Roadha Mihaaru
ރޭޕްގެ ތުހުމަތުކުރާ ދެ މީހުންގެ ބަންދަށް 15 ދުވަސް

ރޭޕުގެ ތުހުމަތަށް އައްޑޫން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

03 އޯގަސްޓް 2020

ނުކުޅެދުންތެރިކަން ހުންނަ މީހަކު މިދިޔަ ހުކުރުދުވަހު ރޭޕްކުރި ކަމުގެ ތުހުމަތަށް ސ. ހިތަދޫން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް މިއަދު އިތުރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ނުކުޅެދުންތެރިކަން ހުންނަ މީހަކު މިދިޔަ ހުކުރުދުވަހު ރޭޕްކުރި ކަމުގެ ތުހުމަތަށް ސ. ހިތަދޫން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް މިއަދު އިތުރުކޮށްފި އެވެ.

އުމުރުން 48 އަހަރުގެ އަންހެންމީހާ ރޭޕްކުރި ކަމުގެ ތުހުމަތުގައި 30 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މި މައްސަލައިގައި އިތުރު ބަޔަކު ބައިވެރިވެފައިވާ ކަމަށް ނުބެލެވޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އަންހެންމީހާ އަށް ފަރުވާދިނުމަށް ފަހު، ސައިކޮލޮޖިކަލް އެސެސްމެންޓެއް ހަދަން ފުވައްމުލަކު ހޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ.

"މިފަދަ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކުރަން ޖެހޭ ކަމަށް ވެސް ދަނީ ފުރިހަމަ ކުރަމުން،" ފުލުހުން ބުންޏެވެ.

ރޭޕާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓްކުރުން މިދޭތެރެއިން ވަނީ އިތުރުވެފަ އެވެ. މިފަދަ ކުށްކުރާ މީހުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ސިލްސިލާކޮށް މުޒާހާރާ ވެސް ކުރި އެވެ.