Roadha Mihaaru
ވިލާ ކޮލެޖުގެ ސްކޮލާޝިޕަށް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ

ވިލާ ކޮލެޖުގެ ޓޭލާސް ޔުނިވާސިޓީ ކޯސްތަކަށް ދޭ ސްކޮލަޝިޕަށް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ

13 އޯގަސްޓް 2023

ވިލާ ކޮލެޖުން ހިންގާ ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކަށް ހުޅުވާލި ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 31 ގައި ހަމަވާނެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވިލާ ކޮލެޖުން ހިންގާ ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކަށް ހުޅުވާލި ސްކޮލާޝިޕަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 31 ގައި ހަމަވާނެ އެވެ.

މި ސްކޮލާޝިޕަކީ ވިލާ ފައުންޑޭޝަނުން ވިލާ ކޮލެޖުގައި ހިންގާ ޓޭލާސް ޔުނިވާސިޓީގެ ފަސް ކޯހަކަށް ދޭ ސްކޮލާޝިޕުތަކެކެވެ. ޓޭލާސް ޔުނިވާސިޓީގެ އެކި ކޯސްތަކަށް ބަހާލައި، 30 ސްކޮލަޝިޕް ފުރުސަތެއް ވިލާ ފައުންޑޭޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ.

ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ސްކޮލާޝިޕުގެ ދަށުން ޓިއުޝަން ފީގެ 50 ޕަސެންޓު ކަވަރު ކުރާނެ އެވެ.

ސްކޮލާޝިޕުގައިި ހިމަނާފައިވާ ކޯސްތަކާއި އެ ކޯސްތަކަށް އޮތް ފުރުސަތުތަކުގެ އަދަދު

ބެޗެލާ އޮފް ކަލިނަރީ މެނޭޖްމަންޓް ޕްރޮގްރާމް: 10 ފުރުސަތު

ބެޗެލާ އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ ޕްރޮގްރާމް: 5 ފުރުސަތު

ބެޗެލާ އޮފް މާސް ކޮމިއުނިކޭޝަން ޕްރޮގްރާމް: 5 ފުރުސަތު

މާސްޓާސް އޮފް ކޮމިއުނިކޭޝަންސް ޕްރޮގްރާމް: 5 ފުރުސަތު

މާސްޓާސް އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓް ޕްރޮގްރާމް: 5 ފުރުސަތު

މި ސްކޮލާޝިޕް ދިނުމުގައި ބަލާނީ އެކަޑެމިކް މެރިޓަށެވެ. ސްކޮލާޝިޕަށް ކުރިމަތިލެވޭނީ ވިލާ ކޮލެޖުގެ ޓޭލާސް ޔުނިވާސިޓީގެ ކޯހަށް ހުށަހަޅާ، ކޯހުގެ ޕްލޭސްމަންޓު ލިބިފައިވާކަމުގެ ލިޔުން ލިބިފައިވާ ދިވެހި ދަރިވަރުންނަށް އެކަންޏެވެ.

މި ސްކޮލާޝިޕަށް އޮންލައިންކޮށް ވެބްސައިޓް މެދުވެރިކޮށް އަދި ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހަށް ފޯމު ހުށަހަޅައިގެން ކުރިމަތިލެވޭނެ އެވެ.

މި ސްކީމްގެ ދަށުން ފުރުސަތު ލިބޭ ދަރިވަރުންގެ ކިޔެވުން އަންނަ މަހު ފެށޭނެ އެވެ.