Roadha Mihaaru
"ބޮޑު ގެއްލުމެއް ނުވީ ޖަލުއޮފިސަރުންގެ ކުޅަދާނަކަމުން"

ބޮޑު ގެއްލުމެއް ނުވީ އޮފިސަރުންގެ ކުޅަދާނަކަމުން: އިމްރާން

19 އެޕްރީލް 2020

މާފުށީ ޖަލުގައި އިއްޔެ ހިނގި ހަަމަނުޖެހުމަކީ ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވި ވަގުތު ޖަލު ހަލަބޮލި ކޮށްލަން ބަޔަކު ކުރި މަސައްކަތެއް ކަމަށާއި އެކަކަށް ވެސް އަނިޔާ ނުވެ ކޮންޓްރޯލްވީ ޖަލު އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާފުށީ ޖަލުގައި އިއްޔެ ހިނގި ހަަމަނުޖެހުމަކީ ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވި ވަގުތު ޖަލު ހަލަބޮލި ކޮށްލަން ބަޔަކު ކުރި މަސައްކަތެއް ކަމަށާއި އެކަކަށް ވެސް އަނިޔާ ނުވެ ކޮންޓްރޯލްވީ ޖަލު އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ޖަލުގެ ހާލަތު ބައްލަވަން ކަމިޝަނާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދުފުޅާ އެކު ހަރަކާތްތެރިވެވަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯތަކަކަކާ އެކު އިިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެގެ ހަމަނުޖެހުމުގައި ޖަލު ބަލަހައްޓާ އޮފިސަރުންނާއި ގައިދީންނަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ. ބޮޑު ގެއްލުމެއް ނުލިބި ޖަަލު ކޮންޓްރޯލް ކުރެވުނީ ﷲގެ ވާގިފުޅާ އެކު އޮފިސަރުންގެ ކުޅަދާނަކަމުން ކަމަށް ވެސް ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާންގެ ޓުވީޓް.

"ކޮވިޑް-19 އާ އެކު މުއައްސަސާތަކަށް ބާރުބޮޑުވެ، ނާޒުކު މިވަގުތު ޖަލު ހަލަބޮލިކޮށްލަން ކުރި މަސައްކަތް ގައިދީންނާ އޮފިސަަރުންނަށް މާބޮޑު ގެއްލުމެއް ނުވެ ކޮންޓްރޯލްވުމަކީ ﷲގެ ވާގިފުޅާ އެކު އޮފިސަރުންގެ ކުޅަދާނަކަން،" ޓްވީޓްގައި އިމްރާން ވިދާޅުވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުން ހިނގީ ޔުނިޓް ނުވައެއްގައި ތިބި ގައިދީންނަށް ކާންދޭން ގޮޅި ހުޅުވި ވަގުތު ބައެއް ގައިދީން ގޮޅިން ނުކުތުމުން ކަމަށެވެ. އެ ހަމަނުޖެހުމުގައި ގައިދީއަކަށާއި ޖަލުގެ ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށް ކަރެކްޝަންސުން ބުންޏެވެ. އެކަމަކު މިހާރު ޖަލުގެ ހާލަތު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.