ވިލާ ފައުންޑޭޝަނުން ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ނަރުސްކަން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ސްކޮލާޝިޕެއް ތައާރަފްކޮށްފި އެވެ.
10 މެއި 2023
ވިލާ ފައުންޑޭޝަނުން ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާއާ ގުޅިގެން ނަރުސްކަން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ސްކޮލާޝިޕެއް ތައާރަފްކޮށްފި އެވެ.
އެ ސްކޮލާޝިޕަކީ ނާސިން ޑިޕްލޮމާއަށް ކިޔެވުމަށް އެޕްލައި ކުރާ ދަރިވަރުންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ. އެ ސްކޮލާޝިޕް ސްކީމްގެ ދަށުން ދަރިވަރުންނަށް އަހަރަކު ތިން ސްކޮލަޝިޕް ދޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދޭ ދެ ސްކޮލާޝިޕާއި ފިރިހެން ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ދޭ އެއް ސްކޮލަޝިޕް ފުރުސަތެވެ.
ވިލާ ފައުންޑޭޝަނުން ބުނި ގޮތުގައި އެ ސްކީމް ރަސްމީކޮށް ފަށާނީ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މި މަހުގެ 12 ވަނަ ދުވަހު އެވެ.
މި ފަދަ ސްކޮލަޝިޕެއް އެ ފައުންޑޭޝަނުން ތައާރަފް ކުރީ ވިލާ ފައުންޑޭޝަނުން ނަރުހުން ކުރާ މަސައްކަތް ފާހަގަކޮށް، ރާއްޖޭގައި ދެން އަންނަ ޖީލުގެ ނަރުހުންނަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.
ސްކޮލާޝިޕް ސްކީމް ތައާރަފް ކުރުމަށް ވިލާ ކޮލެޖައި ނަރުހުންގެ ޖަމިއްޔާއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ހަމީދު ވިދާޅުވީ އެ ސްކޮލަޝިޕް ސްކީމުގެ ސަބަބުން ނަރުސްކަން ކިޔަވަން ބޭނުންވާ ދަރިވަރުނަށް އެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެގެން ދާނެ ކަމަށެވެ.
"ނަރުހުންނަކީ ގައުމަށާއި ސިއްހީ ދާއިރާއަށް ވަރަށް މުހިންމު ބައެއް. އުއްމީދުކުރަނީ މި ސްކީމުގެ ސަބަބުން ނަރުސްކަން ކިޔަވަން ބޭނުންވާ ދަރިވަރުނަށް އު ފުރުސަތު ފަހިވެ، ރާއްޖޭގެ ސިއްހީ ދާއިރާއަށް އަގުހުރި މަސައްކަތެއް ކޮށްދޭނެ ބަޔަކު ބިނާކުރެވޭނެ ކަމަށް." އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރާއްޖޭގެ ނަރުހުންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޝިފާނާ ވިދާޅުވީ ނަރުހުންގެ ތައުލީމަށް އިންވެސްޓްކުރުމަކީ ރާއްޖޭގެ ސިއްހީ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވިލާ ފައުންޑޭޝަނުން ނަރުސްކަން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މި ފަދަ ސްކީމެއް ތައާރަފް ކުރުމަކީ އެ ޖަމިއްޔާއިން އުފާކުރާ ކަމެއްގެ ގޮތުގައި ފާހަގަކުރި އެވެ.
އެ ސްކޮލާޝިޕް ސްކީމްގެ ދަށުން ކިޔެވުމަށް ފުރުސަތު ލިބޭނީ ވިލާ ކޮލެޖުން ނަސިން ޑިޕްލޮމާ ކިޔަވަން ބޭނުންވާ ދަރިވަރުންނަށެވެ.
ވިލާ ކޮލެޖުގެ ސްކޮލާޝިޕަށް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ
ސާވިސްޗާޖު ރުފިޔާއިން ދިނުމަކީ ހައްގު ނިންމުމެއް ނޫން
ފިރިހެން ނަރުހަކަށް ބުލީކުރުން ކުށްވެރިކޮށްފި
ނަރުސްކަމަށް ވަންނަ ދިވެހިންގެ އަދަދު މައްޗަށް
ބަލިމީހުންގެ ހިދުމަތުގައި ނުކުރާ ތަޖުރިބާއެއް ނެތް
ނަރުހުންގެ އަޑުއަހައި އިޖާބަދޭނަން: ރައީސް
އިތުރުގަޑީ ފައިސާގެ މައްސަލަ ހައްލުކުރަން ގޮވާލައިފި
ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ
ގާސިމްގެ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް
ސިއްހީ ދާއިރާގެ ބަންދު ދުވަހުގެ އޯޓީ ލިމިޓު އުވާލައިފި