Roadha Mihaaru
ޖަލުން ފިލަން އުޅުނު 2 ގައިދީން އަތުލައިގެންފި

ހިންމަފުށީ ޖަލުން ފިލަން އުޅުނު ދެ ގައިދީން އަތުލައިގެންފި

17 އޮކްޓޯބަރ 2022

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީއަކު މިރޭ އަތުލައިގެންފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީއަކު މިރޭ އަތުލައިގެންފި އެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްސޭރި ޖަލުގެ ފާރުމަތިން ފުންމާލައިގެން ފިލަން އުޅުނު ދެ ގައިދީއަކު މިރޭ ހިފަހައްޓާފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަން ފިޔަވާ އިތުރު ތަފުސީލެއް ސީޕީ ނުދެއްވަ އެވެ.

"މި ހާދިސާ ހިގާ ދިޔަ ގޮތް މި ދަނީ ބަަލަމުން،" އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި އެކަން ހިނގި ގޮތް ބެލުމަށް ފަހު، އެ ކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ޖަލުން ގައިދީން ފިލާފައިވެ އެވެ. އެގޮތަށް ފިލައިގެން ދާ ގައިދީން ގިނަ ފަހަރަށް ހޯދައި އަލުން ހައްޔަރު ކުރެ އެވެ.