކަމަށް ބުނެ މާލޭގައި މި ފަހުން އިހުތިޖާޖުތަކެއް ވެސް ވަނީ ކޮށްފަ އެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެފައި ވަނީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ކުށުގައި އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކޮށް، ހިމާޔަތް ކޮށްދިނުމުގައި ދައުލަތުގެ ނިޒާމު ފެއިލް ވެފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލާ މީހުންގެ އަޑު އިވިވަޑައިގެންފި ކަމަށާއި މައްސަލަ އަށް ހައްލެއް ހޯދަން އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.