23 ފެބުރުއަރީ 2023
ގައިދީއަކު ހަށިގަނޑު ތެރޭގައި ފޮރުވައިގެން ކ. މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި އެވެ.
ގައިދީއަކު ހަށިގަނޑު ތެރޭގައި ފޮރުވައިގެން ކ. މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ޑްރަގް އަތުލައިގެންފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފާސްކުރި ގައިދީގެ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައި ހުރީ ފުރަގަސްފަރާތުގައި ކަމަށެވެ.
ފުލުހުންނާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އަތުލަގަތް ގައިދީގެ ހަށިގަނޑު ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ގޮތް ފެންނަ އެކްސްރޭއަކާއި ނެގި މަސްތުވާތަކެތީގެ ފޮޓޯއެއް ކޮމިޝަނާ އޮފް ޕްރިޒަންސް ޓްވީޓްކުރައްވާފައިވެ އެވެ.
މާފުށި ޖަލަށް ގެނައި ޤައިދީއެއް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އެ ޤައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު ފުރަގަސްފަރާތް ބޭނުންކޮށްގެން ވައްދަން މަސައްކަތްކުރި މަސްތުވާތަކެތި ވަނީ ފުލުހުންނާއި ގުޅިގެން އަތުލައިގަނެވިފަ pic.twitter.com/4U27yXUrWZ
— Ahmed Mohamed (@ahumadhumohamed) February 23, 2023
ނަގާފައި ހުރި މަސްތުވާތަކެތި ހުރީ ޖޫސްޕެޓީ ކޮތަޅެއްގަ އެވެ.
މަސްތުވާތަކެއްޗާއި ފޯނު ފަދަ އެއްޗެހި ޖަލަށް އެތެރެކުރުމުގެ މައްސަލަތައް ބޮޑުވެ މި ފަހުން ވަނީ ޖަލުގައި މިފަދަ ކަންކަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް އިތުރު ވެސް ކޮށްފަ އެވެ.
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް
ޖަލަށް ޑްރަގްސް ވައްދަން އުޅުނު އޮފިސަރަކު ހައްޔަރު
59 ހައްޔަރު: ބިރެއް ނެތި ކުށްކުރާ ސަބަބު ރެކޯޑުން!
ޑްރަގްގެ ގިނަ ނެޓްވޯކްތަކެއްގެ ކޮންޓްރޯލް އޮތީ ޖަލުގައި
ޑްރަގްގެ މީހާ ދޫކޮށްލީ ޑޮކްޓަރަށް ދައްކާފައި ވަނިކޮށް
މަސްތުގެ މީހުންތަކުން ފުރިއްޖެ، ޑީީލަރުން ވަނީ ދޫ!
ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މީހަކު މަރުވެއްޖެ
ޖަލަށް މަސްތުވާތަކެތި ވައްދައިދޭ މީހަކު ހައްޔަރުކޮށްފި
މަސައްކަތެއް ނުކުރޭ، އުޅުނީ ވަރަށް މުއްސަނދިކޮށް!